މެމްބަރު ޝާހިދުއަށް ހުޅުދޫން ހޫނު މަރުހަބާއެއް ދަންނަވައިފި

ރަށްޔިތުންގެ މަޖިލިހުގެ ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދު ގިނަދުވަސްތަކަކަށްފަހު ރޭ ހުޅުދުއަށް ވަޑައިގެންފިއެވެ.

ރޭ ޝާޑު ހުޅުދުއަށް ވަޑައިގެންނެވުމުން ހުޅުދޫއާއި މީދޫގެ  ރައްޔިތުންގެ ތެރެއިން ގިނަބަޔަކުވަނީ ހުޅުދޫ ބަނދަރު ސަރަހައްދަށް ގޮސް ޝާހިދުއަށް މަރުހަބާ ދަންނަވާފައެވެ.

ޝާޑުގެ މިދަތުރުފުޅަކީ ރައީސް ޔަމީނަށް 2018 ވަނައަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކޮށްދެއްވުމަށް ޝާޑު ހިމެނޭ ހުޅުދޫދާއިރާގެ އިތުރަށް މީދޫ ދާއިރާގައިވެސް މަސައްކަތް ކުރެއްވުމަށް ކުރައްވާ ދަތުރެއްކަމަށް މައުލޫމާތު ލިބިފައިވެއެވެ.

ޝާޑުގެ މިދަތުރުފުޅުގައި 15 ވަރަކަށް ދުވަސް ހުޅުދޫއާއި މީދޫގައި  ހޭދަކުރައްވާނެއެވެ.

މެމްބަރު ޝާހިދު ރަށްޔިތުންގެ މަޖިލިހަށް ހޮވުނު ފަހުން ސަރުކާރާއިގުޅިގެން ސަރުކާރުން ހުޅުދޫއާއި މީދޫއަށް ކޮށްދެއްވާފައިވާ އަދި ކޮށްދެއްވަމުން ގެންދަވާ މަސައްކަތްތަކުގެ ތެރޭގައި ހުޅުދޫއާއި މީދޫގައި ފެނުގެ ނިޒާމްގާއިމްކޮށް ފެނުގެ ޚިދުމަތް ހުޅުދޫއާއި މީދޫގެ ރަށްޔިތުންނަށް ހޯދައި ދިނުމާއި  ހުޅުދޫއާއި މީދޫގައި ފާޚާނާ ނިޒާމް ގާއިކޮށް ދެއްވުމަށް މަސައްކަތްކޮށް އެމަސައްކަތް މިހާރު ނިމެމުންދާކަންވެސް ފާހަގަކޮށްލަންޖެހެއެވެ.

އަދި މީގެ އިތުރަށް ސަރުކާރާއި ގުޅިގެން ސ. އަތޮޅު މަދަރުސާގައި 4 ބުރީގެ އިމާރާތެއް ގާއިމްކޮށދެއްވާ ހުޅުދޫއާއި މީދޫގެ ރަށްޔިތުންނަށް ޚިދުމަތް ދިނުމަށްޓަކައި އިމާރާތްކުރަމުންދާ ފަޔަރ ސްޓޭޝަން ފާހަގަކޮށްލަންޖެހެއެވެ. އަދި ދަތުރުފަތުރުގެ ޚިދުމަތާއި މަސްފެކްޓްރީގެ  އިތުރަށް މިހާރު  ހުޅުދޫއާއި މީދޫގެ ބޮޑުމަގުގައި ތާރު އެޅުމަށްޓަކައި ކުރަމުން ގެންދާ މަސައްކަތް ފާހަގަކޮށްލެވެއެވެ. އަދި މީގެ އިތުރަށް މީދޫގެ އިސްމެހެލާ ހެރާގައި މިހާރު ރިސޯޓް ހެދުމުގެ މަސައްކަތް ކުރަމުންދާކަންވެސް ފާހަގަކޮށްލަންޖެހެއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ކޮވިޑާ ގުޅޭ އިތުރު ފިޔަވަޅުތަކެއް އިޢުލާން ކުރުމަށް އެޗްއީއޯސީގެ ޕްރެސް ކޮންފަރެންސެއް މިއަދު ހަވީރު

ރާއްޖޭގައި ކޮވިޑް-19 ގެ ހާލަތު އިތުރަށް ގޯސްވަމުންދާތީ، ސަރުކާރުން އަޅަން ނިންމާފައިވާ އިތުރު ފިޔަވަޅުތައް އިއުލާންކުރަން ހެލްތް އިމަޖެންސީ ...

މިސްކިތްތަކުގެ މުވައްޒަފުންގެ ހާޒިރީ ބެލެހެއްޓޭނެ ނިޒާމެއް ގާއިމް ކުރުމަށް ދިރާގާ ހަވާލުކޮށްފި

ރާއްޖޭގެ ހުރިހާ މިސްކިތްތަކެއްގެ މުވައްޒަފުންގެ ހާޒިރީ ބެލެހެއްޓުމަށް އިލެކްޓްރޯނިކް ވިއުގައަކުން ގުޅައިލުމުގެ އެއްބަސްވުމެއްގައި ދިރާގާއި އިސްލާމިކް މިނިސްޓްރީއާ ދެމެދު ...

އައްޑޫ މަގުހެދުމުގެ މަޝްރޫޢު: އިންޑިއާގެ އެފްކޮންސްގެ ކޮލިޓީއާއިމެދު ކަންބޮޑުވުން!

އައްޑޫ ސިޓީގައި 107 ކިލޯމީޓަރު މަގުގައި ތާރުއަޅައިގެން ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ ބިޔަ މަޝްރޫޢުގެ މަަސައްކަތުގެ ކޮލިޓީއާއިމެދު ސުވާލު ...