ނަގޫރޯޅިއެއް އަރައި ދ. ބަނޑިރޫއަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ

ދ އަތޮޅު  ބަނޑިދޫއަށް ވިއްސާރަޔާއެކު ނަގޫ ރޯޅިއެއް އަރައި ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި މިއަދު އެރަށަށް  އެރި ބާރުގަދަ ރޯޅިއެއްގެ ސަބަބުން އެ ރަށު ސްކޫލުގެ ބޮޑު ހޯލާއި ދެ ގެއަކާއި ކެފޭއެއްގެ ފުރާޅު އެއްލާލައި ބޮޑެތި ގެއްލުންތަކެއްވަނީ ލިބިފައެވެ.

އަދި މީގެ އިތުރަށް މިއަދު އެރަށަށް އެރި މިނަގޫރޯޅީގައި ބަނޑިދޫން ވަނީ ބައެއް ރުއްގަސްތައްވެސް ވެއްޓިފަ އެވެ.

މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް މިއަދު ނެރުއްވި ނޫސްބަޔާނެއްގައި ހާމަކުރައްވާފައިވާގޮތުން ރާއްޖެއަށް މިހާރު ކުރަމުން ދަނީ ހުޅަނގު މޫސުމުގެ ވިއްސާރައެވެ.  އެހެންކަމުން ކޮޅިގަނޑުގެ ތެރޭގައި ވައިގަދަވެ، ކަނޑު ގަދަވުމާއެކު މި ހަފުތާ އެއްކޮށް ރާއްޖެ އަށް ވިއްސާރަކުރާނެ ކަމަށް ހާމަކޮށްފައިވެއެވެ. ވައިޖެހޭނެ ކަމަށް މެޓުން ލަފާކުރަނީ ހުޅަނގު ދެކުނާއި ހުޅަނގުން ގަޑިއަކު 13-23 މޭލަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް މެޓުން ބުންޏެވެ.

ވިއްސާރައިގައި އިއްޔެ ހެނދުނު 8:00 އިން މިއަދު ހެނދުނު 8:00 އާ ހަމައަށް އެންމެ ގިނައިން ވާރޭ ވެހިފައިވަނީ މ. މުއްޔަށެވެ. އެއީ ގަޑިއަކު 65 މިލިލީޓަރުގެ ވާރޭ އެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ފޮޓޯއިން ޚަބަރު ” ސޮއި 19 ” ގެ ނަމުގައި މީދޫގައި އައު ފިހާރައެއް ހުޅުވައިފި

ތިރީގައިވާ ފޮޓޯ ތަކުން ފެނިވަޑައިގަންނަވަނީ ރޭ ” ސޮއި 19 ” ގެ ނަމުގައި މީދޫގައި ހުޅުވުނު އަންނައުނު ...

އިންޑިއާއިން ރާއްޖެ ހިފުމަށް ގޮވާލައިފި

ކުރީގެ ރައީސް މުޙައްމަދު ނަޝީދުއާއި ކޮޅުނބުގައި ބައްދަލު ކުރުމަށްފަހު ރާއްޖެ ބާރުގެ ބޭނުންކޮށްގެން ހިފުމަށް އިންޑިއާގެ ރާޖަ ސަބާގެ ...

ނަރުދޫ ކޭސް ބޮޑު ކްލަސްޓަރ އަކަށް ވެދާނެ – ޑރ.އަފްޒަލް

މިމަހުގެ 15ވަނަ ދުވަހު މާލެއިން ފުރައިގެން އުތުރުގެ ރަށްތަކަށް ދަތުރުކުރި އަމާޒު ބޯޓުގެ ކެޕްޓަން ކޯވިޑް-19އަށް ޕޮޒިޓިވްވުމާ ގުޅިގެން ...