ހިތަދޫ އެފްސީ ޖޫނިއާސް އަތުން މީދޫޓީމަށް ފަސޭހަ މޮޅެއް

    މިހާރު މީދޫގައި ކުރިއަށްދާ 20 އަހަރުން ދަށުގެ ” އައްޑޫ ޔޫތު ޗެލެންޖް ކަޕް 2020 ” ފުޓްބޯޅަ މުބާރާތުގައި މީދޫޓީމުން ފަސޭހަކަމާއެކު ހިތަދޫއެފްސީ ޖޫނިއާސް ބަލިކޮށްފިއެވެ.

    އިއްޔެ ހަވީރު މީދޫ ފުޓްބޯޅަ ދަނޑުގައި ކުޅެވުނު މިމެޗް މީދޫޓީމް ކާމިޔާބުކުރީ 4-1 ގެ ނަތީޖާ އަކުންނެވެ.

    މިމެޗްގައި މީދޫޓީމުން ކާމިޔާބުކުރި ފުރަތަމަ ދެލަނޑު ފުރަތަމަ ހާފްގައި ކާމިޔާބުކޮށްދީފައިވަނީ ސަހާފްއެވެ.

    ފުރަތަމަ ހާފްގެ ކުޅުން ނިމުނުއިރު 2-0 ގެ ނަތީޖާއަކުން މީދޫޓީމް ލީޑު ހޯދާފައި ވަނިކޮށް ދެވަނަ ހާފްގެ ކުޅުން ފަށައިގެން މެޗްގެ 50 ވަނަ މިނިޓްގައި ހިތަދޫޓީމުން މިމެޗްގައި ކާމިޔާބުކުރި ހަމައެކަނި ލަނޑު ކާމިޔާބުކޮށްދީފައިވަނީ އެޓީމްގެ ވިއާމްއެވެ.

    ދެޓީމްގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި މީދޫޓީމުން ކާމިޔާބުކުރި 3 ވަނަ ލަނޑު 72 ވަނަ މިނިޓްގައި ގުސައްޔު ކާމިޔާބުކޮށްދީފައިވާއިރު އެޓީމުގެ 4 ވަނަ ލަނޑު 81 ވަނަ މިނިޓްގައި ކާމިޔާބުކޮށްދިނީ މުހައްމަދު ސައްޔާދެވެ.

    މިމެޗުން މީދޫޓީމު މޮޅުވުމުން އެޓީމަށް 4 މެޗު ކުޅެގެން ލިބިފައިވަނީ 7 ޕޮއިންޓެވެ. މިމެޗުން ދެރަވި ހިތަދޫއެފްސީ ޖޫނިއާސް މިމުބާތުގައި ކުޅުނު ހުރިހާ މެޗަކުންވެސް ބަލިވެފައިވާތީ އެޓީމަށް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.

    6 ޓީމް ވާދަކުރާ މިމުބާރާތުގެ މެޗްތައް ކުރިއަށް ގެންދަނީ ކޮންމެ ޓީމެއް ކޮންމެ ޓީމަކާ އެއްފަހަރު ބައްދަލު ކުރުމަށްފަހު ޕޮއިންޓްގެ ގޮތުން އެންމެ މޮޅުވާ ދެޓީމް ފައިނަލަށް ހޮވޭ ގޮތަށެވެ.

    މިގޮތުން މިމުބާރާތުގައި މިހާތަނަށް ކުޅެވުނު މެޗްތަކުގެ ނަތީޖާއަށް ބަލާއިރު 4 މެޗުން ފޭދޫޓީމަށްލިބިފައިވަނީ 6 ޕޮއިންޓެވެ. ހިތަދޫ އެފްސީ އަށް 3 މެޗުން  6 ޕޮއިންޓް ލިބިފައިވާއިރު މަރަދޫ ޓީމަށް 3 މެޗުން 7 ޕޮއިންޓެވެ.  އަދި މިއަދުގެ މެޗުން މަރަދޫޓީމް މޮޅުވެއްޖެނަމަ 4 މެޗުން އެޓީމަށް 10 ޕޮއިންޓް ލިބިގެން ފައިނަލަށް ދިއުމުގެ ފުރުސަތު އެޓީމަށް ވަރަށް ބޮޑުވާނެއެވެ.

    ނަލަފެހި ޖަމްއިއްޔާގެ ނާއިބް ރައިސާ ސޯލިހާ ޝަރަފްވެރިކޮށްދެއްވި މިމެޗްގެ މޮޅު ކުޅުންތެރިއަކަށް.

    ހޮވުނީ މީދޫޓީމަށް ދެލަނޑު ކާމިޔާބުކޮށްދިން ސަހާފެވެ. ސަހާފްއަށް ޓްރޮފީ ހަވާލްކޮށްދެއްވީވެސް މިމެޗްގެ ޝަރަފްވެރި މެހްމާނާ ސޯލިހާއެވެ.

    ޚަބަރާ ގުޅޭ ފޮޓޯތައް: ލުބުނާ މަޖީދު މުޚްތާރު

     

    • ކޮމެންޓްސް (0)

    Your email address will not be published. Required fields are marked *

    • ފުރިހަމަ ނަން

    Ads

    ads

    ކަމުދާނެ ލިޔުންތައް

    ގައުމު ސްޓްރީޓް ކަޕް 2020: ދެވަނަ ދުވަހުގެރޭގެ މެޗްތައް

    މިހާރު މީދޫގައި ކުރިއަށްދާ “ގައުމު ސްޓްރީޓް ކަޕް 2020” މުބާރާތުގެ ދެވަނަ ދުވަހުގެރޭ ކުޅުނު މެޗްތަކުގެ ނަތީޖާ: އެފްއާރުޓީއާއި ...

    ޤައުމުގެ މާލީ ޙާލަތު ކޮންމެ ހަފްތާއަކު އެއްފަހަރު ރައްޔިތުންނަށް ހާމަ ކުރާނަން – ރައީސް

    ފެށޭ ހަފްތާއިން ފެށިގެން ރާއްޖޭގެ މާލީ ޙާލަތު ކޮންމެ ހަފްތާއަކު އެއްފަހަރު ދިވެހި ރައްޔިތުންނަށް ސަރުކާރުން ޙިއްޞާ ކުރަމުން ...

    65 އަހަރުވިއަސް ވެރިކަމަށް ކުރިމަތިލެވޭ ގޮތަށް ޤާނޫނު އަސާސީ އިޞްލާޙުކޮށްފި

    އުމުރުން 65 އަހަރުވެފައިވާ މީހުންނަށްވެސް ރައީސުލްޖުމްހޫރިއްޔާ ކަމަށް ކުރިމަތިލެވޭ ގޮތަށް ޤާނޫނު އަސާސީ އިޞްލާޙު ކޮށްފިއެވެ. ކެލާ ދާއިރާގައި ...

    ވީބީގައި މަސައްކަތް ކުރާ 8 މުވައްޒަފަކު ޕޮޒިޓިވްވެއްޖެ

    ވީބީ ބްރަދާސްގައި މަސައްކަތް ކުރާ 8 މުވައްޒަފަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ. ތަފްސީލު އަންނަނީ

    ދުވާލަކު 1000 ޓެސްޓްކޮށް، އަތޮޅުތަކުގައި ޓެސްޓްކުރަން ފަށަނީ

    މާލޭ ސިޓީން ކޯވިޑް-19އަށް ޓެސްޓްކުރުމުގެ ކެޕޭސިޓީ 1000 އިތުރުކޮށް ޖޫންމަހުގެ ކުރީކޮޅު އަތޮޅުތަކުގައި ޓެސްޓްކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށް މަސައްކަތް ...

    ސްކޮޓްލެންޑް އަތުން އިންގްލެންޑަށް މޮޅެއް ނުވެވުނު

    ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ރާއްޖޭގަޑިން ރޭ ދަންވަރު ކުޅެވުނު މެޗުގައި ވަރުގަދަކަމަށް ބެލެވުނު އިންގުލޭންޑަށް އެ ޤައުމުގެ އަވަށްޓެރި ...