މަރަދޫ ފަތާ ޓްރެކް އޮންނަ ސަރަހައްދަށް ވަރަށްބޮޑަށް އުދައަރައިފި – ކުރިއަށް އޮތް 3 ދުވަހު ވެސް އުދަ އެރުމުގެ ފުރުސަތު ބޮޑު: މެޓް

    ކުރިއަށް އޮތް 3 ދުވަހު ބައެއް ރަށްތަކަށް ރާޅު އެރުމުގެ ފުރުސަތު ބޮޑުކަމަށް މޫސުމާއިބެހޭ ޤައުމީ އިދާރާއިން (މެޓް) އޮފީހުން ހާމަކޮށްފައިވަނިކޮށް މިއަދު ހެދުނު   އައްޑުއަތޮޅުގެ ގުޅިފައިވާ ރަށްތަކުގެ ތެރޭގައި ހިމެނޭ މަރަދޫ ފަތާ ޓްރެކް އަޅާފައިވާ ސަރަހައްދަށާ އެސަރަހައްދުގެ ހައިވޭއަށް ވަރަށްބޮޑަށް އުދައަރައިފިއެވެ.

    މިއަދު ހެނުނު 7 ޖަހާކަން ހާއިރު  އެސަރަހައްދަށް އުދައެރުމުގެ ސަބަބުން އެ ސަރަހައްދުގައި ލޮނުގަޑު ވަރަށްބޮޑަށް ބޮޑުވެ  ލިންކު ރޯޑުން ދަތުރު ކުރަން އުނދަގޫވާ ވަރަށް އެސަހައްދުގައި ލޮނުގަޑު ބޮޑުވެފައިވާކަން ބައެއް ފަރާތްތަކުން ސޯޝަލް މީޑިއާގައި ހާމަކޮށްފައިވާ ވީޑިއޯތަކުން އެގެއެވެ  .

    އެސަރަހައްދަށް އުދަ އަރަމުން ދިޔަ ވަގުތުގައި  ނަގާފައިވާ މިވީޑިއޯ އިން ފެންނަ ގޮތުގައި، އުދަ އަރަމުން ގޮސްފައިވަނީ އެސަރަހައްދުގެ ފުށްޓަރު ފަރާތުންނެވެ.

    މޫސުމާ ބެހޭ ގައުމީ އިދާރާ މެޓުން ހާމަކޮށްފައިވާގޮތުން ރާއްޖެ އާއި ދުރުން ދެކުނު އިންޑިއާ ކަނޑުގައި އުފެދިފައިވާ ދިގު ބާނިތައް ރާއްޖެއާއި ހަމައަށް މިއަދުން ފެށިގެން ކުރިއަށް އޮތް 3 ދުވަހު ފޯރާނެ ކަމަށް ލަފާ ކުރެވޭތީވެ ކުރިއަށް އޮތް ތިން ދުވަހު ދެކުނާއި މެދުރާއްޖޭތެރޭގެ ބައެއް ރަށްތަކަށް ރާޅު އެރުމުގެ ފުރުސަތު ބޮޑު ކަމަށެވެ. ހާއްސަކޮށް ދިޔަވަރު ބޮޑުވާ ގަޑިތަކުގައި އުދަ އެރުމުގެ ފުރުސަތު ބޮޑު ވެގެންދާނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް މެޓް އޮފީހުން ހާމަކޮށްފައިވެއެވެ.

    މެޓު އޮފީހުން ހާމަކޮށްފައިވާގޮތުން މިގޮތައް އުދައަރައި ގެއްލުންތަކެއް ލިބިދާނެތީ  ގޮޑުދޮށާއި ކައިރި ހިސާބުތަކުގައި ދިރިއުޅުއްވާ ފަރާތްތަކާއި މޫދަށް އެރި އުޅުއްވާ ފަރާތްތަކުން މިކަމަށް ޚާއްސަ ސަމާލުކަމެއް ދެއްވުމަށް އެދި ވަޑައިގެންފައިވެއެވެ. އަދި މީގެ އިތުރަށް ފަޅުތެރޭގައި އަޅައިފައި ހުންނަ އުޅަނދު ފަހަރުގެ ރައްކައުތެރިކަމަށް ވިސްނެވުމަށްވެސް  މެޓުއޮފީހުން އެދިވަޑައިގެންފައިވެއެވެ.

    މޫސުން ކުރިއަށް ލަފާކުރާ ގޮތަށް ބަލާއިރު ދެކުނުގެ އަތޮޅުތަކަށް އިރުދެކުނާއި ދެކުނުން އަދި އެހެން ހިސާބުތަކަށް ދެކުނާއި ހުޅަނގުދެކުނުން، ހުރިހައި ހިސާބަކަށްވެސް ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ. ވިލާ ގަނޑުގައި ގަޑިއަކު ގާތްގަޑަކަށް 35 މޭލަށް ވައިގަދަވުން އެކަށީގެންވާކަމަށް ލަފާކުރެވެއެވެ.

    ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަ ވާނެކަމަށް ލަފާކޮށްފައި ވާއިރު ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ދެކުނާއި މެދުރާއްޖެތެރޭގެ ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުމަކީ އެކަށީގެންވާ ކަމެއް ކަމަށް މެޓް އޮފީހުން ހާމަކޮށްފައިވެއެވެ.

    Posted by Aminath Fazlee on Thursday, 9 July 2020

     

    • ކޮމެންޓްސް (0)

    Your email address will not be published. Required fields are marked *

    • ފުރިހަމަ ނަން

    Ads

    ads

    ކަމުދާނެ ލިޔުންތައް

    ކޮރަޕްޝަންގެ އެއްވެސް މައްސަލައެއް ސާބިތުނުކުރެވޭނެ: ރައީސް ޔާމީން

    ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އެމްއެމްޕީއާރްސީ މެދުވެރިކޮށް ހިންގި ކޮރަޕްޝަންގެ އެއްވެސް މައްސަލައެއް ސާބިތުނުކުރެވޭނެ ކަމަށް އެމަނިކުފާނު ...

    މާލެއިން ޕާކިސްތާނު މީހަކާއި އިތުރު ދެ ދިވެހިން ފައްސި ވެއްޖެ

    މާލެއިން ޕާކިސްތާނު މީހަކަށާއި އިތުރު ދެ ދިވެހިން ކޮވިޑް-19އަށް ފައްސި ވެއްޖެއެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ) އިން ބުނީ ...

    އަލްހާން ފަހްމީ ޕީޕީއެމުން ވަކިވެއްޖެ

    ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު އަލްޙާން ފަހުމީ ސަރުކާރު ހިންގާ މައި ޕާޓީ ޕްރޮގްރެސިވް ޕާޓީ ...

    ޝިޔާންޓޭ ޕްރައިމަރީ ކާމިޔާބުކޮށްފި

    އެމްޑީޕީ ޕްރައިމަރީ ކާމިޔާބުކޮށް ށ އަތޮޅު ކައުންސިލްގެ ރައީސްކަމަށް އެމްޑީޕީން ވާދަކުރުމުގެ ޓިކެޓު މުޙައްމަދު ޝިޔާމް ( ޝިޔާންޓޭ ) ކަށަވަރުކޮށްފިއެވެ. ށ ...

    ފާރިސް މައުމޫން އަނެއްކާވެސް ހައްޔަރުކޮށްފި

    ރައްޔިތުންގެ މަޖިލީހުގެ ދިއްގަރުދާއިރާގެ މެމްބަރު ފާރިސް މައުމޫން އަނެއްކާވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. ކޯޓުއަމުރެއްގެދަށުން ފާރިސް ފުލުހުންގެ ...

    ސޮނޭވާފުށި ރިސޯޓުން ދިވެއްސަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ

    ސޮނެވާފުށި ރިސޯޓުގައި މަސައްކަތް ކުރާ ދިވެހި މުވައްޒަފަކު ކޮވިޑް 19 އަށް ޕޮޒިޓިވް ވެއްޖެ އެވެ. ބ. އަތޮޅުގައި ...