މޮނިޓަރިންގައި ހުރި ރަށްރަށަށް ސިއްޙީ ފަރުވާއަށް ދަތުރުކުރަން ލުއި ގޮތްތަކެއް ހަމަޖައްސައިފި

  advertisement

  މޮނިޓަރިންގެ ހާލަތްތަކުގައި އޮންނަ ރަށްތަކަށް ސިއްޙީ ޚިދުމަތް ހޯދުމަށް 24 ގަޑިއިރަށްވުރެ ކުރު ދަތުރުކުރާ ފަރާތްތަކުން އެނބުރި ރަށަށް އައިސް ކަރަންޓީން ވާން ނުޖެހޭ ގޮތަށް އެޗްޕީއޭއިން ހަމަޖައްސައިފިއެވެ.

  ކޯވިޑު-19 ގެ ސަބަބުން މޮނިޓަރިންގެ ހާލަތުގައި އޮންނަ ރަށްރަށަށް ސިއްހީ ފަރުވާ ހޯދަން ދިއުމުގައި ހެލްތު ޕްރޮޓެކްޝަން އެޖެންސީން ވަނީ ލުއިތަކެއް ދީފައެވެ.

  އެޗްއީއޯސީގައި ބޭއްވި ނޫސްވެރިންގެ ބައްދލުވުމުގައި އެޗްއީއޯސީގެ ލީގަލް ކްލަސްޓަރގެ ހެޑް އިސްމާޢިލް ޒާހިރު ވިދާޅުވީ ޒަރޫރީ ބޭނުންތަކަށް މާލެ ސަރަޙައްދުން ރަށްރަށަށް ދަތުރުކުރެވޭނެ އުޞޫލަށް ގެނެވުނު ބަދަލާއެކު ސިއްހީ ބޭނުމަށް ރަށްރަށަށް ދަތުރުކުރުމަށްފަހު 24 ގަޑިއިރަށްވުރެ ގިނައިރު އެރަށެއްގައި ނުވާނަމަ ކަރަންޓީނުވާކަށް ނުޖެހޭނެ ކަމަށެވެ. އެހެންނަމަވެސް މީގެ ތެރޭގައި ސިއްޙީ ފަރުވާއަށް މާލެ ދާ ފަރާތްތައް ނުހިމެނެއެވެ.

  ޒާހިރު ވިދާޅުވީ ސިއްޙީ ބޭނުންތަކަށް އެއްރަށުން އަނެއް ރަށަށް ދަތުރު ކުރުމުގައި ހުއްދަ ހޯދަން ޖެހޭ ގޮތަށް ކުރިން އޮތްނަމަވެސް މިހާރު އެމީހަކު ހުންނަ ރަށެއްގެ ސިއްޙީ ޚިދުމަތްދޭ ތަނަކުން އެމީހަކު ޑޮކްޓަރަށް ދެއްކުމަށްފަހު ޑޮކްޓަރުގެ ސިޓީއަކާއެކު އިތުރު ހުއްދައަކާއި ނުލާ އެހެން ރަށްރަށަށް ދަތުރުކުރެވޭނެ ކަމަށެވެ.

  މިގޮތަށް ހަމަޖެއްސި ނަމަވެސް ސިއްހީ ހިދުމަތަށް ގޮސް އެއްވެސް ސަބަބަކާހުރެ އެހެން ތަނެއްގައި ވަގުތީ ގޮތުން މަޑުކުރަންޖެހޭނަމަ ހުރިހާ ވަގުތެއްގައި ވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމާއި، އެކުގައި އައި މީހުން ފިޔަވައި އެހެން މީހުންނާ ބައްދަލުކޮށް ނުހެދުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކުރައްވާފައެވެ. އަދި މޮނިޓަރިންގައި އޮންނަ ރަށެއްގައި 24 ގަޑިއިރަށްވުރެ އިތުރަށް މަޑުކުރަންޖެހޭނަމަ އެނބުރި ރަށަށް ގޮސް 14 ދުވަހުގެ މުއްދަތަކަށް ކަރަންޓީންވާންޖެހޭނެކަމަށްވެސް އެޗްޕީއޭއިން ވިދާޅުވެއެވެ.

  ކޯވިޑް ޖެހޭ މީހުންގެ އަދަދު މާލެ ސަރަޙައްދުގައި އިތުރުވިނަމަވެސް އަތޮޅުތެރޭގެ ބައެއްރަށްތަކުންވެސް ބަލިޖެހޭ މީހުންގެ ނިސްބަތް ވަނީ އިތުރުވެފައެވެ. މިއާއެކު މިހާރުވެސް ބަލި ފެނިގެން 71 ރަށް އޮތީ މޮނިޓަރިންގެ ހާލަތަށްގެނެސް އަރާ ފޭބުން މަނާކޮށްފައެވެ.

  މާލެއާއި އަތޮޅުތެރޭގައި ކޯވިޑް-19 ފެތުރުން އިތުރުވެގެން ދިއުމާއި ގުޅިގެން ބަލި ފެތުރުން ކޮންޓްރޯލު ކުރުމުގެ ގޮތުން ޒަރޫރީ ބޭނުންތަކަށް ފިޔަވައި މާލެއިން އަތޮޅުތަކަށް ދަތުރުކުރުން ހުއްޓާލާފައިވާ މިދަނޑިވަޅުގައި މާލެއިން އަތޮޅުތެރެއަށް ދަތުރުކުރެވޭނެ ޒަރޫރީ ހާލަތްތައްވެސް އެޗްޕީއޭއިން ވަނީ އާއްމުކޮށްފައެވެ.

  މިގޮތުން މިހާރު ޞިއްޙީ ފަރުވާ ހޯދުމަށް މާލެއަށް ގޮސް އެނބުރި ދާންޖެހުމާއި އެފަދަ މީހަކާ އެކުގައި ކޮންމެހެން ދާންޖެހޭ މީހުން އަތޮޅުތެރެއަށް ދަތުރުކުރެވޭނެއެވެ.

  • ކޮމެންޓްސް (0)

  Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

  Ads

  ads

  ކަމުދާނެ ލިޔުންތައް

  ކަންކަން ހައްލުކޮށްގެން ކުރިއަށްދާއިރު ސަރުކާރުގެ ސްޕީޑް ލަސްކަމަށް ހީކުރެވިދާނެ- މެމްބަރު އަހުމަދު އަބްދުﷲ

  ތަރައްގީގެ ސްޕީޑާމެދު ރަށްޔިތުން އުއްމީދުކުރާ މިންވަރު ބޮޑުތަން މަތިވިޔަސް މުޅި ރާއްޖެ ގަޑުބަޑުކޮށްފައި އޮތުމުން ހުރިހާކަމެއް ހައްލުކޮށްގެން ކުރިއަށްދާއިރު ...

  ދުވާލަކު 1000 ޓެސްޓްކޮށް، އަތޮޅުތަކުގައި ޓެސްޓްކުރަން ފަށަނީ

  މާލޭ ސިޓީން ކޯވިޑް-19އަށް ޓެސްޓްކުރުމުގެ ކެޕޭސިޓީ 1000 އިތުރުކޮށް ޖޫންމަހުގެ ކުރީކޮޅު އަތޮޅުތަކުގައި ޓެސްޓްކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށް މަސައްކަތް ...

  އައްޑޫސިޓީ ހުޅުމީދޫން ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ހަތަރު މީހުން ހައްޔަރުކޮށްފި

  މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އައްޑޫސިޓީ ހުޅުމީދޫ ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ހުޅުމީދޫން ...

  މިސްކިތްތަކުގެ އިމާމުންވެސް ޑިގްރީފެންވަރަށް ކިޔަވަންޖެހޭގޮތް ހަދަނީ

  ދިވެހިރާއްޖޭގެ މިސްކިތްތަކުގައި މުދިމުންގެ ގޮތުގައި މަސައްކަތްކުރައްވާ އިމާމުންވެސް ޑިގްރީ ފެންވަރަށް ކިޔަވަން ޖެހޭގޮތަށް ސަރުކާރުގެ ސްޓްރެޓެޖިކް ޕްލޭންގައި ކަނޑައަޅައިފިއެވެ. ...

  އެއަރ އިންޑިއާގެ ޝެޑިއުލް ދަތުރުތައް ހުކުރުދުވަހު ރާއްޖެއަށް ފަށަނީ

  އެއަރ އިންޑިއާގެ ޝެޑިއުލް ދަތުރުތައް އަންނަ ހުކުރުދުވަހު ރާއްޖެއަށް ފެށުމަށް ތައްޔާރުވެއްޖެއެވެ. މިއީ ކޯވިޑް19 އަށްފަހު އެ އެއަރލައިނުން ...

  އެކެއް ފެބްރުއަރީގެ ބަޣާވާތުގެ ބައިވެރިން ރާވާފައިއޮތީ ރައީސް ހަވަރަށް ދޭން – ޑިފެންސް މިނިސްޓަރ

  އެކެއް ފެބްރުއަރީގެ ބަޣާވާތުގައި ބައިވެރިވި މީހުން ރާވާފައިއޮތީ ރައީސް ޢަބްދުﷲ ޔާމީން ހަވަރަށް ދޭންކަމަށް މިނިސްޓަރ އޮފް ޑިފެންސް ...