މިނިވަންކަޕް 2019 : ސެމީފައިނަލްގެ މެޗްތައް މިރޭ ކުޅެވޭނެ

މިނިވަންކަޕްގެ ސެމީފައިނަލްމެޗްތައް މިރޭ ކުޅެވޭނެއެވެ.

މެރެތަން އިސްކޮށް ހުންނަވައިގެން ހެލްޕިންގ ސޯޝަލް ކެއާގެ ފަރާތުން އިންތިޒާމްކޮށްގެން ކޮމިއުނިޓީ ވިތްއައުޓް ޑްރަގްސް” މިޝިއާރުގެ ދަށުން ކުރިއަށް ގެންދާ މިއަހަރުގެ މިނިވަންކަޕް ފުޓްސަލް މުބާރާތުގައި މިރޭ ކުޅެވޭ ސެމީފައިނަލްގެ ފުރަތަމަމެޗްގައި ބައްދަލުކުރާނީ ހިތަދޫ މަލްޓިޖީނިއަސްއާއި ހުޅުދުއަށް ނިސްބަތްވާ ރިސޯޓްބޯއިސް ޓީމެވެ. މިމެޗްގެ ކުޅުން ފެށުމަށް ހަމަޖެހިފައިވަނީ މިރޭ 20:15 ގައެވެ.

މިދެޓީމް ގްރޫޕް ސެޓޭޖްގައި ބައްދަލުކުރިމެޗު ކާމިޔާބުކޮށްފައިވަނީ ރިސޯބޯއިސްއެވެ.

މިރޭ ކުޅެވޭ ސެމީފައިނަލްގެ ދެވަނަމެޗްގައި ބައްދަލުކުރާނީ އެންމެފަހުގެ ޗެމްޕިއަން ތައްލިހިއާއި ގައުމުއެފްސީއެވެ.  މިދެޓީމް ގްރޫޕް ސްޓޭޖްގައި ބައްދަލުކުރިމެޗް ނިމިގެންގޮސްފައިވަނީ 2 ލަނޑު 2 ލަނޑުން އެއްވަރުވެގެންނެވެ. މިމެޗްގެ ކުޅުންފެށުމަށް ހަމަޖެހިފައިވަނީ 21:15 ގައެވެ.

ޗެމްޕިއަން ޓީމަށް 40000 ރުފިޔާ ރަނަރަޕް ޓީމަށް 20000 ރުފިޔާ ދިނުމަށް ހަމަޖެހިފައިވާ މިމުބާރާތަކީ މީގެ 10 އަހަރުކުރީންފެށިގެން މެދުކެނޑުމެއްނެތި ހުޅުދޫގައި ބާއްވަމުންއަންނަ މުބާރާތެކެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

މިނިވަންކަޕް ފުޓްސަލް މުބާރާތް: ބްރޫޕްބީން ސެމީއަށް ގައުމު ، ކްއާޓާފައިނަލަށް ތައްލިއާއި އޭޓީ

މިނިވަންކަޕް  ފުޓްސަލް މުބާރާތް 2019  ގެ ގްރޫޕް ބީގެ އެއްވަނަ ޓީމްގެ ގޮތުގައި ގައުމު އެފްސީ ސެމީފައިނަލަށް ދަތުރުކޮށްފިއެވެ. ...

ރޮނާލްޑޯ އެނބުރި މެންޗެސްޓާ ޔުނައިޓެޑަށް

ކުރިން މެންޗެސްޓަރ ސިޓީއަށް ކުޅުނު ކުރިސްޓިއާނޯ ރޮނާލްޑޯ އެނބުރި އެޓީމަށް އައިސްފި އެވެ. ރޮނާލްޑޯ ޔުނައިޓެޑަށް ސޮއިކުރިކަން މަޝްހޫރު ...

ފަސް ސެޓު ކުޅެގެން ގއ. ޕޮލިސް ޓީމު ބަލިކޮށް އައްޑޫސިޓީ ޕޮލިސްޓީމު ފައިނަލަށް

ސައުތު ބްލޫޒް އަންހެން  ވޮލީބޯޅަ މުބާރާތުގެ ސެމީފައިނަލްގެ 3 ވަނަ މެޗްގައި ފަސްސެޓް ކުޅެގެން  ގއ. ޕޮލިސް ބަލިކޮށް ...