“މި ތިބޫ ރައީސް ޔާމީނާ އެކީ” ގެ ނަމުގައި ލ.އަތޮޅުގައި ބޮޑު ޖަލްސާ އެއް!

2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ފޯރި ވަރަށް ގަދަވެ އެ އިންތިޚާބުގެ ވާދަ ވައިގައި ހިފާފައިވާއިރު ރައީސް ޔާމިންގެ ކެމްޕެއިން ޓީމުން ދަނީ އެކި ރަށް ރަށަށް ޒިޔާރަތްކޮށް ކެމްޕެއިންގެ މަސައްކަތް ވަރަށް ބާރު ސްޕީޑެއްގައި ކުރިއަށް ގެންދަމުންނެވެ.

އެގޮތުން މި އަންނަ ހުކުރު ދުވަހުގެ ރޭ ލ.އަތޮޅު ބޮޑު ޖަލްސާއެއް ބާއްވަން މިހާރު ދަނީ ތައްޔާރު ވަމުންނެވެ.

ލ.ގަމު ތުނޑީ އަވަށު ބަނދަރު ސަރަޙައްދުގައި، “މި ތިބޫ ރައީސް ޔާމީނާ އެކީ” ގެ ނަމުގައި ބާއްވާ ބޮޑު ބިޔަ ޖަލްސާއަށް ހުރިހާ ދިވެހި ރައްޔިތުންނަށް ވެސް ވަނީ ދައުވަތު އަރުވާފައެވެ.

މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާތުމަތު އިބްރާހިމާއި ރައްޔިތުންގެ މަޖްލީހުގެ މެމެބަރުންނާއި ދައުލަތުގެ ވަޒީރުންގެ އިތުރުން ސަރުކާރާއި އަދި ޕީޕީއެމްގެ އިސްވެރިން ވެސް ބައިވެރިވެ ވަޑައިގަންނަވާނެއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އެމްޑީޕީގެ ކޮންގްރެސް ފަސްކޮށްދޭން އެދިއްޖެ

އެމްޑީޕީގެ ކޮންގްރެސްގައި ބައިވެރިވާން ނޮމިނޭޓުކޮށްފައިވާ ގޮފިތަކުގެ ރައީސުންނާއި، ނައިބު ރައީސުންގެ ގާނޫނީ ހައިސިއްޔަތު ކަށަވަރުކުރުމަށްފަހު ނޫނީ މާދަމާ ފަށަން ...

ޝިޔާންޓޭ ޕްރައިމަރީ ކާމިޔާބުކޮށްފި

އެމްޑީޕީ ޕްރައިމަރީ ކާމިޔާބުކޮށް ށ އަތޮޅު ކައުންސިލްގެ ރައީސްކަމަށް އެމްޑީޕީން ވާދަކުރުމުގެ ޓިކެޓު މުޙައްމަދު ޝިޔާމް ( ޝިޔާންޓޭ ) ކަށަވަރުކޮށްފިއެވެ. ށ ...

2 ވަނަ ބުރައް ތައްޔާރުވާން ފަށައިފިން، ބަޔަކާއި ގުޅެން ޖެހޭނެ: ރައީސް

ރިޔާސީ އިންތިހާބުގެ ދެވަނަ ވަނަ ބުރަށް ތައްޔާރުވުމުގެ މަސައްކަތް ފަށްޓަވާފައިވާކަމަށާއި، އެހެންބަޔަކާއި ގުޅިވަޑައިގަންނަވަން ޖެހޭނެކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ...