ރެކޯޑް އަދަދަކަށް މިއަދު ދިވެހިން ކޮވިޑް 19 އަށް ޕޮޒިޓިވް ވެއްޖެ

މިދިޔަ 24 ގަޑިއިރު ތެރޭ 137 މީހަކު ކޮވިޑް 19 އަށް  ޕޮޒިޓިވްވެ، ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ ޖުމްލަ އަދަދު 3506 އަށް އަރައިފިއެވެ.

މިއީ ރާއްޖޭގައި އެއް ދުވަހެއްގައި އެންމެ ގިނަ މީހުން ކޮވިޑަށް ޕޮޒިޓިވްވި ދުވަހެވެ. އަދި 92 ދިވެހިން ޕޮޒިޓިވްވެ، އެއް ދުވަހެއްގައި އެންމެ ގިނަ އަދަދެއްގެ ދިވެހިން ޕޮޒިޓިވްވި ދުވަހަށް ވެސް ވަނީ ވެފައެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފައިވާގޮތުން  އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް ކޮވިޑް 19 އަށް  ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 92 ދިވެއްސަކާއި ބަންގުލަދޭޝްގެ 31 މީހަކާއި އިންޑިއާގެ ނުވަ މީހަކާއި ސްރީލަންކާގެ ހަތަރު މީހަކާއި ފިލިޕީންސްގެ މީހެއް ކަމަށެވެ.

ރާއްޖޭގައި ކޮވިޑަށް ފަރުވާ ހޯދަމުންދިޔަ މީހުންގެ ތެރެއިން މިދިޔަ 24 ގަޑިއިރުގެ ތެރޭގައި ބަލިން އިތުރު މީހަކު ރަނގަޅުވެފައެއް ނުވެއެވެ. ޖުމުލަ 2547 މީހަކު ބަލިން ރަނގަޅުވެފައިވާ އިރު، މިހާރު ރާއްޖޭގައި ބައްޔަށް ފަރުވާދެމުން އަންނަނީ 929 މީހަކަށް ކަމަށް އެޗްޕީއޭ އިން ބުނެއެވެ.

މިދިޔަ ހުކުރު ދުވަހުން ފެށިގެން ރާއްޖޭގައި  ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ގިނަކަން ފާހަގަކުރެވެއެވެ. މިދިޔަ ހުކުރު ދުވަހު 55 މީހަކު ކޮވިޑަށް ޕޮޒިޓިވްވި އިރު، ހޮނިހިރު ދުވަހު ޕޮޒިޓިވްވީ 77 މީހުންނެވެ. އާދީއްތަ ދުވަހު ބައްޔަށް ޕޮޒިޓިވްވީ 50 މީހުންނެވެ. އަދި އިއްޔެ 67 މީހަކު ބައްޔަށް ޕޮޒިޓިވްވިއެވެ. އެހެންކަމުން ފާއިތުވެދިޔަ ހަތަރު ދުވަހު ޖުމުލަ 386 މީހުން ވަނީ ޕޮޒިޓިވްވެފައެވެ. އޭގެ ތެރޭގައި ގިނައީ ދިވެހިންނެވެ.

އެޗްޕީއޭ އިން ހާމަކޮށްފައިވާ މައުލޫމާތަށް ބަލާއިރު މިވަގުތު ކަރަންޓީން ފެސިލިޓީތަކުގައި އެއްވެސް މީހަކު ނެތެވެ. އަދި އައިސޮލޭޝަން ފެސިލިޓީތަކުގައި 580 މީހަކު އެބަ ތިއްބެވެ.

ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 15 މީހަކު ވަނީ މަރުވެފައެވެ. އެއީ ދިހަ ދިވެއްސަކާއި ބަންގުލަދޭޝްގެ ހަތަރު މީހަކާއި ފިލިޕީންސްގެ މީހެކެވެ. އޭގެ ތެރޭގައި އުމުރުން ދުވަސްވީ ނުވަ ދިވެއްސަކު ހިމެނެއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އިނަ މޯލްޑިވްސް އިން އައްޑުއަށް ޗާޓަރު ފްލައިޓްތަކެއް ބާއްވަނީ

އިނަ މޯލްޑިވްސް ހޮލިޑޭސް އިން އިންޑިއާ އިން އައްޑުއަށް ހަ ޗާޓަރު ފްލައިޓް ބާއްވަން ނިންމައިފި އެވެ. އޮންލައިން ...

އެސްޓީއޯއަށް ދަނޑުވެރިން ހައްދާ ނަގާނީ ވަގުތުން ފައިސާ ދީފައި : އަމްރު

ރާއްޖޭގެ ދަނޑުވެރީން ހައްދާތަކެތި އެސްޓީއޯގަންނާނެކަމަށާ މިގޮތައް ދަނޑުވެރީން އަތުން އެސްޓީއޯއިން ގަންނަ ތަކެއްޗަށް ވަގުތުން ފައިސާ ލިބޭނެ އިންތިޒާމު ...

ޝަރީފީ ޕްރީ ސްކޫލް : ބެލެނިވެރީންނާއި ޓީޗަރުންގެ މެދުގައި ގުރުއާން މުބާރާތަކާއި މަދަހަ މުބާރާތެއް ބާއްވައިފި

ޝަރީފީ ޕްރީސްކޫލްގެ ބެލެނިވެރީންނާއި ޓީޗަރުންގެ މެދުގައި ގުރުއާން މުބާރާތަކާއި މަރަދަހަ މުބާރާތެއް ބާއްވައިފިއެވެ. މިމުބާރާތަކީ ސްކޫލްގެ ބެލެނިވެރީންނާއި ޓީޗަރުންނާއި ...