” މަރުވެފައިވާ އެއްޗެއްގައި އަތްނުލައްވާނަން” – ނަޝީދު

    މަރުވެފައިވާ އެއްޗެއްގައި އަތްނުލައްވާނެކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެވެ.

    ރާއްޖެން ބޭރުގައި ހިމާޔަތް ހޯއްދަވައިގެން ގިނަ ދުވަސްތަކެއް ވަންދެން ހުންނެވުމަށްފަހު އެބުރި ރާއްޖެ ވަޑައިގެން ނޫސްވެރީންނާއި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު މިމޭރުމުން ވާހަކަފުޅު ދެއްކެވީ ރައީސް ޔާމީންގެ އިތުބާރުނެތްކަމުގެ މައްސަލައާއި މެދު ނޫސްވެރިއަކު ކުރެއްވި ސުވާލަކަށް މަޒާޖީ ސިފައެއްގައި ޖަވާބު ދެއްވަމުންނެވެ.

    ރައީސް ޔާމީނުގެ ވެރިކަމާބެހޭގޮތުން ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ރައީސް ޔާމީނަށް ތުހުމަތު ކުރެވޭ ގިނަ މައްސަލަތަކުގައި ހެކި ހުރުމުން އެއީ ތަހުގީގުކޮށް ބަލަންޖެހޭ މައްސަލަތަކެއްކަމަށެވެ. އަދި އެމަނިކުފާނު ހުންނަވާ ސަރުކާރެއްގައި ޝަރީއަތް ހިންގާނީ އިސްލާމްދީނުގެ އުސޫލްތަކާ އެއްގޮތަށް ހާމަ ކަމާއެކުގައިކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. މީގެ އިތުރުން ކޮރަޕްޝަނާ ވައްކަމުގެ މައްސަލަތައް ބަލަންޖެހޭކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

    ” ރިޟުވާނާ ، ޔާމީނާ ޑޮކްޓަރ އަފްރާޝީމްގެމަރު އެއީ ވަރަށް އަދިރިކަމުގެތެރޭގައިވާ ޝައްކާ ވަހުމުން ފުރިފައިވާ ކަންތައްތަކެއް . އެކަންކަމުގެ ހަގީގަތް ހޯދުމަށް ތަހުގީގުތައް އަޅުގަޑުމެން ހިންގާނަން . އަދި މިދެންނެވިހެން ތަހުގީގުތައް ކުރިއަށް ގެންދިއުމަށް އިންތިޒާމްތަކެއް އަޅުގަޑުމެން އެބަ ނިންމަންޖެހޭ . މިކަމާ ގުޅޭގޮތުން  ޕާޓީތަކުގެ ލީޑަރުންނާއެކު ބާއްވާ މަޝްވަރާއާއި އަދި ގުޅިފައިވާ ޕާލަމެންޓްރީ ގްރޫޕްގެ މަޝްވަރާތަކާއެކު އެކަންތައްތަ ކުރިއަށް ގެންގޮސް އެކަމުގެ ޚަބަރުތައް އަޅުގަޑުހިތުން އެގްރޫޕްތަކުގެ ސްޕޯކުޕާސަނުން ނުވަތަ ސެކެސްޓްރީ ޖެނެރަލުން  އެކަންކަމާގުޅޭ ބޭފުޅުންނާ ދައްކަވަމުން ގެންދަވާނެ. . ”  އިއްޔެގެ ނޫސްވެރީންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވިއެވެ.

    ނޫސްވެރީންގެ ބައްދަލުވުމުގައި ރައީސް ނަޝީދު ވިދާޅުވީ ރައީސް ޔާމީނާ ދެބަސްވާ ކޮންމެ މީހަކު ޖަލަށް ލަމުންދިޔަ ގޮތަކީ އެމަނިކުފާނު ގެންގުޅުއްވާނެ ސިޔާސީ ވިސްނުންފުޅެއްނޫންކަމަށް . އަދި ޖަލުގައި އޮންނަ ކޮންމެ މީހަކަށްވެސް ލިބެންޖެހޭ ބޭސްފަރުވާގެ ހައްގު ލިބެންޖެހޭނެކަމަށްވެސް ރައީސް ނަޝީދު ވިދާޅުވި  . އެގޮތުން ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބަށްވެސް އެފުރުސަތު އޮންނަން ވާނެކަމަށްވެސް ނަޝީދު ވިދާޅުވި . މީގެ އިތުރުން ނޫސްވެރީންގެ ބައްދަލުވުމުގައި ނޫސްވެރީންގެ ގިނަ ސުވާލުތަކަށް ނަޝީދުވަނީ ޖަވާބުދެއްވާފައެވެ.

    • ކޮމެންޓްސް (0)

    Your email address will not be published. Required fields are marked *

    • ފުރިހަމަ ނަން

    Ads

    ads

    ކަމުދާނެ ލިޔުންތައް

    ކުރީގެ ނައިބު ރައީސް އަދީބު ގެއަށް ބަދަލުކޮށްފި

    ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ގޭބަންދަށް ބަދަލުކޮށްފިއެވެ. ( ތަފްސީލް އަންނަނީ )

    ޝާހިދު ދިވެހި ރައްޔިތުން ލަދު ގަންނަވާލައިފި – މިނިސްޓަރ ސައީދު

    ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު މިއަދު ދިވެހި ރައްޔިތުން ލަދު ގަންނަވާލައިފި ކަމަށާއި އޭނާއަށް ދެން ...

    އިތުބާރު ނެތްކަމުގެ މައްސަލަ ހުށައަޅަނީ ކާމިޔާބު ވާނެކަމުގެ އެއްވެސް ސިގްނަލެއް އޮވެގެނެއް ނޫން- ނިހާން

    ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ނާއިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ އިދިކޮޅު މެމްބަރުން މަޖިލީހަށް ހުށައަޅަނީ ކާމިޔާބު ވާނެކަމުގެ ...

    އެއްބަސްވުން ހަމަވަންދެން އާސެނަލްގައި މަޑުކުރާނަން: ވެންގާ

    އާސެނަލްއާއެކު ހަދާފައިވާ އެއްބަސްވުން ހަމަވަންދެން ކްލަބުގައި މަޑުކުރާނެ ކަމަށް އާސެނަލްގެ ކޯޗު އާސެން ވެންގާ ބުނެފިއެވެ. ނޫސްވެރިންނަށް މައުލޫމާތު ...

    އައްޑޫ އިން ޕޮޒިޓިވްވި މީހާގެ ދެވަނަ ސާމްޕަލްގެ ނަތީޖާ ވެސް ޕޮޒިޓިވް ވެއްޖެ

    އައްޑޫ އިން އިއްޔެ ކޮވިޑް 19 އަށް ޕޮޒިޓިވްވި މީހާގެ ދެވަނަ ސާމްޕަލްގެ ނަތީޖާ ވެސް ޕޮޒިޓިވްވެއްޖެއެވެ. ކޮވިޑަށް ...

    މަރުވެފައި އޮއްވާ ފެނުނީ ފުޓުބޯޅަ ކުޅުންތެރިޔާ އިބްރާހިމް ރިޒުވާން

    މާލޭ ގެއެއްގެ ތެރޭގައި މަރުވެފައި އޮއްވާ ފެނުނީ ޓީސީ ސްޕޯޓްސް ކްލަބަށް ކުޅުނު އިބްރާހިމް ރިޒުވާން (ބަގޭ) ކަން ...