“މަމެން” ޕްރިޕެއިޑް މޯބައިލް އެޕާއެކު ދެގުނަ ލިބޭ ޕްރޮމޯޝަނެއް ދިރާގުން ފަށައިފި

ދިރާގުގެ “މަމެން” އެޕްލިކޭޝަނަށް ޚާއްސަކޮށްގެން ދެގުނައަށް ޑޭޓާ، ވޮއިސް އަދި އެސްއެމްއެސް ލިބޭ ޕްރޮމޯޝަނެއް އެކުންފުނިން ފަށައިފިއެވެ.

ހުކުރު ދުވަހުގެ ހަވީރު ފެށި މި ޕްރޮމޯޝަނުގެ ދަށުން މަމެން އެޕްލިކޭޝަން މެދުވެރިކޮށް ލިބޭ ޑޭޓާ ވޮއިސް އަދި އެސްއެމްއެސްގެ އަދަދު ދެގުނައަށް ވަނީ އިތުރުކޮށްފައެވެ.

މީގެ އިތުރުން މި އެޕްލިކޭޝަނާ ބެހޭ މައުލޫމާތު އާންމުންނަށް ފޯރުކޮށްދިނުމަށްޓަކައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޚާއްސަ ހަރަކާތްތަކެއް ކުރިއަށްގެންދާ ކަމަށް ދިރާގުން މައުލޫމާތު ދެއެވެ.

އެ ހަރަކާތްތަކުގެ ތެރޭގައި ޑިޖިޓަލް ދިރުއުޅުމަކަށް ލޯބިކުރާ ޒުވާނުންނަށް މަމެން ކަމުދާނެ ސަބަބުތައް ކިޔައިދިނުމާއި އެޕް މެދުވެރިކޮށް ޑިޖިޓަލް ހިދުމަތް ފޯރުކޮށްދިނުމުގައި ކަސްޓަމަރު ބާރުވެރިވާ ގޮތުގެ މައުލޫމާތު ފޯރުކޮށްދިނުމުގެ އިތުރުން މިޔުޒިކާއި ތަފާތު ހުނަރު ދައްކާލާ ކުލަ ގަދަ ހަރަކާތްތައް ހިމެނެއެވެ.

“މަމެން” އަކީ ޑޭޓާ، ވޮއިސް އަދި އެސްއެމްއެސް ކަސްޓަމަރަކު ބޭނުންވާ ގޮތަށް ފަރުމާކުރުމުގެ ފުރުސަތު ފަހިކޮށްދޭ މޮބައިލް ޕްލޭނެކެވެ. މި އެޕްލިކޭޝަން ޑައުންލޯޑް ކުރުމުން ދިރާގުގެ ޕްރީޕެއިޑް ކަސްޓަމަރުންނަށް ވަގުތުން ބޭނުން ކުރެވޭއިރު، މި ޚިދުމަތް ބޭނުންވާ އެހެން ކަސްޓަމަރުން މި ޚިދުމަތަށް ކަނޑައަޅާފައިވާ ވަކި ޚާއްސަ ސިމެއް ގަތުމުން ޚިދުމަތް ލިބޭނެ ކަމަށް ދިރާގުން މައުލޫމާތު ދެއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ފްލައިމީގެ ދަތުރުތައް އައްޑޫއާއި ފުވައްމުލަކަށް އަނެއްކާވެސް ފަށަން ތައްޔާރުވަނީ

ފުލައިމީގެ ދަތުރުތައް އައްޑޫއާއި ފުވައްމުލަކަށް ފެށުމުގެ މަސައްކަތް ކުރަމުންދާކަމަށް އެ އެއަރލައިނުން ބުނެފިއެވެ. ފުލައިމީގެ އޮފިޝަލަކު ވިދާޅުވީ، އެ ...

ކަސްޓަމްސް ކުރީގެ ވެރިޔާ ޖުނައިދުގެ މައްޗަށް އުފުލި 2.6 މިލިއަން ޑޮލަރުގެ ދައުވާ ސާބިތެއްނުވި

ކަސްޓަމްސް ކުރީގެ ވެރިޔާ އަދި ވިޔަފާރިވެރިޔާ މުހައްމަދު ޖުނައިދާއި އޭނާގެ މަސްލަހަތު އޮންނަ ގްލޯބަލް ލިންކްސް އާއި ހޯދީ ...

އައްޑޫސިޓީގައި ވިޔަފާރިކުރުމުގެ ގަޑިތަކަށް ބަދަލުގެނެސްފި

މުޅި ދުނިޔެއަށް މިހާރު ފެތުރެމުންދާ ކޮރޯނާ ވައިރަސް (ކޮވިޑް-19) އަށް ޕޮޒިޓިވް ވެފައިވާ ފަރާތްތައް ގިނަވަމުން ދިއުމާއި މިބަލިއަށް ...