ކޮވިޑް-19: މާލެން އައްޑޫ އަށް ކަރަންޓީނަށް އައި ދެ މީހަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

    މާލެއިން އައްޑޫ އަށް އައިސް ހޯމް ކަރަންޓީނުގައި ތިބި ދެ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

    އެޗްއީއޯސީން ހާަމކޮށްފައިވާގޮތުން  އައްޑޫއިން އަލަށް ކޮވިޑަށް ޕޮޒިޓިވް ވެފައިވަނީ އުމުރުން 30 އަހަރުގެ ފިރިހެނަކާއި 37 އަހަރުގެ ފިރިހެނެކެވެ..

    އެމީހުން ޕޮޒިޓިވްވި އެނގިފައިވަނީ ފުރުމުގެ ކުރިން ޓެސްޓު ކުރުމަށް މާލެއަށް ދިން ސާމްޕަލުންނެވެ.

    މި ދެ މީހުންނާއެކު އައްޑޫގައި މިހާރު ކޮވިޑްގެ 8 އެކްޓިވް ކޭސް  އެބަ އުޅެއެވެ. މި ބައްޔަށް އައްޑޫ އިން ޕޮޒިޓިވް އެންމެންނަކީ ވެސް ހޯމް ކަރަންޓީނުގައި ތިބި މީހުން ކަމަށްވާއިރު، ބައެއް މީހުން މިހާރު ވަނީ މިބަލިން ރަނގަޅުވެފައެވެ.

    ހަލުވިކަމާއެކު މާލޭގައި ކޮވިޑް-19 ފެތުރެމުން އަންނައިރު މިހާރު އަތޮޅުތެރޭގައި ވެސް އަންނަނީ މިބަލި ފެތުރެމުންނެވެ. އެގޮތުން އަތޮޅު ތެރޭގެ ރަށްތަކުގައި މިބަލި ފެތުރެމުންދަނީ  ހޯމް ކަރަންޓީނަށް ވައިގެމަގުން މާލެއިން އަތޮޅުތެރޭގެ ރަށްތަކަށް ދަތުރުކުރާ މީހުންގެ އިތުރަށް ކަނޑު ބޯޓު ފަހަރުން  މާލެން އަތޮޅުތަކުގެ ރަށްތަކަށް ދަތުރުކުރަމުން ދާމީހުންނެވެ.

    ކޮވިޑްގެ އެކްޓިވް ކޭސްތައް މިވަގުތު ރާއްޖޭގެ 31 ރަށެއްގައި އުޅޭއިރު، 15 ރިސޯޓަކުން 14 ފަތުރުވެރިއަކާއި 18 ސްޓާފުންވެސް ވަނީ މި ބައްޔަށް ޕޮޒިޓިވް ވެފައެވެ.

    • ކޮމެންޓްސް (0)

    Your email address will not be published. Required fields are marked *

    • ފުރިހަމަ ނަން

    Ads

    ads

    ކަމުދާނެ ލިޔުންތައް

    ރަތަފަންދޫ ކައުންސިލް މެމްބަރަކު ރަށު ސުކޫލަށްވަދެ ޓީޗަރަކާއި ދިމާއަށް ހަޅޭއްލެވި މައްސަލައެއް

    ގދ. ރަތަފަންދޫ ކައުންސިލުގެ އަންހެން މެމްބަރަކު އެރަށު ސުކޫލަށްވަދެ ކްލާހުގައި ކިޔަވައިދެމުންދިޔަ ޓީޗަރަކާއި ދިމާއަށް ހަޅޭއްލެވުމާއި ގުޅިގެން އެ ...

    މިއަދު އައްޑޫސިޓީން ކޮވިޑަށް ޕޮޒިޓިވްވީ 4 މީހުން

    އައްޑޫ ސިޓިން އިތުރު 4 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ. މިއާއެކު އައްޑޫން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ...

    މީދޫ ގެއަކަށް ވަދެ، ދެ އަންހެނަކަށް އަނިޔާ ކުރިމީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި

    ސީނު މީދޫ ސަންބީމުއަށް ރޭ ދަންވަރު މީހަކު ވަދެ، އެގޭ ރަމީޒާއާއި ރަމީޒާގެ މަންމަ ފާތުމަތުދީދީ އަނިޔާކޮށްފިއެވެ. މީދޫ ...

    އަގު ބޮޑުކޮށްފިނަމަ މަޖޫރިންނާއި މުދާ އުފުލާ އުޅަނދުތައްވެސް މި ސަރުކާރުން ކޮންޓްރޯލް ކުރާނެ – ސައީދު

    މާލެ ތެރޭގައި މުދާ އުފުލާ ގަޑިއަށް ބަދަލު ގެނައުމުން މުދާތައް ކްލިޔާ ކުރާ މަޖުރީންނާއި އަދި އެމްޕީއެލްއިން މުދާ ...

    އަންނަ ބުރާސްފަތި ދުވަހުން ފެށިގެން ޓްރީޓޮޕް ހޮސްޕިޓަލްގެ ޚިދުމަތް ލިބޭނެ

    ރާއްޖޭގައި މިހާތަނަށް ހެދި އެންމެ މަތީ ފެންވަރުގެ ހޮސްޕިޓަލް، ޓްރީ ޓޮޕް ހޮސްޕިޓަލް މިހަފްތާ ބުރާސްފަތި ދުވަހު ހުޅުވަން ...

    ކޯވިޑް-19 : 86 މީހަކު ޕޮޒިޓިވްވެ ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ އަދަދު 734 އަށް

    މިއަދު 86 މީހަކު ކޯވިޑަށް ޕޮޒިޓިވްވެ ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ އަދަދު 700 އަށްވުރެ މައްޗަށް އަރައިފިއެވެ. އެޗްޕީއޭއިން ...