މަރަދޫފޭދޫ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަސައްކަތް ފަށައިފި

ސ. މަރަދޫފޭދޫ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަސައްކަތް ފަށައިފިއެވެ.

ހެވީ ފޯސް ޕްރައިވެޓް ލިމިޓެޑް  އާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މަރަދޫފޭދޫ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަސައްކަތުގެ ތެރޭގައި ހިމެނެނީ 243 މީޓަރުގެ ބޮޑުހިލައިގެ ބޭރުތޮށްޓެއް ޖެހުމާއި، 100 މީޓަރުގެ ރިވެޓްމަންޓެއް ޖެހުމާއި، 260 މީޓަރުގެ ކޮންކްރީޓް ބްލޮކްގެ އެއްގަމު ތޮށްޓެއް ލުމުގެ އިތުރަށް  ނެރުބައްތި ޖެހުމާއި،  އެއްގަމު ތޮށްޓާއި އިންވެގެން 1300 ސްކެއަރ މީޓަރުގެ ޕޭމެންޓް ހެދުމުގެ އިތުރަށް ބަނދަރު ސަރަހައްދުގައި ލައިޓްޖެހުމާއި ބަނދަރުގައި ރޭމްޕެއް ހެދުމުގެ މަސައްކަތެވެ.

މަރަދޫފޭދޫ ބަނދަރު އަޕްގްރޭޑްކުރުމަށް 366 ދުވަހުގެ މުއްދަތެއް ދީފައިވާއިރު މި މަޝްރޫއުގެ ޖުމްލަ އަގަކީ 31،685،368.85 ރުފިޔާއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ލިވާތު ކުރުމަކީ އެހެން މީހަކަށް ނުރައްކާވާ ކަމެއް ނޫން: އިބުރާ

އެެއް ޖިންސުން ގުޅުން ހިންގުމަކީ އެހެން މީހެއްގެ ނަފްސާއި ފުރާނައަށް ނުރައްކާވާ ޒާތުގެ ކުށެއް ނޫން ކަމަށާއި ޔޯގާ ...

ވެރިކަމަށް އަންނަން އައްޑޫ، ވެރިކަން ވެއްޓުމުން އައްޑޫގައި ޖެހީ ހުޅު!

އިދިކޮޅު އެމްޑީޕީން 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ތައްޔާރުވުމަށް މެނިފެސްޓޯ އެކުލަވާލާއިރު އެކަމަށް ޚާއްސަ އޮފީސް ހުންނާނީ ...

ބީއެމްއެލްގެ އެހީއާއެކު މާއުނގޫދޫގައި ސޯލާ މަގުބައްތި ހަރުކޮށްފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ހިންގާ “ބީއެމްއެލް ކޮމިއުނިޓީ ފަންޑު”ގެ ދަށުން ށ. މާއުނގޫދޫގެ ބައެއް މަގު ބައްތިތައް ...