މާލެއިން 3 ވަނަ މީހަކު ކޯވިޑް-19އަށް ޕޮޒިޓިވް ވެއްޖެ

  މާލެއިން 3 ވަނަ ފަރާތެއް ކޮވިޑު-19 އަށް ޕޮޒިޓިވް ވެއްޖެކަމަށް އެޗްޕީއޭ އިން ރިޕޯޓުކޮށްފިއެވެ.

  މާލެއިން ތިންވަނަ މީހެއް ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވާ ކަން އެޗްޕީއޭއިން ހާމަކޮށްފައިވަނީ އެއިދާރާގެ ރަސްމީ ޓުވިޓާ އެކައުންޓުން ކުރި ޓުވީޓެއްގައެވެ.

  މާލެއިން ފުރަތަ ފަހަރަށް މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަން އެނގިފައިވަނީ 14 ވަނަ ދުވަހުގެ ރޭގަނޑުއެވެ. އެކަން ސަރުކާރުން ހާމަކޮށްފައިވަނީ 15 ވަނަ ދުވަހުއެވެ. އަދި އެކަން ހާމަކުރުމާއެކު، މާލޭގައި ފުރަބަންދު ސަރުކާރުން އިޢުލާނުކުރިއެވެ.

  އަދި އެޗްޕީއޭއިންވަނީ ފުރަތަމަ ޕޮޒިޓިވްވި މީހާއާ ބައްދަލުވި މީހުންގެ ތެރެއިން ގާތް މީހުން އެކަހެރިކޮށްފައެވެ. އެފަރާތްތައް ޓެސްޓުކުރުމުގެ މަސައްކަތްވެސް އެއިދާރާއިން ކުރިއެވެ. އޭނާގެ ޢާއިލާގެ މީހުންގެ ތެރެއިން ޓެސްޓުކުރި ކުރުމުގައި އޭނާގެ ކުޑަ ދަރިފުޅު ބައްޔަށް ޕޮޒިޓިވްވެފައިވާކަން އެޗްޕީއޭއިން ހާމަކޮށްފައިވެއެވެ.

  އަދި އޭގެ ފަހުން އޭނާއާ ބައްދަލުވި ފަރާތްތަކުގެ ތެރެއިން 14 ފަރާތެއްގައި ކޮވިޑް-19ގެ ޢަލާމާތްތައް ހުރެގެން އެފަރާތްތައްވަނީ އެކަހެރިކުރެވިފައެވެ. އެފަރާތްތައް ގެންދެވިފައިވަނީ ހުޅުލޭގައި ހުންނަ އައިސޮލޭޝަން ފެސިލިޓީއަށެވެ.

  ތިންވަނައަށް ޕޮޒިޓިވްވި ފަރާތަކީވެސް ފުރަތަމަ ޕޮޒިޓިވްވި ފަރާތާ ބައްދަލުވި ފަރާތެކެވެ. ނަމަވެސް ތިންވަނައަށް ޕޮޒިޓިވްވި މީހާގެ އިތުރު ތަފުޞީލެއް މިހާތަނަށް އެޗްޕީއޭއިން ހާމަކޮށްފައިނުވެއެވެ.

  މާލެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި ފުރަތަމަ މީހާއާއި ސީދާ ދިމާވި މީހުންގެ ތެރެއިން ސާމްޕަލް ނެގުނު 10 މީހަކު ބައްޔަށް ނެގެޓިވް ވެފައިވާކަންވެސް އެޗްޕީއޭއިން ވަނީ ހާމަކުރައްވާފައެވެ. އަދި ބަލި ޖެހުނު މީހާގެ ކޮންޓެކްޓް ޓްރޭސިންގ ހެދުމުގެ މަސައްކަތް ކުރަމުންދާއިރު، އެ މީހާއާއި ގުޅުންހުރި ހަތަރު ގެއެއް ފާހަގަކުރެވި، އެމީހާއާ ސީދާ ދިމާވި ފަންސާހަށްވުރެ ގިނަ މީހުން އައިސޮލޭޓްކޮށްފައިވާކަމަށް ނޭޝަނަލް އެމެޖެންސީ އޮޕަރޭޝަން ސެންޓަރުން ވަނީ ހާމަކޮށްފައެވެ. މި މީހުންނަކީ 4 ގެއަކަށް ނިސްބަތްވާ މީހުން ކަމަށްވެސް އެޗްޕީއޭއިން ހާމަކޮށްފައެވެ.

  އެގޮތުން މ.ޖަރީމާގެ މޮނިޓަރިންގެ ހާލަތަށް ގެންގޮސް، އެގެޔަށް މީހުންނަށް ވަދެ ނިކުމެ އުޅުންވެސް ވަނީ މަނާކޮށްފައެވެ. އަދި ބަލި މީހާ ޑޮކްޓަރަށް ދައްކަން ދިއުމުގެތެރޭގައި ދިމާވި މީހުންވެސް ދެނެގަންނަނަމުންދާކަމަށާ، އިތުރު ބަޔަކުވެސް އައިސޮލޭޓްކުރަން ޖެހިދާނެކަމަށް ނޭޝަނަލް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ވަނީ ހާމަކޮށްފައެވެ.

  މީގެ އިތުރުން ހ. ރަތްކުރެދި އިމާރާތުގެ 4 ވަނަ ފަނގިފިލާ އާއި ސ.ހިތަދޫ ނޫމަސްވާދީގެ މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާކަމަށްވެސް އެޗްޕީއޭއިން ހާމަކޮށްފައިވެއެވެ.  އަދި އައްޑޫސިޓީން 2 މީހަކާއި، ގދ.ވާދޫން 2 މީހަކު އައިސޮލޭޓްކޮށްފައިވާކަމަށްވެސް އެޗްޕީއޭއިން ހާމަކޮށްފައިވެއެވެ.

  މިހާތަނަށް މިބައްޔަށް ޕޮޒިޓިވްވި ދިވެހިންގެ ޢަދަދަކީ 8 މީހުންނެވެ. އޭގެ ތެރެއިން ތިން މީހުން ފިޔަވައި ބާކީ ތިބި މީހުންނަކީ ބޭރު ޤައުމުތަކުން ރާއްޖެ އައި ފަރާތްތަކެވެ.

  • ކޮމެންޓްސް (0)

  Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

  Ads

  ads

  ކަމުދާނެ ލިޔުންތައް

  ކޮވިޑް ބަލީގައި ރާއްޖެއިން ފުރަތަމަ ފަހަރަށް ކުޑަކުއްޖަކު ނިޔާވެއްޖެ

  ކޮވިޑް ބަލީގައި ރާޢްޖެއިން 10 އަހަރުގެ ކުޑަކުއްޖަކު ނިޔާވެއްޖެއެވެ. މީ މި ބަލީގައި ރާޢްޖެއިން ކުޑަކުއްޖަކު ނިޔާވި ފުރތަމަ ...

  މާލޭ ސަރަހައްދު ސްކޫލްތައް އަނެއްކާވެސް ބަންދުކޮށްފި

  މާލޭ ސްކޫލްތަކުގެ ހުރިހާ ގްރޭޑެއްގެ ދަރިވަރުން ނަށް ކުރިއަށް އޮތް ދެ ހަފްތާއަށް ސްކޫލްތައް ބަންދުކޮށްފިއެވެ. އެޑިއުކޭޝަން މިނިސްޓްރީން ...

  ފުޓްބޯޅަ ކުޅެން ހުއްޓައި މިއަދު މީހަކު މަރުވެއްޖެ

  ފުޓްބޯޅަ ކުޅެން ހުއްޓައި މިއަދު މީހަކު މަރުވެއްޖެ އެވެ. ކ. ހިންމަފުށީ އައްސޭރި ޖަލުގައި ހުކުމް ތަންފީޒު ކުރަމުން ...

  ވަރލްޑްކަޕް ޓްރޮފީ ރާއްޖެ ގެނެސްފި

  ފީފާ ވަރލްޑްކަޕް ޓްރޮފީ ރާއްޖެ ގެނެސްފިއެވެ. ފީފާ ވަރލްޑްކަޕް ޓްރޮފީ ޓުއަރގެ ދެވަނަ މަންޒިލެއްގެ ގޮތުގައި ޓްރޮފީއާއެކު ޓުއަރއަށް ...

  ސިޓީއާއި ޗެލްސީ ބައްދަލުކުރާ ޗެމްޕިއަންސް ލީގުގެ ފައިނަލްމެޗް މިރޭ

  ޔުއޭފާ ޗެމްޕިއަންސް ލީގު ފައިނަލްމެޗް މިރޭ ކުޅެވޭނެއެވެ. އިނގިރޭސި ޕްރިމިއާ ލީގު ޗެމްޕިއަން މެންޗެސްޓާ ސިޓީއާއި ޕްރިމިއާލީގު 4 ...

  ހުޅުދޫ ފްލެޓްތަކުގެ ގުރުއަތުލުން ބާއްވައިފި

  ސަރުކާރުގެ “ގެދޮރުވެރި ކުރުވުން” ޕްރޮގްރާމުގެ ދަށުން ހުޅުދޫގައި އިމާރާތްކޮށް ފައިވާ ފްލެޓްތަކަށް އެދުނު ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވި ...