ނަރުދޫ ސިއްހީ މަރުކަޒުގެ ޑޮކްޓަރަކާއި ނަރުހެއް ކަރަންޓީންކޮށްފި!

    ށ. ނަރުދޫން ކޮވިޑް-19 އަށް ޕޮޒިޓިވްވި ބަޔަކު ފެނުމާއި ގުޅިގެން  މިވަގުތު ނަރުދޫ ސިއްހީ މަރުކަޒުގައި ހިދުމަތްދުމުންދާ ހަމަ އެކަނި ޑޮކްޓަރު ކަރަންޓީނު ކޮށްފިއެވެ.

    މިމަހުގެ 15 ވަނަ ދުވަހު މާލެއިން ނަރުދޫއަށް ދިޔަ، “އަމާޒު” ބޯޓުގެ ކެޕްޓަން ކޮވިޑް-19 އަށް ޕޮޒިޓިވްވުމާއިއެކު އެރަށް މޮނީޓަރިންގ ހާލަތަށް ގެނެވުނެވެ. އަދި އޭގެ ފަހުން ކޮވިޑް-19 އަށް ޕޮޒިޓިވްވި 8 މީހަކު އެރަށުންވަނީ ފެނިފައެވެ. މި އަށް މީހުންނަކީވެސް އެއް އާއިލާއަކަށް ނިސްބަތްވާ ބަޔެކެވެ. އަދި ޕޮޒިޓިވްވި މީހުންގެ ތެރޭގައި މާބަނޑު އަންހެނަކުވެސް ހިމެނެއެވެ.

    ކައުންސިލްގެ މެމްބަރު އަހުމަދު ނިޒާރު އޮންލައިން ނޫހަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ޑޮކްޓަރު ކަރަންޓީނަށް ދާންޖެހުނީ ބައްޔަށް ޕޮޒިޓިވްވި މީހަކާއި ޑައިރެކްޓް ކޮންޓެކްޓްވެގެންނެވެ. އަދި ޑޮކްޓަރުގެ އިތުރުން އެރަށު ސިއްޙީ މަރުކަޒުގައި މަސައްކަތްކުރާ ނަރުހަކުވެސް ވަނީ ކަރަންޓީން ކުރެވިފައެވެ.

    ޑޮކްޓަރުން ފިޔަވައި ދެން ނަރުދޫ ސިއްހީ މަރުކަޒުގައި ތިބެނީ ދެ ނަރުހުންނެވެ. އެހެންވެ މިހާރު ސިއްޙީ މަރުކަޒުގައި ޚިދުމަތް ދިނުމުގެ މަސައްކަތުގައި އުޅެނީ އެންމެ ނަރުހެކެވެ. މީގެ އިތުރުން “ނަރުދޫ ޓާސްކް ފޯސް” ގައި ހިމެނޭ ބައެއް މީހުންނާއި ސިއްޙީ  ދާއިރާގައި މައްސައްކަތްކުރާ މީހުންގެ އިތުރުން ކައުންސިލަރުން ވެސް ވަނީ ކަރަންޓިނަށާއި ހޯމް އައިސޮލޭޝަންއަށް ގެންގޮސްފަ އެވެ.

    އަމާޒު ބޯޓާ ގުޅިގެން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިހާތަނަށް ނުވަ އަކަށް އަރާފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ވަނީ ބުނެފައެވެ. އެގޮތުން ށ. ނަރުދޫއިން އަށް މީހަކާއި އަދި ށ. މިލަންދޫގައި އިތުރު މީހަކު އެ ވައިރަހަށް ވަނީ ޕޮޒިޓިވްވެފައިވެފައެވެ.

    ކޮވިޑަށް ޕޮޒިޓިވްވި “އަމާޒް” ބޯޓްގެ ކެޕްޓަނަކީ އުމުރުން 49 އަހަރުގެ ދިވެއްސެކެވެ. ޖުމްލަ 91 މީހަކު ދަތުރުކުރި އެ ބޯޓަކީ މާލެ ލޮކްޑައުން ކުރުމުގެ ކުރިން ފުރި ބޯޓެކެވެ. ނަރުދޫގައި މިހާރު އޮތީ ކޮމިޔުނިޓީ ޓްރާންސްމިޝަނެކެވެ. ނަމަވެސް، އޭގެ ތެރޭގައި ހިމެނެނީ އެއް ކްލަސްޓާއެއްގައި ހިމެނޭ މީހުންނެވެ.

    ނަރުދޫ ސޯޝަލް ސަޕޯޓް ޑެސްކުގެ ފޯކަލް ޕޮއިންޓް އަދި ކައުންސިލްގެ ޒިންމާދާރު ވެރިޔާ މޫސާ ހުސައިންފުޅު އޮންލައިން ނޫހަކަށް ވިދާޅުވީ މި ހާލަތުގައި އެންމެ ބޮޑަށް ކަންބޮޑުވަނީ ބަލި ޖެހުނު މީހުންނަށް ފަރުވާ ދޭނެ ގޮތެއް ނެތުމުން ކަމަށެވެ.

    އެމީހުން ފަރުވާއަކާ ހިސާބަށް ގެންދެވެންދެން ނަގާ ކޮންމެ މިނެޓަކީ ނަރުދޫ ކޮންމެ މީހަކަށް ވެސް ހާސްކަން ވެރިވާނެ މިނެޓެއް ކަމަށް މޫސަ ވިދާޅުވި އެވެ

    އެ ރަށު ކައުންސިލު ރައީސް އަހްމަދު އާރިފް ވިދާޅުވީ އެ ރަށުގެ ގިނަ މީހުން ތިބީ ޕޮޒިޓިވްވި މީހުންނާ ކޮންމެވެސް ގޮތަކަށް ކޮންޓެކްޓްވެފައި ކަމަށެވެ.

    ނަރުދޫން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ އަމާޒް ބޯޓުގެ ކެޕްޓަނުގެ އަންހެނުންނާއި، އެ ދެމަފިރިންގެ ތިން ދަރިންނާއި، “އަމާޒު” ބޯޓުގެ ފަޅުވެރިންގެ ގޮތުގައި މަސައްކަތް ކުރާ ދެ މީހުންގެ އިތުރުން، ކައްޕި އާއި އެއްގެއެއްގައި ދިރިއުޅެމުން އަންނަ މާބަނޑު އަންހެނެކެވެ.

    އަމާޒު ބޯޓު މާލެއިން ފުރީ މިމަހުގެ 15 ވަނަ ދުވަހު އެވެ. އެ ބޯޓް 16 ވަނަ ދުވަހު ގިނަ ރަށްތަކަކަށް ދަތުރު ކޮށްފައިވެއެވެ. އެގޮތުން ޖުމްލަ 13 ރަށަކަށް ބޯޓް ދަތުރުކޮށްފައި ވެއެވެ.

    އޭގެ ތެރޭގައި ނ. މާފަރާއި އެ އަތޮޅު ހެނބަދޫ އާއި މިލަދޫ އާއި ކެނދިކުޅުދޫ އާއި ވެލިދޫ އާއި ހޮޅުދޫ އަށް ދަތުރު ކޮށްފައި ވެއެވެ. މީގެ އިތުރުން ށ. އަތޮޅުން ނަރުދޫ އާއި ފުނަދޫ އާއި މިލަންދޫ އާއި ފީވަކާއި މާއުނގޫދޫ އަށް ވެސް އަމާޒު ދިޔަ އެވެ. މީގެ އިތުރުން ހއ. ދިއްދޫ އާއި އުތީމަށްވެސް އަމާޒު ބޯޓު ވަނެވެ.

    މަސްދަރު: ސަންގު

     

    • ކޮމެންޓްސް (0)

    Your email address will not be published. Required fields are marked *

    • ފުރިހަމަ ނަން

    Ads

    ads

    ކަމުދާނެ ލިޔުންތައް

    އައްޑޫ ޔޫތު ޗެލެންޖް ކަޕް 2020 : ހުޅުދޫ ޒުވާން ޓީމު ކުޅުނު ދެވަނަ މެޗުންވެސް ބަލިވެއްޖެ

    މީދޫގައި މިހާރު ހިގަމުންދާ 20 އަހަރުން ދަށުގެ އައްޑޫ ޔޫތު ޗެލެންޖް ކަޕް 2020 ފުޓްބޯޅަ މުބާރާތުގައި ހުޅުދޫ ...

    ރައީސް ޔާމީނަށް އޮތް ތާއިދު ދައްކާލަން ހުޅުމީދޫގައި ވެހިކަލް ބުރެއް ބާއްވައިފި

    ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީނާއި އެމަނިކުފާނުގެ ރަނިންމޭޓް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދަށް އައްޑުއަތޮޅު މީދޫއާއި ހުޅުދޫގައި އޮތް ...

    ރެހެންދީ ސުކޫލްގެ 2 ދަރިވަރަކާއި ޓީޗަރަކު ކޮވިޑް-19 އަށް ޕޮސިޓިވް ވެއްޖެ

    ހުޅުމާލެ ރެހެންދީ ސުކޫލުގައި ތައުލީމު ހާސިލްކުރަމުންދާ 2 ދަރިވަރަކާއި އެސުކޫލްގެ މުދައްރިސަކު ކޮވިޑް-19އަށް ޕޮސިޓިވް ވެއްޖެއެވެ. ” ފެށުން ” ...

    ދޭހަ އުނގެނެން ފެށި ދަތުރު

    ޖާހިލު އަތްއަތް މަތީން ހިލެމުން އައި ލިއުމެއް އަތަށް އެރިއެވެ. ސްކޫލު ނިޒާމަށް ގެނެވޭ ބަދަލު ހިއްސާކުރުމަށް އެޑިޔުކޭޝަން ...

    އައްޑޫގައި ހަދަން ނިންމާފައިވާ އިންޑިޔާގެ ކޮންސިއުލޭޓާއި ބެހޭ ގޮތުން އަޅުގަނޑުގެ ހިޔާލު

    ލިއުނީ: ޝަފީގު ހަސަން އައްޑޫގައި އިންޑިޔާގެ ކޮންސިއުލޭޓެއް ހަދަން އިންޑިޔާ ކެބިނެޓުން ނިންމުމާ ގުޅިގެން، ދިވެހި ރާއްޖޭގައި މި ...

    ދަމަނަވެށީގެ އޮފީސް ފަޅާލައިގެން ވައްކަންކޮށްފި

    އައްޑޫސިޓީ މަރަދޫފޭދޫ ދަމަނަވެށީގެ އޮފީސް ފަޅާލާ އެތަނުން ވައްކަން ކޮށްފިއެވެ. މައުލޫމާތު ލިބިފައިވާގޮތުގައި ހުކުރު ދުވަހުގެރޭ އެތަން ފަޅާލައިގެން ...