މީދޫ ޔޫތު ޗެލެންޖް 2020 ގެ ނަމުގައި ބާއްވާ ފުޓްބޯޅަ މުބާރާތް މާދަމާ ހަވީރު ފަށަނީ

  މީދޫ ގެ ޒުވާނުން އިސްނަގައިގެން މީދޫ ޔޫތްޗެލެންޖް 2020  ގެ  ނަމުގައި ބާއްވާ ފުޓްބޯޅަ މުބާރާތެއް މާދަމާ ( 17 ޖުލައި 2020 ވަނަ ދުވަހު ) ފެށުމަށް ހަމަޖެހިފައިވާކަމަށް މައުލޫމާތު ލިބިއްޖެވެ.

  މިމުބާރާތް އިންތިޒާމް ކުރާ ފަރާތްތަކާއި ހަވާލާދީ  ” އޭއޯނިއުސް” ގެނެސްދީފައިވާ ޚަބަރެއްގައި ބުނެފައިވަނީ މިމުބާރާތް ބޭއްވުމުގެ ބޭނުމަކީ މީދޫގެ ޒުވާނުންގެ މެދުގައި ފުޓުބޯޅަ ކުރި އެރުވުމާއި ޒުވާނުންގެ މެދުގައި އެކުވެރިކަން ބަދަހިކުރުންކަމުގައެވެ.

  މިމުބާރާތުގައި ބައިވެރިވެފައިވަނީ މީދޫގެ 7 ޓީމެކެވެ. މި 7 ޓީމް ދެގުރޫޕަކަށް ބަހާލައިގެން  ކުރިއަށް ގެންދާ މިމުބާރާތުގެ ގްރޫޕް އޭގައި ހިމެނެނީ 3 ޓީމެވެ. އަދި ގްރޫޕް ބީގައި ހިމެނެނީ 4 ޓީމެވެ.

  ގްރޫޕް އޭގެ ޓީމްތައް

  އެފްސީ ބަސްޕާކް

  ބްލެކް ހައުކްސް

  ކްލަސްޓާ އެފްސީ

  ގްރޫޕް ބީ ގެ ޓީމްތައް

  އެތުލެޓިކް އެފްސީ

  އެފްސީ އަމީގޯސް

  ސީނުމީދޫ ވެޓްރެންސް

  އެފްސީ ކީރިތި

  މިމުބާރާތުގެ ގްރޫޕްމެޗްތަކުގައި ކޮންމެ ގްރޫޕެއްގައި ހިމެނޭ ޓީމެއް ކޮންމެ ޓީމަކާ އެއްފަހަރު ބައްދަލުކޮށް ޕޮއިންޓްގެ ގޮތުން އެންމެ މޮޅުވާ ދެޓީމް ކޮންމެ ގްރޫޕަކުންވެސް ސެމީފައިނަލަށް ހޮވޭގޮތައް ވަނީ ހަމަޖައްސާފައެވެ.

  މިމުބާރާތް އިންތިޒާމް ކުރާ ފަރާތުން މި މުބާރާތުގެ ޗެމްޕިއަންޓީމަށް ވާދައިގެ ތަށްޓާ އެކު ސެޓްފިކެޓް ދިނުމަށް ނިންމާފައިވާއިރު މުބާރާތުގެ އެންމެ މޮޅު ހަތް ކުޅުންތެރިންގެ އިތުރުން އެންމެ ގިނަ ގޯލް ޖަހާ ކުޅުންތެރިޔާއާއާއި ރަނައަޕްޓީމްގެ މަގާމްވެސް ހޮވުމަށް ހަމަޖެހިފައިވާކަމަށް މިމުބާރާތާބެހޭގޮތުން “އޭއޯނިއުސް” ގައި ގެނެސްދީފައިވާ ޚަބަރުގައި ހާމަކޮށްފައިވެއެވެ.

  މާދަމާ ހަވީރު 4:30 ގައި މީދޫ ފުޓްބޯޅަ ދަނޑުގައި ފަށާ މިމުބާރާތުގެ ފުރަތަމަ މެޗްގައި ބައްދަލުކުރުމަށް ހަމަޖެހިފައިވަނީ ގްރޫޕް އޭގައި ހިމެނޭ  ކްލަސްޓާ އެފްސީއާއި ބްލެކް ހައުކްސް އެވެ.

  • ކޮމެންޓްސް (0)

  Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

  Ads

  ads

  ކަމުދާނެ ލިޔުންތައް

  މަސީހު މަޖިލިހުގެ ރައީސްކަމުން އިސްތިއުފާ ދެއްވައިފި

  މަޖިލީހުގެ ރައީސް ކަމުން އަބްދުﷲ މަސީހު އިސްތިއުފާ ދެއްވައިފި އެވެ. މަސީހު މަޖިލީހުގެ ރައީސްކަމުން އިސްތިއުފާ ދެއްވާފައިވަނީ މީގެ ...

  ކޮކާ ކޯލާ ކުންފުނި ކްލަސްޓާ އަދި ކޯވިޑް ވިލެޖް ކްލަސްޓާ : އެންމެ ބޮޑު ދެ ކްލަސްޓާ

  އިއްޔެއަކީ މިދިޔަ މަހުގެ 15ގައި މާލެއިން ކޯވިޑް-19 ފެނުނު ފަހުން މިހާތަނަށް އެއް ދުވަހެއްގައި އެންމެ ގިނަ މީހުން ...

  ކޮވިޑް-19 ގެ ނުރައްކާ ބޮޑުވެ، ތިލަދުންމަތީގެ ރަށްތަކުން 100 ސާމްޕަލް ނަގަނީ

  ކޮވިޑް-19 ގެ ނުރައްކާ ތިލަދުންމައްޗަށް ފޯރާފައިވާތީ އެ ސަރަހައްދުން 100 މީހުންގެ ގައި ސާމްޕަލް ނަގައި ޓެސްޓްކުރުމަށް ހެލްތް ...

  ޕޮލިސްކަޕް 2019 : ސެމީފައިނަލްގެ މެޗްތައް މިރޭ ކުޅެވޭނެ

  ފިތުރު އީދުގެ މުނާސަބާ ފާހަގަކުރުމުގެ ގޮތުން ހުޅުމީދޫ ޕޮލިސްއިން އިންތިޒާމްކޮށްގެން ޕޮލިސް ދަނޑުގައި އީދު ދުވަހުގެ ރެއިން ފެށިގެން ...

  ގެއްލުނު ދެކުދިން އަދިވެސް ނުފެނޭ- ދެ ކުދިން ހޯދުމަށް އެމްއެންޑީއެފުން ނައިޓް ވިޝަން ކެމެރާ ބޭނުން ކުރަން ފަށައިފި

  އައްޑޫ ސިޓީ ހިތަދޫގެ ރީޖަނަލް ހޮސްޕިޓަލާއި ދިމާލު ފުއްޓަރު ސަރަހައްދަށމޫދަށް ގޮސް އުޅެނިކޮށް ގެއްލުނު ދެ ކުދިން ހޯދުމަށް ...

  މިނިސްޓްރީ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް އުވާލައްވައިފި

  މިނިސްޓްރީ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް އުވާލައްވައި، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ ގެ ...