މޯދީއާއެކު 46 ޤައުމެއްގެ ޢިއްޒަތްތެރިން ހުވާކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވާނެ

އިންތިޚާބީ ރައީސްއާއި އިންތިޚާބީ ނާއިބު ރައީސް މަޤާމުގެ ހުވާކަމުގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއެކު 46 ގައުމެއްގެ ޢިއްޒަތްތެރިން ބައިވެރިވެވަޑައިގަންނަވާނޭކަމަށް މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން ބުނެފިއެވެ.

ފޮރިން މިނިސްޓްރީން ބުނީ ރަސްމީ ބޯޅަދަނޑުގައި މިއަދު ހަވީރު އޮންނަ ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި 300 އަށްވުރެ ގިނަ ބޭރުގެ އިއްޒަތްތެރިން ބައިވެރިވާނޭކަމަށެވެ. ރަސްމިއްޔާތުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ބައިވެރިވެވަޑައިގަންނަވާއިރު، މިއީ އެމަނިކުފާނު ދިވެހިރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވަޑައިގަތުމަށް މޯދީ ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މިއަދު މެންދުރުފަހުގެ ވަގުތެއްގައެވެ.

މޯދީގެ އިތުރުން ގިނަ ޤައުމުތަކެއްގެ އިއްޒަތްތެރިން މިރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަންނަވާއިރު، ސްރީލަންކާގެ ކުރީގެ ރައީސް ޗަންދްރިކާ ކުމާރަތުންގާ ވަނީ އިއްޔެ ރާއްޖެ ވަޑައިގަންނަވާފައެވެ.

ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަންނަވާ މުހިއްމު ބޭފުޅުންގެ ތެރޭގައި ސަޢުދީ ޢަރަބިއްޔާގެ ރަސްގެފާނުގެ ޚާއްސަ މަންދޫބަކާއި ޕާކިސްތާނުގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސްއާއި ޗައިނާ ރައީސްގެ ޚާއްސަ މަންދޫބަކާއި ތުރުކީ، މޮރޮކޯ އަދި ފަލަސްތީނުގެ ރައީސްގެ ޚާއްސަ މަންދޫބުން ހިމެނެއެވެ. މީގެ އިތުރުން ބައެއް ޤައުމުތަކުގެ ވަޒީރުންނާއި ބައިނަލްއަޤްވާމީ ޖަމަޢާތްތަކުގެ ވެރިންނާއި ބައެއް ވިޔަފާރިވެރިންވެސް މިރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަންނަވާނެއެވެ.

ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަންނަވާ ބައެއް ޢިއްޒަތްތެރިން، ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް އިޙުތިރާމްގެ ޒިޔާރަތް ކުރެއްވުމަށް ހަމަޖެހިފައިވާއިރު މިރޭ ކުރުނބާ މޯލްޑިވްސްގައި ބޭއްވުމަށް ހަމަޖެހިފައިވާ ރަސްމީ ފަރިއްކޮޅުގައިވެސް ބައެއް ބޭފުޅުން ބައިވެރިވެވަޑައިގަންނަވާނެއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ފޮޓޯގެލަރީ – މީދޫގައި އަލަށް އިމާރާތްކުރާ މިސްކިތުގެ އަމަލީ މަސައްކަތް   ފެށުމުގެ ރަސްމިއްޔާތުގެތެރެއިން

07-17 2023 އައްޑޫ ސިޓީ މީދޫ – ސަރުކާރުން މީދޫގައި އަލަށް އިމާރާތްކުރާ މިސްކިތުގެ އަމަލީ މަސައްކަތް  ރަސްމީކޮށް ...

ބޮމެއް އޮތްކަމަށް ބުނެ އިންޒާރުދިން ދެ މީހަކު އައްޑޫ އެއާޕޯޓުން ހައްޔަރުކޮށްފި

ބޮމެއް އޮތްކަމަށް ބުނެ އިންޒާރުދިން މައްސަލައެއްގައި ދެ މީހަކު އައްޑޫ ސިޓީ އިންޓަނޭޝަނަލް އެއާޕޯޓުން އިއްޔެ ހައްޔަރުކޮށްފިއެވެ. ބޮމެއް ...

ކޮވިޑް 19 _ އިތުރު 24 މީހަކު ކޮވިޑް 19 އަށް ޕޮޒިޓިވް ވެއްޖެ

ރާއްޖެއިން ކޯވިޑް-19އަށް އިތުރު  24 މީހަކު މިއަދު ޕޮޒިޓިވްވެ ރާއްޖެއިން މިބަލިޖެހުނު މީހުންގެ އަދަދު 642 ކަށް އަރައިފިއެވެ ...