މީދޫ ރަށްޔިތުން ފަޚުރުވެރިވާވަރަށް މީދޫގެ ތަރައްގީއަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކޮށްދެއްވާނަން – ޝޫޒާ

advertisement

ލޯކަލް ކައުންސިލްގެ އިންތިޚާބުގައި މީދޫ ދާއިރާގެ ކައުންސިލަރުގެ މަގާމަށް ހޮއްވަވައިދެއްވައިފިނަމަ މީދޫ ރަށްޔިތުން ފަޚުރުވެރިވާވަރަށް މީދޫގެ ތަރައްގީއަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކޮށްދެއްވާނެކަމަށް މީދޫދާއިރާގެ އެމްޑީޕީ ޕްރައިމަރީ ކާމިޔާބުކުރެއްވި ޝޫޒާ ވިދާޅުވެއްޖެވެ.

ޝޫޒާ މިހެން ވިދާޅުވީ އެމްޑީޕީ ޕްރައިމަރީގައި އައްޑޫސިޓީގެ މޭޔަރުގެ މަގާމަށް މިހާރު އައްޑޫސިޓީގެ މޭޔަރުގެ މަގާމް އަދާކުރައްވާ  އަބްދުﷲ ސޯދިގު ( ސޯބެ ) އާއި ވާދަކޮށް ބޮޑުތަފާތަކުން  ކުރި ހޯއްދެވި އަލީ ނިޒާރު  ހުޅުދޫއާއި މީދޫގެ ރަށްޔިތުންނާއި ބައްދަލުކުރެއްވުމަށް ހުޅުދޫއާއި މީދޫއަށް ވަޑައިގެން ބޭއްވި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

” އަޅުގަޑު މިގޮޑިއަށް ހޮއްވަވައި ދެއްވައިފިނަމަ ރަށާ ގުޅުންހުރި އެއްވެސް ކަމެއް ނިންމާއިރު އެކަމެއް ނިންމާނީ ރަށުގެ ރަށްޔިތުންނާއި މަޝްވަރާކޮށް އެންމެންގެ މަޝްވަރާގެ މަތިން އެންމެންނަށް ފެންނަ ގޮތަކަށް ، އަދި  އަޅުގަޑު ދެކޭ ގޮތުގައި މީދޫ ތަރައްގީކުރެވޭނީ ހަމައެކަނި މީދޫ ތަރައްގީވެގެނެއްނޫން ، ޖެހިގެން އޮތް ހުޅުދޫވެސް ތަރައްގީކުރެވިގެން ، އަދި ހުޅުދޫއާއި މީދޫ ތަރައްގީކުރެވޭނީ އައްޑޫސިޓީ ތަރައްގީކުރެވިގެން ، އަޅުގަޑު މިކަމަށް ކުރިމަތިލީ  މުޅި އައްޑޫސިޓީ ޚާއްސަކޮށް މީދޫގެ ތަރައްގީއަށް ކުރަންޖެހޭ އެންމެހާ މަސައްކަތެއް ކުރުމަށް އަޒުމް ކަޑައަޅައިގެން ” ޝޫޒާ ވިދާޅުވިއެވެ.

މީގެ އިތުރަށް ޝޫޒާ ވިދާޅުވީ  ޕްރައިމަރީ ކާމިޔާބުކުރެވުނީ އެމްޑީޕީގެ ހުރިހާ މެމްބަރުން ވަރަށް ފުރިހަމައަށް އަދި ވަރަށް ބުރަކޮށް މަސައްކަތްކޮށްދެއްވައިގެން ކަމަށާ އެހެންކަމުން އެބޭފުޅުން އެކޮށްދެއްވި މަސައްކަތުގެ އަގުވަޒަންކޮށް އެބޭފުޅުންންށް ވަރަށްބޮޑަށް ޝުކުރު އަދާކުރައްވާކަމަށެވެ.

ޝޫޒާ މީދޫދާއިރާގެ އެމްޑީޕީގެ  ޓިކެޓު ކާމިޔާބުކޮށްފައިވަނީ  ހުކުރު ދުވަހު ބޭއްވުނު އެމްޑީޕީގެ ޕްރައިމަރީގައި  ނާދިޔާއާއި ވާދަކޮށް 34  ވޯޓުން ކުރި ހޯއްދަވައިގެންނެވެ.

މީދޫގެ ވޯޓުފޮށިން ޝޫޒާއަށް 214 ވޯޓް ލިބިފައިވާއިރު މާލޭގައި ބެހެއްޓުނު ވޯޓް ފޮށިން ޝޫޒާއަށް ލިފައިވަނީ 91 ވޯޓެވެ. އެހެންކަމުން ޖުމްލަ ޝޫޒާއަށް ލިބިފައިވަނީ 305 ވޯޓެވެ.

މީދޫގެ ވޯޓްފޮށިން ނާދިޔާއަށް 236 ވޯޓް ލިބިފައިވާއިރު މާލޭގައި ބެހެއްޓުނު ވޯޓް ފޮށިން ނާދިޔާއަށް ލިބިފައިވަނީ 35 ވޯޓެވެ. އެހެންކަމުން ޖުމްލަ ނާދިޔާއަށް ލިބިފައިވަނީ ޖުމްލަ 271 ވޯޓެވެ.

ލޯކަލް ކައުންސިލް އިންތިހާބުގައި އައްޑޫސިޓީ މީދޫދާއިރާއިން އެމްޑީޕީން ވާދަކުރާނެ ބޭފުޅަކަށް  އާއިޝަތު ޝޫޒާ ހޮވުނުއިރު އެމްޑީޕީގެ މެމްބަރެއްގެ ގޮތުގައި ހުންނެވި ރަޝީދާ އަންނަނީ  ކައުންސިލް އިންތިޚާބުގައި މީދޫދާއިރާއަށް އަމިއްލަ ގޮތުން ވާދަކުރައްވަން ނިންމަވާ  ކެމްޕެއިން ކުރައްވަމުންނެވެ.

advertisement
  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ހޯނޑެއްދޫއިން 19 މީހަކު ކޮވިޑް 19 އަށް ޕޮޒިޓިވްވެއްޖެ

ގދ.ހޯނޑެއްދުއިން ކޮވިޑް19އަށް 19 މީހަކު ޕޮޒިޓިވް ވެއްޖެވެ. ހޯޑެއްދޫއިން ފުރަތަމަ ކޮވިޑަށް ޕޮޒިޓިވް ވެފައި ވަނީ ހޯމްކަރަންޓީންއިން ދޫކޮށްލުމުގެ ...

ޔާމީންގެ މައްޗަށް މަނީ ލޯންޑްރީގެ ދައުވާ އުފުލައިފި

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް މަނީ ލޯންޑްރިންގެ ދައުވާ ޕީޖީ އޮފީހުން މިއަދު ކްރިމިނަލް ކޯޓްގައި އުފުލައިފި ...

ގިނަ ބަޔަކު އެއްތަނަކަށް އެއްވެ ކުޅިވަރު ހަރަކާތް ބެލުމުގެ ފުރުސަތު މިހާލަތުގައި ނުދެވޭނެ: ފުލުހުން

މި ހާލަތުގައި ގިނަ ބަޔަކު އެއް ތަނަކަށް އެއްވެ ކުޅިވަރު ހަރަކާތްތައް ބެލުމުގެ ފުރުސަތު ނުދެވޭނެ ކަމަށް ފުލުހުން ...