މިފްކޯ އިން އައްޑޫ އާ ފުވައްމުލަކުގައި އޯޕަންޑޭ ތަކެއް ބާއްވަނީ

މިފްކޯ އިން އައްޑު އާ ފުވައްމުލަކުގެ ރައްޔިތުންނަށް އޯޕަންޑޭ ތަކެއް ބާއްވަން ނިންމައިފިއެވެ.

މިފްކޯ އިން އައްޑޫ އާ ފުވައްމުލަކުގެ ރައްޔިތުނަށް ޚާއްޞަކޮށްގެން ބާއްވާ އޯޕަން ޑޭ ތަކަކީ އައްޑޫސިޓީ ހުޅުމީދޫ ދާއިރާގައި ހަދާފައިވާ ފިޝަރީޒް ކޮމްޕްލެކްސްއަށް މުވައްޒަފުން ހޯދުމުގެ ގޮތުން އެ ކޮމްޕްލެކްސްގައި ހުރި ވަޒީފާގެ ފުރުސަތުތަކާ ބެހޭ ގޮތުން އައްޑު އާއި ފުވައްމުލަކުގެ ރައްޔިތުންނަށް މައުލޫމާތު ދިނުމަށް ބާއްވާ ޙަރަކާތަކެވެ.

އައްޑޫގައި އޯޕަންޑޭ ދެ ދުވަހަށް ކުރިއަށް ގެންދާ އިރު ހުޅުމީދޫގައި މި މަހުގެ 20 އަދި ހިތަދޫގައި 21 ވަނަ ދުވަހު އޯޕަން ޑޭ ބާއްވާނެ އެވެ. ފުވައްމުލަކުގައި އޯޕަން ޑޭ ކުރިއަށް ދާނީ މި މަހުގެ 22 ވަނަ ދުވަހު ކަމަށް ވެސް މިފްކޯ އިން ބުންޏެވެ.

އެ ކުންފުނިން ބުނި ގޮތުގައި އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްގައި އިދާރީ މަގާމުތަކާއި ޓެކްނިކަލް ދާއިރާގެ ފުރުސަތުތައް ގިނަ އަދަދަކަށް އެބަހުރިކަމަށާ އެހެންކަމުން އެ ފުރުސަތުތައް އައްޑު އާ ފުވައްމުލަކުގެ ޒުވާނުންނަށް ދޭން ބޭނުންވާ ކަމަށެވެ.

އައްޑޫ ފިޝަރީޒް ކޮންޕްލެކްސް މަޝްރޫއު ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އިފުތިތާހު ކުރީ ޑިސެމްބަރު 28، 2014 ގަ އެވެ.

މިފްކޯ އިން ބުނީ ހަތް މިލިއަން ޑޮލަރު ހަރަދުކޮށްގެން ގާއިމުކޮށްފައިވާ އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްއަކީ 1،500 ޓަނުގެ ކޯލްޑް ސްޓޯރޭޖް ފެސިލިޓިއަކާ އެކު ދުވާލަކު 100 ޓަނުގެ މަސް ގަނޑުކުރެވޭ ގޮތަށް ހަދާފައިވާ ތަނެއް ކަމަށެވެ. އަދި އެތަނުގައި 50 ޓަނުގެ އައިސް ޕްލާންޓަކާއި 200 ޓަނުގެ ތެލާއި 250 ޓަނުގެ ފެން އެއްފަހަރާ ރައްކާ ކުރެވޭނެ ކަމަށް މިފްކޯ އިން ބުންޏެވެ.

ހުޅުމީދޫގައި ފިޝަރީޒް ކޮމްޕްލެކްސްއެއް ހަދާފައިވާ އިރު، މިފްކޯގެ އައިސް ޕްލާންޓެއް ހިތަދޫގައި ހިންގަ އެވެ

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ލީގުކަޕް: ސެމީފައިނަލްގެ ފުރަތަމަ ލެގުގައި ފުލަމް އަތުން ލިވަޕޫލަށް އުނދަގޫ މޮޅެއް

އިގިރޭސި ލީގުކަޕް ސެމީފައިނަލްގެ ފުރަތަމަ ލެގުގައި ރޭ އަމިއްލަ ދަނޑުގައި 2-1 ގެ ނަތީޖާއަކުން ފުލަމް އަތުން މޮޅުވެ ...

ދިރާގުޓީވީގެ ވީޑިއޯ އޮން ޑިމާންޑަށް ތަފާތު އާ ކޮންޓެންޓް ތަޢާރަފްކޮށްފި

ދިރާގު ޓީވީގެ ވީޑިއޯ އޮން ޑިމާންޑް ފީޗަރ ނުވަތަ ވީ.އޯ.ޑީ އަށް މުޅިން އާ މުނިފޫހިފުލުވުމާއި ދީނީ ކޮންޓެންޓް ...

ހަތް ކުންފުންޏަކަށް މެނޭޖިންގ ޑިރެކްޓަރުން އައްޔަންކުރަން ޕީސީބީއަށް

ހަތް ކުންފުންޏަކަށް މެނޭޖިންގ ޑިރެކްޓަރުން އައްޔަން ކުރުމަށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން (ޕީސީބީ) އަށް ފޮނުވައިފިއެވެ. އެގޮތުން ވެމްކޯގެ ...