މިނިވަންކަޕް 2019 މިއަދު ހަވީރު ފަށަނީ – ފުރަތަމަމެޗްގައި ޕޮލިސްއާއި މަލްޓިޖީނިއަސް

މެރެތަން އިސްކޮށް ހުންނަވައިގެން ހެލްޕިންގ ސޯޝަލް ކެއާގެ ފަރާތުން އިންތިޒާމްކޮށްގެން ހުޅުދޫގައި ކުރިއަށް ގެންދާ މިނިވަންކަޕް ފުޓްސަލް މުބާރާތް 2019  މިއަދު ހަވީރު ފެށުމަށްވަނީ ހަމަޖެހިފައެވެ. ހުޅުދޫ ފުޓްސަލް ދަނޑުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މިމުބާރާތް ފެށުމުގެ ގޮތުން ކުޅެވޭ ފުރަތަމަމެޗްގައި ބައްދަލުކުރުމަށް ހަމަޖެހިފައިވަނީ ގްރޫޕްއޭގައި ހިމެނޭ ޕޮލިސް އާއި މަލްޓިޖީނިއަސްއެވެ.

advertisement

މިމުބާރާތް މިއަދު  ހަވީރު ފެށިކަމުގައިވިޔަސް މިމުބާރާތް ރަސްމީކޮށް ފެށުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ މިރޭ 20:30ގައެވެ. މިރޭ ބޭއްވޭ މިމުބާރާތް ފެށުމުގެ ރަސްމިއްޔާތަށްފަހު މިމުބާރާތުގެ ދެވަނަމެޗްގެ ކުޅުންވެސް މިރޭ އޮންނާނެއެވެ. އެމެޗްގައި ބައްދަލުކުރާނީ ވައިކިންގުއާއި އެންމެ ފަހުގެ ޗެމްޕިއަން ތައްލިއެވެ

ކޮމިއުނިޓީ ވިތްއައުޓް ޑްރަގްސް” މިޝިއާރުގެ ދަށުން ކުރިއަށް ގެންދާ މިއަހަރުގެ މުބާރާތުގައި ޗެމްޕިއަން ޓީމަށް 40000 ރުފިޔާގެ ފައިސާގެ އިނާމް ހުށަހަޅާފައިވާއިރު ރަނަރަޕް ޓީމަށް ދިނުމަށް ހަމަޖައްސާފައިވަނީ  20000 ރުފިޔާއެވެ.

ޖުމްލް 10 ޓީމް ބައިވެރިވި މިމުބާރާތުގައި 25 މެޗް ކުޅުމަށް ހަމަޖެހިފައިވާއިރު މިމުބާރާތުގައި ބައިވެރިވި 10 ޓީމް ވަނީ  ދެ ގުރޫޕަކަށް ބަހާލަފައެވެ.

މިގޮތުން ގުރޫޕް އޭ ގައި ހިމެނެނީ ޕޮލިސް ގެ އިތުރުން އެމްއެންޑީއެފް، ޒެލޯން ، މަލްޓިޖީނިއަސް އަދި ރިސޯޓްބޯއިއެވެ.

ގުރޫޕް ބީ ގައި ހިމެނެނީ އެންމެ ފަހުން ޗެމްޕިއަން ތައްލިހީގެ އިތުރަށް ރިއަލްއޭޓީ  ،ގައުމު އެފްސީ އަދި ކެނެރީފް ގެ އިތުރުން ވައިކިންގު އެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ސްޕެނިޝް ލަލީގާ- އެތުލެޓިކޯ އަތުން 3 ލަނޑު 1 ލަނޑުން ރެއާލްމެޑްރިޑް ބަލިވެއްޖެ

ސްޕެނިޝް ލަލީގާގައި ރޭ ރެއާލް މެޑްރިޑާއި އެތުލެޓިކޯ މެޑްރިޑް ބައްދަލުކުރި މެޗުން ރެއާލް ބަލިވެއްޖެއެވެ. އެތުލެޓިކޯގެ ދަނޑުގައި ރޭ ...

ރަޔަން – ހުރިހާގޮތަކުންވެސް ތަފާތު މޮޅު ކުޅުންތެރިއެއް

ނިމިދިޔަ ގައުމު ސްޓްރީޓް ކަޕް –ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން މީދޫ ލޮތަރި އެފްސީ ހޯދިއިރު ގިނަބައެއްގެ ލޯ އަމާޒްވެގެން ...

ކޮޕަ ޑެލްރޭ ގެ ފައިނަލް މެޗު މިރޭ ކުޅޭނެ

“ސްޕެނިޝް ކޮޕަ ޑެލްރޭ”ގެ ފައިނަލް މެޗު މިރޭ ކުޅޭނެއެވެ. ފައިނަލް މެޗުގައި ވާދަކުރާނީ ރެއާލް މެޑްރިޑް ކްލަބް އޮސަސޫނާއެވެ. ...