މިފަހަކަށް އައިސް ހުޅުދޫގައި ބާއްވާ އެންމެ ފޯރިގަދަ އެންމެބޮޑު ، އެންމެ ޝަރަފްވެރި ފުޓްބޯޅަ މުބާރާތަކީ މިނިވަންކަޕްގެ ނަމުގައި ކޮންމެއަހަރުވެސް ބާއްވަމުންއަންނަ  ފުޓްސަލް މުބާރާތްކަން ޔަޤީނެވެ.

މިމުބާރާތް ބާއްވަން ފެށިފަހުން ” މިނިވަންކަޕް ” ފުޓްސަލް މުބާރާތް ވެގެން ގޮސްފައިވަނީ ދުރާލާ ތައްޔާރުވެގެން އައްޑުއަތޮޅުގައި މެދުނުކެޑި  ބޭއްވޭ ހަމައެކަނި ފުޓްބޯޅަ މުބާރާތަށެވެ.

advertisement

“ލެޓްސް ޑިވެލޮޕް އަވަރ ކޮމިއުނިޓީ ވިތްއައުޓް ޑްރަގްސް” މިޝިއާރުގެ ދަށުން މެރެތަން އިސްނެންގެވުމުގެ ދަށުން ހެލްޕިންގ ސޯޝަލް ކެއާގެ ފަރާތުން ކުރިއަށް ގެންދާ މިއަހަރުގެ  މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ އަންނަމަހުގެ 2 ވަނަ ދުވަހުއެވެ.

މިމުބަރާތުގައި މިއަހަރު ބައިވެރިވާ ޓީމްތަކަކީ، ތައްލިހި އެފްސީ، ރިއަލް އޭޓީ، ވިކިންގ އެފްސީ، ހުޅުމީދޫ ޕޮލިސް، އެމްއެންޑީއެފް ސަދަން އޭރިއާ، ކެނަރީފް، މަލްޓިޖީނިއިސް ސިޓީ، ރިސޯޓް ބޯއިސް، ޒެލޯން އަދި ގައުމު އެފްސީ އެވެ.

މި މުބާރާތަށް ޒުވާނުންގެ ވަރަށްބޮޑު ތަރުޙީބެއް ލިބެމުން އަނަން ކަމަށާއި، އެހެންކަމުން އެހެން އަހަރު ތަކެކޭ އެއްގޮތަށް ނުވަތަ އެއަށްވުރެވެސް ފޯރީގައި މި ފަހަރުގެ މުބާރާތް ކުރިއަށް ގެންދެވޭނެކަމަށް އުންމީދު ކުރައްވާކަމަށް މެރެތަންވަނީ މައުލޫމާތު ދެއްވައެވެ.
މިއަހަރުގެ މުބާރާތުގައި ޗެމްޕިއަން ޓީމަށް 40000 ރުފިޔާގެ ފައިސާގެ އިނާމް ހުށަހަޅާފައިވާއިރު ރަނަރަޕް ޓީމަށް ދިނުމަށް ހަމަޖައްސާފައިވަނީ  20000 ރުފިޔާއެވެ.

މިމުބާރާތް އޯގަސްޓް 02ގައި ފެށުމަށް ހަމަޖެހިފައިވާއިރު ނިމޭނީ އޯގަސްޓް 13ވަނަދުވަހު އެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ޝަމްސުއްދީން ސްކޫލްޓީމު ތަފާތު ބޮޑު ނަތީޖާއަކުން ބަލިވެއްޖެ

އައްޑޫސިޓީގެ ސްކޫލްތަކުގެ މެދުގައި ބޭއްވޭ މައިލޯ އިންޓަރ ސްކޫލް ފުޓްބޯޅަ މުބާރާތުގައި ޝަމްސުއްދީން ސްކޫލްގެ 13 އަހަރުން ދަށުގެ ...

ގައުމު ސްޓްރީޓް ކަޕް – ކަޅަބެންޗާ އާއި އުސްގަޑަ ބައްދަލުކުރިމެޗް އުސްގަޑަ ކާމިޔާބުކޮށްފި

ގައުމު އެފްސީން  އިންތިޒާމުކޮށްގެން މީދޫގައި  ބާއްވާ “ގައުމު ސްޓްރީޓް ކަޕް” ފުޓްބޯޅަ މުބާރާތުގެ ދެވަނަ މެޗު ހިތަދޫ އުސްގަޑަ ...

ޗެމްޕިއަންސް ލީގު: ބާސާ، ބަޔާން އަދި އިންޓަ މިލާންވެސް އެއް ގްރޫޕަކަށް

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގުރުއަތުގައި ޖަރުމަނުގެ ގަދަ ބާރު ބަޔާން މިއުނިކާއި ސްޕެއިންގެ ވަރުގަދަ ބާސެލޯނާ އަދި އިޓަލީގެ ...