މީޑިއާނެޓްގެ “ސްޓޭ ހޯމް ޕެކޭޖް”: އިތުރު އެއް މަސް ދުވަހަށް 12 ޗެނަލް މުޅިން ހިލޭ!

ކޮރޯނާ ވައިރަހާއި ގުޅިގެން ރާއްޖޭގެ ހާލަތު ވަރަށް ބޮޑުތަނުން ބަދަލުވެފައިވާތީ، މީޑިއާނެޓުން މުޅިން ހިލޭ ފޯރުކޮށް ދެމުން ދިޔަ 12 ޗެނަލް މޭއި މަހުގެ ނިޔަލަށް އިތުރުކޮށްފިއެވެ.

އާއްމުން ގޭގައި މަޑުކުރުމަށް ހިއްވަރު ދިނުމުގެ ގޮތުން މީޑިއާނެޓުން ދޫކުރާ ޗެނަލްތަކުގެ ތެރެއިން ބައެއް ޗެނަލްތައް އެއް މަހުގެ މުއްދަތަށް މުޅިން ހިލޭ ދޫކުރުމަށް ނިންމާ އެކަން އެންމެ ފުރަތަމަ ހާމަކުރީ މާޗު މަހުގެ 31 ގައެވެ. އަދި، އެ މުއްދަތު އޭޕްރިލް މަހުގެ ނިޔަލަށް ހަމަވާތީ މީޑިއާނެޓުން ވަނީ އިތުރު އެއް މަސް ހިލޭ ޕެކޭޖުގައި ހިމަނާފައެވެ.

މި ޕެކޭޖުގައި ވަނީ 12 ޗެނަލްއެއް ހިމަނާފައެވެ. އެއީ ޓީވީއެމް، އައިސްޓީވީ، ސައުދީ ޤުރުއާން، އަލް ޤުރްއާން، ކިއުރިއޯސިޓީ ސްޓްރީމް، ޕީޕަލްސް ޓީވީ، ނެޓް ޖީއޯ ޕީޕަލް އާއި އެމްޓީވީ އިންޑިއާ، ކޭބީއެސް ވޯލްޑް، ފޮކްސް ފެމިލީ މޫވީސް އަދި ޗެނަލް ނިއުސް އޭޝިއާގެ އިތުރުން ޓްރޭސް ސްޕޯޓްސްއެވެ.

މާލޭގައި ކޮރޯނާ ވައިރަސް ކޮމިއުނިޓީ ސްޕްރެޑަކަށް ބަދަލުވެފައިވާއިރު، މި ބަލީގެ ނުރައްކާ ރާާއްޖޭގެ ރަށްތަކަށް ވެސް ވަނީ ކުރިމަތިވެފައެވެ. އަދި ކުންފުނިތަކުން ދަނީ، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ހިދުމަތްތައް އިތުރަށް ފުޅާކޮށް ފަސޭހަ ކުރުމުގެ މަސައްކަތް ކުރަމުންނެވެ. މީޑިއާނެޓުންވެސް އެފަދަ މަސައްކަތްތައް ކުރިޔަށް ގެންދާއިރު، ކުންފުނީގެ ޕަބްލިކް ރިލޭޝަންސް އެންޑް މާކެޓިން އެގްޒެކެޓިވް ޝުވެއިކާ ޝަރީފް ވިދާޅުވީ އަމާޒަކީ މި އުނދަގޫ ދަނޑިވަޅުގައި ކަސްޓަމަރުންނަށް ވީހާ ވެސް ލުއި ފަސޭހަ ގޮތްތަކެއް ހޯދައިދިނުން ކަމަށެވެ. އެގޮތުގެ މަތީން، “ސްޓޭ ހޯމް ޕެކޭޖް” ގެ ނަމުގައި އެއްވެސް އަގަކާ ނުލާ މި ޗެނަލްތައް އިތުރު އެއް މަސް ދުވަހަށް ލިބިގެންދާނެ ކަމަށް ޝުވެއިކާ ވިދާޅުވިއެވެ.

ޝުވެރިކާ ވިދާޅުވީ، މީޑިއާނެޓުން އެދެނީ ހުރިހާ ފަރާތްތަކުން ވެސް ގެއިން ނުނިކުމެ ގޭގައި މަޑު ކުރުމަށް ކަމަށެވެ. އަދި އެ ކުންފުނީގެ ފަރާތުން އާއިލާއާއި އެކު އުފާވެރި ވަގުތުކޮޅެއް ހޯދަ ދިނުމަށް ކުރަމުން އަންނަ މަސައްކަތްތަކުން މި ޕޭކަޖަކީ ވެސް އެންމެ ފުރިހަމަ ޕެކޭޖަށް ވެގެންދާނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.

މި ޕެކޭޖް މީޑިއާނެޓްގެ ސޯޝަލް މީޑީިއާ ޕެޖު މެދުވެރިކޮށް އެކްޓިވޭޓް ކުރެވޭނެއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އިއްޔެ އިންދި ގަސްތަކަށް ރޭ ގެއްލުންތަކެއްދީފި

ތިމާވެށީގެ ދުވަހާއި ގުޅުވައިގެން އިއްޔެ މެންދުރުފަހުން މީދޫ ބޮޑުމަގުގައި އިންދި ގަސްތަކުގެ ތެރެއިން ބައެއް ގަސްތަކަށް  ރޭބަޔަކު ގެއްލުންތަކެއް ...

ޝައިޚު އިދުރީސް ޙުސެއިންގެ ހާއްސަ ދަރުސެއް މިރޭ ހުޅުދޫގައި

ޝައިޚް އިދުރީސް ހުސެއިންގެ ހާއްސަ ދަރުސެއް  މިރޭ ހުޅުދޫގައި އޮންނާނެއެވެ. މިރޭ އިޝާނަމާދަށްފަހު ހުޅުދޫ މަސްޖިދުލް ވަހުދާގައި ބޭއްވުމަށް ...

އދ.ގެ ސަލާމަތީ މަޖިލީހުގެ ގޮނޑިއަށް މެމްބަރުން އިންތިޚާބު ކުރުން މިރޭ އޮންނާނެ!

ދިވެހިރާއްޖެ އިން ވާދަކުރާ އދ.ގެ ސަލާމަތީ މަޖިލީހުގެ ގޮނޑިއަށް މެމްބަރުން އިންތިޚާބު ކުރުމަށް ބާއްވާ ވޯޓު ނެގުން މިރޭ ...