މުދާ އުފުލާ ދޯންޏެއް މީދޫ ބަނދަރު ސަރަހައްދުން ތިލައަކަށް އަރައިފި

މިއަދު ހެނދު މީދޫ ބަނދަރުން ފުރައިގެން ދަތުރުކުރި މުދާ އުފުލާ ދޯންޏެއް މީދޫ ބަނދަރު ސަރަހައްދާއި ކައިރީގައި އޮތް ތިލަޔަކަށް އަރައިފި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މީދޫ ބަނދަރު ސަރަހައްދުން “ތިލަޔަކަށް” އަރާފައިވާ ދޯންޏަކީ އައިލެންޑް އެކްޕްރެސްގެ ފަރާތުން ދުއްވާ ދޯންޏެކެވެ.

މީދޫ ފަޅުތެރެއިން ފަރަށް އަރާފައިވާ ދޯނި

މީދޫ ބަނދަރު ސަރަހައްދުން ވާހަކަ ދެއްކި މީހަކު ބުނީ އެދޯނި ފަރަށް އަރާފައިވަނީ ބަލަންޖެހޭ ވަރަށް ނުބަލާ ފަރުވާކުޑަކުރުމުގެ ސަބަބުންކަމަށެވެ.

މިހާދިސާގައި ދޯންޏަށް ގެއްލުންތަކެއް ލިބުނުކަމުގެ މައުލޫމާތު އަދި ލިފައެއް ނުވެއެވެ.

މިދޯނި ފުންކުރުމުގެ މަސައްކަތް މިހާރު ކުރެވެމުން އެބަދެއެވެ.

 

މީދޫ ފަޅުތެރެއިން ފަރަށް އަރާފައިވާ ދޯނި
މީދޫ ފަޅުތެރެއިން ފަރަށް އަރާފައިވާ ދޯނި

 

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އައްޑޫ ސިޓީން އިތުރު 14 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ

އައްޑޫ ސިޓީން އިތުރު 14 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ އައްޑޫ ހޮސްޕިޓަލުން ހާމަކޮށްފައިވާގޮތުން ހޮނިހިރު ދުވަހުގެ ...

ސްކޫލްތަކުގެ ދަރިވަރުންނަށް މިމަހު ކޮވިޑް ވެކްސިން ޖަހަން ފަށަނީ

ސްކޫލްތަކުގައި ކިޔަވާ ދަރިވަރުންނަށް ކޮވިޑް ވެކްސިން ޖަހަން ނިންމައިފިއެވެ . މިގޮތުން އުމުރުން12 އަހަރާއި17 އަހަރާއި ދެމެދުގެ ކުދިންނަށް ...

ފޮޓޯއިން ޚަބަރު: ހުޅުދޫއާއި މީދޫގައި ކާފިއު ހިންގާފައިވާ ގަޑި

ބަރާބަރު ހަވީރު ހަޔެއް ޖެހުމާއެކު ހުޅުދޫއާއި މީދޫގެ މަގުތައް ފަޅުވެއެވެ. އެއީ ހަވީރު ހަޔަކުން ފަތިހު ހަތަރަށް ކޮވިޑް ...