މީދޫ ބަނދަރުގެ މަސައްކަތް އެމްޓީސީސީން ފަށައިފި

ީދޫ ބަނދަރު މަރާމާތު ކުރުމުގެ މަސައްކަތް، ސަރުކާރުން ހަވާލްކޮށްފައިވާ އެމްޓީސީސީން މީދޫ ބަނދަރުގެ މަސައްކަތް ފެށުމަށްޓަކައި ކުރަންޖެހޭ ބައެއް މަސައްކަތްތައް ކުރަންފަށއިފިއެވެ. މިގޮތުން ބަނދަރުގެ މަސައްކަތް ފެށުމަށްޓަކައި ބަނދަރު ސަރަހައްދުގެ މަގުމަތީގައި އަޅާފައިވާ ގާތައް އެމްޓީސީސީން މިހާރުވަނީ ނަގާފައެވެ.

އެމްޓީސީސީ އިން ހާމަކޮށްފައިވާގޮތުން މީދޫ ބަނދަރުގެމަސައްކަތްކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތަކުގެ ތެރެއިން  އީއައިއޭ ރިޕޯޓް އީޕީއޭ އިން އެޕްރޫވް ކޮށްފައިވަނީ ހުސްވި ސެޕްޓެމްބަރު މަހުގެ 26 ވަނަ ދުވަހު ކަމަށެވެ.

މީދޫގެ ބަނދަރު މަރާމާތުކުރުމުގެ މަސައްކަތް ޑިޒައިންކޮށް ޢަމަލީ މަސައްކަތް ކުރުމަށް އެމްޓީސީސީއާ ސަރުކާރުން ހަވާލުކުރީ މިއަހަރުގެ ޖޫން 23 ވަނަ ދުވަހުއެވެ. އެއް އަހަރު ދުވަހުން ނިންމުމަށް މި މަސައްކަތް އެމްޓީސީސީއާއި ހަވާލުކުރީ 35.43 މިލިއަން ރުފިޔާއަށެވެ.

އެމްޓީސީސީ އިން ބުނީ މީދޫ ބަނދަރު ހަދަނީ 2،480 މީޓަރުގެ ޕޭވްމެންޓަކާއެކު 115 މީޓަރުގެ ބްރޭކްވޯޓާއެއް ހިމަނައިގެން ކަމަށެވެ. އަދި މި މަޝްރޫއުގެ ދަށުން ފަޅުން 57،996 ކިޔުބިކް މީޓަރުގެ ސަރަހައްދެއް ފުންކުރާނެ ކަމަށްވެސް އެކުންފުނިން ބުނެއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ގައުމު ސްޓްރީޓް ކަޕް : މީދޫ ލޮތަރި އެފްސީ ފައިނަލަށް

ގައުމު ސްޓްރީޓް ކަޕް  – ފުޓްބޯޅަ މުބާރާތުގެ ސެމީފައިނަލްގައި މީދޫ ލޮތަރި އެފްސީއާއި ބައްދަލުކޮށް މިމުބާރާތުގައި ވާދަކުރިޓީމްތަކުގެ ތެރެއިން ...

ކޯވިޑް-19 : މާލެއިން ތެރެއިން ދިވެއްސަކު ކޯވިޑަށް ޕޮޒިޓިވްވެއްޖެ

މާލެ ފުލޫ ކްލިނިކަށް ދައްކަން ދިޔަ ދިވެއްސެއް ކޯވިޑް19 އަށް ޕޮސިޓިވްވެއްޖެއެވެ. މިއީ މާލޭން ތެރެއިން ފެނުނު ފުރަތަމަ ...

ޖަރުމަން، ޕޯޗުގަލް މެޗު ސްޓްރީމް ކޮށްލަން ދިރާގުގެ ރަނުގެ ފުރުޞަތެއް

ޖަރުމަން، ޕޯޗުގަލް ބައްދަލުކުރާ ފޯރިގަދަ މެޗު ސްޓްރީމްކޮށްލަން ދިރާގުން މި އޮތީ ރަނުގެ ފުރުޞަތެއް ހުޅުވާލައިފައެވެ. ޔޫރޯ2020 މެޗްތައް ...