advertisement

ކުރިއަށްއޮތް ލޯކަލް ކައުންސިލަށް ވާދަކުރުމަށް ކެންޑިޑޭޓުން ހޮވުމަށް އަންނަ ހުކުރު ދުވަހު ބާއްވާ އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ތިންބައިކުޅަ އެއްބަޔަށްވުރެ ގިނަމީހުންނަކީ އަންހެނުންކަމުގައި އެޕާޓީން ހާމަކޮށްފިއެވެ.

އެމްޑީޕީގެ ކެންޑިޑޭޓުންގެ ލިސްޓް ޢާއްމުކުރިއިރު އަންނަ ހުކުރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ޕްރައިމަރީގައި 870 ކެންޑިޑޭޓުންވާދަކުރެއެވެ. އޭގެތެރެއިން 270 ކެންޑިޑޭޓުންނަކީ އަންހެނުންނެވެ.

ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައިވާ ދާއިރާތަކުގެ ވޯޓްލުން ހުކުރުދުވަހު ކުރިއަށްދާއިރު، ބައެއް ދާއިރާތަކަށް ކުރިމަތިލާންޖެހޭ އަދަދަށް ފޯމްހުށަހެޅި މެމްބަރުންނަށްވަނީ ޓިކެޓްދީފައެވެ.

އެމްޑީޕީން އާންމުކޮށްފައިވާ ޕްރައިމަރީގައި ވާދަކުރާ ކެންޑިޑޭޓުންގެ ލިސްޓްގައި ސިޓީ ކައުންސިލްތަކަށް ވާދަކުރާ ކެންޑިޑޭޓުންނާއި، އަތޮޅު ކައުންސިލްތަކާއި ރަށު ކައުންސިލްތަކަށް ވާދަކުރާ ކެންޑިޑޭޓުންގެ ނަންތަންވަނީ އާންމުކޮށްފައެވެ. މިލިސްޓްގައިވާގޮތުން 4 ސިޓީ ކައުންސިލްގެ މޭޔަރުކަމަށް 16 ބޭފުޅަކު ވާދަކުރައްވައެވެ. މޭޔަރުކަމަށް ވާދަކުރައްވާ ބޭފުޅުންގެ ތެރެއިން ހަމައެކަނި އަންހެން ކެންޑިޑޭޓަކީ މާލެސިޓީ ކައުންސިލްގެ މޭޔަރުކަމަށް ވާދަކުރައްވާ ސިފާ މުހައްމަދެވެ.

ސިޓީކައުންސިލްތަކުގެ މެމްބަރުކަމަށް 119 ކެންޑިޑޭޓުން ވާދަކުރެއެވެ. އަތޮޅުކައުންސިލް ރައީސްގެ މަޤާމަށް 49 ކެންޑިޑޭޓުން ވާދަކުރާއިރު، ރަށު ކައުންސިލްތަކަށް 709 ކެންޑިޑޭޓަކު އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރެއެވެ.

ކައުންސިލް އިންތިޚާބްގެ އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާ ކެންޑިޑޭޓުން ކެންޕެއިން ކުރަމުންދާއިރު، އެޕާޓީންވަނީ މުޅިރާއްޖޭގައި ޚާއްސަ ކެންޕެއިން ހަރަކާތަކެއް ބާއްވާފައެވެ.

ހުކުރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ޕްރައިމަރީގެ ވޯޓްލުން ކުރިއަށްދާނީ ކޮންމެ ރަށެއްގައި އެރަށެއްގެ އެމްޑީޕީގެ ހަރުގޭގައިކަމަށް އެމްޑީޕީން ބުނެއެވެ

ސިޓީކައުންސިލްގެ އިންތިޚާބުގެ ދާއިރާތައް ހަމަޖައްސާ އުސޫލު ކަނޑައެޅިއިރު މީދޫއަށް ލިބިފައިވަނީ އަންހެން ކައުންސިލަރު ހޮވުމަށެވެ. މިގޮތުން މީދޫދާއިރާއަށް ދެއަންހެން ކަނބަލުން ވާދަކުރައްވައެވެ. އެއީ ނާދިޔާއާއި ޝޫޒާއެވެ. ނާދިއާ އާއި ޝޫޒާ އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާއިރު އެމްޑީޕީގެ ހަރަކާތްތަކު ފެންނަމުންދިޔަ ރަޝީދާ އެމްޑީޕީގެ ޕްރައިމަރީގައި ވާދަނުކޮށް ލޯކަލް ކައުންސިލް އިންތިޚާބުގައި އަމިއްލަގޮތުން ވާދަކުރެއްވުމަށް ނިންމަވާ މިހާރުވެސް ދަނީ ކެމްޕެއިންކުރަމުންނެވެ.

Ads

ގުޅޭ ލިޔުންތައް

އައްޑޫސިޓީއަށް އަދިވެސް މޫސުން ގޯސް، ވައިޓް އެލާޓް ނެރެފި

މިހާރު ކުރަމުންދާ ވިއްސާރައާއި ގުޅިގެން ކ. އަތޮޅުން ފެށިގެން އައްޑޫސިޓީއާއި ހަމައަށް  މޫސުން ގޯސްވުމުގެ ސަބަބުން ވައިޓް އެލާޓް ...

ސައިރިކްސް ޝަރީފުގެ އަމިއްލަ ޚަރަދުގައި ހުޅުދޫގައި ހިނަވާގެއެއް އަޅަނީ

ރަށްޔިތުންގެ މަޖިލިހުގެ ހުޅުދޫދާއިރާއަށް އަމިއްލަ ގޮތުން ވާދަކުރައްވާ ސައިރިކް ޝަރީފުގެ ޚަރަދުގައި ހުޅުދޫގައި ހިނަވާ ގެއެއް އެޅުމުގެ މަސައްކަތް ...

އަލިފާން ރޯވެ ހިތަދޫ ފިހާރައެއް ބޭނުން ނުކުރެވޭވަރަށް އަނދައިފި

އައްޑޫ ސިޓީ ހިތަދޫގައި ހުންނަ ފިހާރައެއްގައި ރޭ ހިނގި އަލިފާނުގެ ހާދިސާއެއްގައި ފިހާރަ ބޭނުން ނުކުރެވޭ ވަރަށް އަނދައިފިއެވެ. ...