މީދޫ – މަރަދޫފޭދޫ – އެކުވެރިކަމުގެ ވޮލީމެޗް މީދޫ ކާމިޔާބުކޮށްފި

  މަރަދޫފޭދޫ ވޮލީޓީމަކާއި، މީދޫ ޒުވާނުންގެ ވޮލީޓީމަކާއި، ދެމެދު ކުޅުނު އެކުވެރިކަމުގެ ވޮލީމެޗް މީދޫޓީމް ކާމިޔާބު ކޮށްފިއެވެ.

  މިއަދު ހަވީރު މީދޫ އިޖްތިމާއީ މަރުކަޒުގެ ވޮލީ ކޯޓްގައި ކުޅުނު މިމެޗް މީދޫޓީމް ކާމިޔާބުކޮށްފައިވަނީ 3 ސެޓް 1 ސެޓުންނެވެ. މިވޮލީ މެޗަކީ އަޟްހާއީދުގެ މުނާސަބާ ފާހަގަކުރުމަށާ މީދޫ ވޮލީ ކުޅޭ ޒުވާނުންގެ މެދުގައި ވޮލީގެ ހުނަރު ތައް އިތުރުކޮށް ވާދަވެރި މެޗްތަކެއް ކުޅުމުގެ ފުރުސަތު ކުޅުންތެރީންނަށް ހޯދައި ދިނުމަށާ ވޮލީބޯޅައިގެ ޝައުގުވެރިކަން ޒުވާނުންގެ މެދުގައި އިތުރުކޮށް ވޮލީބޯޅަކުރިއެރުވުމުގެ މަޤްޞަދުގައި މީދޫގެ ވޮލީގައި ހަރަކާތްތެރިވާ ފަރާތްތަކާއި މަރަދޫފޭދޫ ވޮލީޓީމާއި ދެމެދު ވާހަކަ ދެކެވިވިގެން  ކުޅެވުނު ވޮލީ މެޗެކެވެ .

  ދެޓީމްގެ ފަރާތުންވެސް ދާދިހަމަހަމަ ކުޅުމެއް ފެނިގެން ދިޔަ މިމެޗްގެ ރެފްރީނަކީ  މީދޫ މުހައްމަދު ނާސިރުއާއި ލައުޒާއެވެ.

  މިމެޗްގެ ފުރަތަމަ ސެޓް  25 – 22 އިން އަދި ދެވަނަ ސެޓް 25-23 އިން  ހޯދީ މީދޫޓީމެވެ. އެހެން ނަމަވެސް ތިންވަނަ ސެޓް 25-23 އިން ހޯދީ މަރަދޫފޭދޫޓީމެވެ. 4 ވަނަ ސެޓް މީދޫޓީމް ކާމިޔާބުކޮށް ފައިވަނީ  25 – 18 އިންނެވެ.

  މި މެޗް ބެލުމަށްޓަކައި މީދޫއާއި ހުޅުދޫ ގެ ގިނަ ބަޔަކު މީދޫ އިޖްތިމާއީ މަރުކަޒަށް ހާޒިރުވިއެވެ.

  މީދޫ ޒުވާނުންނަކީ އައްޑުއަތޮޅުގެ ވޮލީން ގިނަ ކާމިޔާބީތައް ހޯދާފައިވާ   ޒުވާނުން ތަކެއް ދިރިއުޅޭ ރަށެކެވެ. މީގެ އިތުރަށް އަތޮޅުން ބޭރުގައި ބޭއްވުނު މުބާރާތްތަކުގައި މީދޫޓީމް ބައިވެރިވެ ކާމިޔާބުތަކެއް ހޯދާފައިވެއެވެ. މިގޮތުން މާލޭގައި ބޭއްވުނު ޒޯން މުބާރާތުގައި  މީދުން ބައިވެރިވިޓީމް އެމުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވާއިރު ފުވައްމުލަކުގައި ބޭއްވުނު ވޮލީ މުބާރާތުގައި ބައިވެރިވި ދެފަހަރުގެ ތެރެއިން 1 ފަހަރު ރަނައަޕްގެ މަގާމް މީދޫޓީމަށް ލިބުނެވެ. އަދި އޭގެ ފަހުން ފުވައްމުލަކުގައި ބޭއްވުނު މުބާރާތުގައި މީދުން ބައިވެރިވިޓީމް އެމުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވެސް ވެއެވެ. އަދި މާލޭގައި ބޭއްވުނު ގައުމީ ވޮލީބޯޅަ މުބާރާތުގައި މީދުން ބައިވެރިވިޓީމް އެމުބާރާތުގެ ފައިނަލަށް ހޮވިފައިވާކަންވެސް ފާހަގަކޮށްލަންޖެހެއެވެ.

  • ކޮމެންޓްސް (0)

  Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

  Ads

  ads

  ކަމުދާނެ ލިޔުންތައް

  ޕޮލިސްކަޕް 2019: ޗެމްޕިއަންކަން ރެފިއުޖީއަށް – އެންމެ މޮޅު ކުޅުންތެރިއަކަށް ލިރު – ގިނަ ގޯލް ޖެހި ކުޅުންތެރިޔަކަށް އިއްމެ

  ޕޮލިސްކަޕް ފުޓްބޯޅަ މުބާރާތުގެ ތަށި ޓީމް ރެފިއުޖީ އުފުލާލައިފި އެވެ. ހުޅުމީދޫ ޕޮލިސް ސްޓޭޝަނުން  އިންތިޒާމްކޮށްގެން ފިތުރު އީދު ...

  ކެލާ އިން މީހަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

  ހއ. ކެލާ އިން މީހަކު ކޮވިޑް-19 އަށް ޕޮޒިޓީވް ވެއްޖެއެވެ. ‘ބައެއް މީޑިއާތަކަށް  މައުލޫމާތު ދެއްވަމުން ކެލާ ކައުންސިލްގެ ...

  ކޯވިޑް-19 : އައްޑޫސިޓީ ގުޅިފައިވާ ރަށްތަކުން އެއްރަށުން އަނެއް ރަށަށް ދިއުން މަނާ

  އައްޑޫގެ އަވަށްތަކުގެ މީހުން  އެއްއަވަށުން އަނެއް އަވަށަށް  ނުދެވޭ ގޮތަށް ސިޓީ ކައުންސިލުން ނިންމައިފިއެވެ. އައްޑޫސިޓީ ކައުންސިލުން މިގޮތައް ...

  މިނިވަންކަޕް 2019: ސެމީފައިނަލަށް މަލްޓީޖީނިއަސްއާއި ތައްލިހި

  މިނިވަންކަޕް ފުޓްސަލް މުބާރާތުގެ ސެމީފައިނަލަށް ހިތަދޫ މަލްޓިޖީނިއަސްއާއި މިދިޔައަހަރު މިމުބާރާތުގެ ޗެމްޕިއަންކަންހޯދި ހުޅުދޫ ތައްލިހި ޓީމް ދަތުރުކޮށްފިއެވެ. ހިތަދޫ ...

  ފްލައިމީގެ މަތިންދާ ބޯޓެއް ރަންވޭ މަތިން ކަހާލައިފި

  ފްލައިމީގެ މަތިންދާ ބޯޓެއް ރަންވޭ މަތިން ކަހާލައިފިއެވެ. މާމިގިލީ އެއަރޕޯޓްގައި ޖެއްސި ފްލައިމީގެ މަތިންދާބޯޓް ރަންވޭ މަތިން ކަހާލީ ...

  ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ދެމަޤާމަކަށް ބޭފުޅުން އައްޔަން ކުރައްވައިފި

  ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް، ޗީފް އޮފް ސްޓާފްގެ މަގާމަށާއި މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސްގެ މަޤާމަށް ...