މިނިވަންކަޕް 2018 : އެއްވެސްމެޗަކުން ބަލިނުވެ ތައްލިހި ޗެމްޕިއަންކަން ހޯދައިފި

ސ. ހުޅުދޫގައި ބާއްވާ  އަގުބޮޑު ފުޓްސަލް މުބާރާތުގެ ތަށި މުބާރާތުގައި ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ ތައްލިހި އުފުލާލައިފި އެވެ. މެރެތަން އިސްކޮށް ހުންނަވައިގެން އެރަށުގެ ބައެއް ޖަމިއްޔާތަކާ  ޒުވާނުންނާއި ގުޅިގެން އިންތިޒާމްކޮށްގެން ބޭއްވި މިމުބާރާތަކީ އަތޮޅަށް ހުޅުވާލައިގެން ކުރިއަށްގެންދިޔަ މުބާރާތެވެ

ހުޅުދޫ ފުޓްސަލް  ދަނޑުގައި   ކުޅުނު މިމުބާރާތުގެ ފައިނަލް މެޗުގައި ބައްދަލުކޮށްފައިވަނީ ހުޅުދުއަށް ނިސްބަތްވާ ދެ ޓީމެވެ. އެއީ  ތައްލިހިއާއި  ޑީކޭއެވެ. ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗު 7 ލަނޑު 2 ލަނޑު ގެ ތަފާތަކުން ކުރި ހޯދައި، މުބާރާތް ކާމިޔާބުކުރީ ތައްލިހިއެވެ.

މިރޭގެ ފައިނަލްމެޗްގައި ބައްދަލުކުރި މިދެޓީމަކީ މިމުބާރާތުގެ ގްރޫޕް އޭގައި ހިމެނުނު ދެޓީމެވެ. ގްރޫޕް ސްޓޭޖްގައި މިދެޓީމް ބައްދަލުކޮށް ކުޅުނުމެޗްވެސް 4 ލަނޑު 1 ލަނޑުން ކާމިޔާބުކޮށްފައިވަނީ ތައްލިހިއެވެ.

މިރޭގެ ފައިނަލްމެޗްގައި ތައްލިހި ޓީމުން ކާމިޔާބުކުރި 7 ލަނޑުގެތެރެއިން އަލީ ޝިފާއު 2 ލަނޑު ، މުހައްމަދު އަޔާޒް އަދި އަހުމަދު ސިރާޒް މިއިން ކޮންމެ ކުޅުންތެރިއަކު 2 ލަނޑު ކާމިޔާބުކޮށްދީފައިވާއިރު އެޓީމުގެ އަނެއް ލަނޑު ކާމިޔާބުކޮށްދިނީ މުހައްމަދު ޝިޔާމެވެ.

މިމެޗްގައި ޑީކޭއިން ކާމިޔާބުކުރި ދެލަނޑު ކާމިޔާބުކޮށްދިނީ ހަސަން މައުޝޫގާއި އިބްރާހިމް އަސްވާދެވެ.

ހުނަރުވެރި މޮޅު ކުޅުމެއް ދައްކައިދީ މިރޭގެމެޗުގެ މޮޅު ކުޅުންތެރިޔާގެމަގާމު ހޯދާފައިވަނީ ތައްލިހިއަށް މިރޭގެ މެޗްގައި 2 ލަނޑު ކާމިޔާބުކޮށްދިން އަލީ ޝިފާއު އެވެ

ޗެމްޕިއަން ޓީމަށް މެޑަލް އަދި ތައްޓާއި 35000ރ ހަވާލުކޮށްދެއްވީ މިމެޗުގެ ހާއްސަ ޝަރަފްވެރި މެހެމާން އައިލެނޑް އެކްސްޕްރެސްގެ ފައިނޭސް ޑިރެކްޓަރ މުހައްމަދު އަޒުހީނެވެ. އަދި ރަނަރަޕް ޓީމަށް 20000 ރ ގެ ޗެކާއި މެޑެލް ހަވާލުކޮށްދެއްވީވެސް މުހައްމަދު އަޒުހީނެވެ

މިމުބާރާތުގެ އެންމެ ގިނަ ގޯލު ޖަހާފައިވާ ކުޅުންތެރިއަކަށް ހޮވިފައިވަނީ 14 ގޯލް ޖަހައިގެން ޑީކޭގެ އަބްދުﷲ އިމްރާނެވެ.

މުބާރާތުގެ މޮޅު ފަސް ކުޅުންތެރިން:

ޝަމްހާދު ސައީދު  / ތައްލިހި ( 5 )
އަބްދުﷲ ޝައްފާން  / ގައުމު ( 11 )
އަބްދުﷲ އަސްވާދު / ޑީކޭ ( 8 )
އަބްދުﷲ އިމްރާން / ޑީކޭ ( 5 )
އަލީ ޝިފާއު / ތައްލިހި  (7 )

މިމުބާރާތުގެ އެންމެ މޮޅު ކޯޗަކަށް ތައްލިހީގެ ކޯޗް އަލީ ރަޝީދު ހޮވުނު އިރު މިމުބާރާތުގެ އެންމެ މޮޅު ގޯލްކީޕަރަކަށް ހޮވިފައިވަނީ ތައްލިހީގެ ގޯލްކީޕަރު ޝަހުޒާންއެވެ.

މިމުބާރާތް ނިންމުމަށް ބޭއްވުނު ރަސްމިއްޔާތުގައި ހުޅުދޫގައި މަސްވެރިކަމުގެ ދާއިރާއިން އަގުހުރި ހިދުމަތްތަކެއް ކޮށްދެއްވަމުން ގެންދަވާ  ސ.ހުޅުދޫ ދާޝް ސައީދު ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން  ސައީދުއަށް ވަނީ ހަދާނީ ފިލާ ހަވާލުކޮށްފައެވެ.

އަދި މީގެ އިތުރަށް މިރޭގެ މެޗު ފެށުމުގެ ކުރިން، ދާދި ފަހުން ކުއްލިގޮތަކަށް ނިޔާވެފައިވާ ހުޅުދޫގެ ޓީމެއްކަމަށްވާ ދެކުނު އެފްސީ ގެ ގޯލްކީޕަރު  ޖަޒުލްގެ ހަނދާނުގައި މިނިވަންކަޕްގެ އިންތިޒާމް ކޮމިޓީން  ޚާއްސަ ޖާޒީއެއް  އޭނާ ގެ މަންމަ އާއި ހަވާލުކޮށްފައިވެއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އެސްކޭޕީ ޔުނެއިޓެޑްއާއި ގައުމިއަންސްގެ ކުރިމަތިލުން އެއްވަރު

ހުވަގު ޖަމްއިއްޔާއިން ހުޅުދޫގައި ކުރިއަށް ގެންދާ ” ހުޅުދޫ ސްޓްރީޓް ސޮކަރ ޗެލެންޖެ ” ފުޓްބޯޅަ މުބާރާތުގައ ގައުމިއަންސްއާއި ...

ޝަރަފުއްދީން ކަޓުވާލާ ހުޅުދޫ ސްކޫލްފައިނަލަށް

މަމެން އައްޑޫސިޓީ އިންޓަރ ސްކޫލް ފުޓްބޯޅަ މުބާރާތުގައި  ހިތަދޫ ޝަރަފުއްދީން ސްކޫލް ކަޓުވާލާ، ހުޅުދޫ ސްކޫލް ފައިނަލަށް ދަތުރުކޮށްފިއެވެ. ...

ވެމްކޯ ބަލިކޮށް  ވީއޭއެމް އެސޯސިއޭޝަން ކަޕްގެ ފިރިހެން ޑިވިޝަންގެ ޗެމްޕިއަންކަން ސްޕޯޓްސް ކުލަބް ސިޓީން ހޯދައިފި

ކްލަބް ވެމްކޯ ބަލިކޮށް  ވީއޭއެމް އެސޯސިއޭޝަން ކަޕްގެ ފިރިހެން ޑިވިޝަންގެ ޗެމްޕިއަންކަން ސްޕޯޓްސް ކުލަބް ސިޓީން ހޯދައިފިއެެވެ. ޒުވާނުންގެ ...