މިސްކިތްތަކުގެ އިމާމުންވެސް ޑިގްރީފެންވަރަށް ކިޔަވަންޖެހޭގޮތް ހަދަނީ

    ދިވެހިރާއްޖޭގެ މިސްކިތްތަކުގައި މުދިމުންގެ ގޮތުގައި މަސައްކަތްކުރައްވާ އިމާމުންވެސް ޑިގްރީ ފެންވަރަށް ކިޔަވަން ޖެހޭގޮތަށް ސަރުކާރުގެ ސްޓްރެޓެޖިކް ޕްލޭންގައި ކަނޑައަޅައިފިއެވެ.

    advertisement

    ކުރިއަށް އޮތް 4 އަހަރުގައި ކުރާނެކަންކަން ކަނޑައަޅައި ޢާއްމުކޮށްފައިވާ ސަރުކާރުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައިވަނީ 2023 ވަނަ އަހަރުގެ ނިޔަލަށް %40 އިމާމުންނަކީ ޑިގްރީ ފެންވަރަށް ކިޔަވައިގެންތިބި ބަޔަކަށް ހެދުމަކީ ސަރުކާރުގެ އަމާޒެއްކަމަށް ކަނޑައަޅާފައެވެ.

    އިމާމުންގެ ގޮތުގައި މަސައްކަތް ކުރާއިރު މުޖުތަމަޢުގައި ދިމާވާ ދީނީ އަދި އިޖްތިމާޢީ އެކިއެކި މައްސަލަތަކާއި ގޮންޖެހުންތައް ޙައްލުކުރާނެ ގޮތުގެ މަޢުލޫމާތުދީ އިމާމުންގެ ނަފްސު ކުރިއަރުވަން ކުރެވިދާނެ ކަންތައްތަކާގުޅޭ ތަފާތު ހުނަރުތަކާއެކު އިމާމުން ތަމްރީނުކުރުމުގެ ތަފާތު ޕްރޮގްރާމުތަކެއް އެކި ދުވަސްވަރު އަންނަނީ ކުރިއަށްގެންދަމުންނެވެ.

    އެގޮތުން 2014ވަނަ އަހަރުން ފެށިގެން އިސްލާމިކް މިނިސްޓްރީން އަންނަނީ ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒާއި އިސްލާމީ ޔުނިވަރސިޓީގެ އިތުރުން ޤައުމީ ޔުނިވަރސިޓީއާ ގުޅިގެން އިމާމުން ތަމްރީނުކުރުމުގެ ތަފާތު އެތައް ޕްރޮގްރާމްތައް ހިންގަމުންނެވެ. އަދި އެތައް އިމާމުންނެއް ރާއްޖެއިން ބޭރުގެ ޤައުމުތަކުން ތަމްރީނުކުރެއެވެ. މިތަމްރީނުތައް އިތުރަށް ފުޅާކޮށް އިމާމުކަމުގެ ދާއިރާއިން މުހިންމު މަސައްކަތްތަކެއް ކުރާ އަދި ހުނަރުވެރި ބަޔަކަށް ރާއްޖޭގެ މިސްކިތްތަކުގެ އިމާމުން ހެދުމަށް އިމާމުންނަށް ޑިގްރީ ފެންވަރަށް ކިޔަވައިދިނުމުގެ މަސައްކަތް ވަނީ ފަށާފައެވެ.

    2018ވަނަ އަހަރާ އަޅާބަލާއިރު 2023ވަނަ އަހަރުގެ ނިޔަލަށް އިމާމުންގެ ގޮތުގައި %40 އިމާމުންނަކީ ޑިގްރީ ފެންވަރަށް ތަޢުލީމް ހާޞިލް ކޮށްގެން ތިބި ބަޔަކަށް ހެދުމަކީ މިސަރުކާރުގެ އަމާޒެކެވެ. މިގޮތުން މިއަހަރުގެ ތެރޭ 64 އިމާމުން ޑިގްރީ ފެންވަރަށްވަނީ ތަމްރީން ކޮށްފައެވެ. އަދި މިހާރުވެސް ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުގައި 24 އިމާމުން އަންނަނީ ޑިގްރީ ފެންވަރަށް ކިޔަވަމުންނެވެ.

    މިސްކިތްތައް ބަލަހައްޓަވާ އިމާމުންނަކީ ޢަރަބި ބަހާއި ބޭރުބަސްތަކަށް ވެސް އަހުލުވެރި ބަޔަކަށް ހެދުމަށްކަމަށާއި، ޑިގުރީ ފެންވަރަށް ކިޔަވައިދޭއިރު، ބައިނަލްއަޤުވާމީ އެކިއެކި ފަރާތްތަކާއި ގުޅިގެންވެސް އިމާމުން ތަމްރީނުކުރުމަށް ތާފާތު އެތައް ޕްރޮގްރާމްތައް މީގެކުރިން ހިންގާފައިވާކަންވެސް ފާހަގަކުރެވެއެވެ.

    އެގޮތުން މައްކާގައި ހުންނަ އުއްމުލްޤުރާ ޔުނިވަރސިޓީއާއި މިޞްރުގެ ޔުނިވަރސިޓީތަކުގެ އިތުރުން ޢަރަބި ބައެއް އެހެން ޤައުމުތަކާއި ގުޅިގެންވެސްވަނީ ތަމްރީން ޕްރޮގްރާމްތައް ހިންގާފައެވެ.

    ރާއްޖޭގެ މިސްކިތްތަކުގެ އިމާމުންނާއި ޚުޠުބާ ކިޔާ މީހުންގެ ފެންވަރު މަތިކުރުމުގެ ގޮތުން ހިންގާ ޕްރޮގްރާމުގައި މިދިޔަ އަހަރުވެސް ތަފާތު ޕްރޮގްރާމްތައް ކުރިއަށްގެންގޮސް މާލެއާއި އަތޮޅުތަކުން 206 އިމާމުން ވަނީ ތަމްރީނުކޮށްފައެވެ.

    advertisement
    • ކޮމެންޓްސް (0)

    Your email address will not be published. Required fields are marked *

    • ފުރިހަމަ ނަން

    Ads

    ads

    ކަމުދާނެ ލިޔުންތައް

    އެކްސިޑެންޓެއްގައި ޒަހަމްވި 17 އަހަރުގެ ކުއްޖާގެ މަރުވެއްޖެ

    މިއަދު ހެނދުނު މާލޭގައި ހިނގި އެކްސިޑެންޓެއްގައި ޒަހަމްވި 17 އަހަރުގެ ކުއްޖާގެ މަރުވެއްޖެއެވެ. މިއަދު ހެނދުނު 07:05 ކަންހާއިރު ...

    ފިހާރަތަކުގައި ތިބޭ ސޭޓުންވެސް އަންގި ލެއްވުން- ރައްކާތެރިވުމުގެ ގޮތުން އެޅޭ ފިޔަވަޅެއް- ޑރ،އަފްޒަލް

    ވިޔަފާރިތައް ހިންގާ ފަރާތްތަކުންވެސް ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އިޖުތިމާއީ ގައިދުރުކަމަށް ބަލައިގެން މަސައްކަތް ކުރުމަށް އެޗްޕީއޭއިން އިލްތިމާސް ކުރައްވާފައެވެ. ...

    ޗެމްޕިއަންސް ލީގު: ނަޕޯލީ ބަލިކޮށް ބާސެލޯނާއިން ކްއާޓާފައިނަލުން ޖާގަ ހޯދައިފި

    ޗެމްޕިއަންސް ލީގު ދެވަނަ ބުރުގެ ފަހު ލެގުގައި ރޭ ނަޕޯލީގެ މައްޗަށް ކުރި ހޯދައި ބާސެލޯނާ ކުއާޓާ ފައިނަލަށް ...

    ގއ. ހަގެވިއްލާ ކައިރިން ބޯޓެއް ފަރަށް އަރައިފި

    ގއ.ހަގެވިއްލާ ކިޔާ ފަޅުރަށެއް ކައިރީ އޮންނަ ފަރަކަށް ބޯޓެއް އަރައިގެން އެމް.އެން.ޑީ.އެފްގެ ސަދަރން އޭރިއާ ކޯސްޓް ގާޑް ސްކޮޑުން ...

    އައްޑޫއާއާއި އިންޑިއާއި ދެމެދު ވައިގެ ދަތުރުތައް ފެށުމާ ގުޅޭގޮތުން އިންޑިއާ ސަފީރާ މަޝްވަރާކޮށްފި

    އައްޑޫ ސިޓީގައި ހިންގުމަށް ރާވާފައިވާ މަޝްރޫއުތަކާއި ގުޅޭގޮތުން އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަކިލޭޝް މިޝްރާއާއެކު އައްޑޫ ...

    “ރަށްފެހި ޕްރޮގްރާމް” ނަލަފެހި ޖަމްއިއްޔާއިން މީދޫގައި ގަސް އިންދުމުގެ ޙަރަކާތެއް ބާއްވައިފި

    އިއްޔެ ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އިފްތިތާހުކޮށްދެއްވި މުޅި ރާއްޖެ ފެހިކުރުމަށް ހިންގާ ޤައުމީ ޙަރަކާތް “ރަށްފެހި ...