ނަރުދޫ އިން ދިވެއްސަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ

ށ. ނަރުދޫ އިން ދިވެއްސަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ ކަމަށް އެ ރަށު ކައުންސިލުން ބުނެފައިވާކަމަށް ވަގުތު އޮންލައިން އިން ހާމަކޮށްފިއެވެ.

ނަރުދޫ ކައުންސިލްގެ ރައީސް އަހުމަދު އާރިފްއާއި ހަވާލާދީ ވަގުތުން ގެނެސްދީފައިވާ ޚަބަރުގައި ބުނެފައިވަނީ  އެ ރަށުން ކޮވިޑް-19 އަށް ފައްސިވީ މާލެ އިން އެ ރަށަށް ދިޔަ މީހެއް ކަމަށެވެ. އަދި އެމީހާ ކޮވިޑް-19 އަށް ފައްސިވެފައިވާ ކަން އެންގީ މިއަދުގެ ވަގުތެއްގައި ކަމަށް ވެސް އަހުމަދު އާރިފް ވިދާޅުވިއެވެ.

ނަރުދޫ ކައުންސިލްގެ ރައީސް އަހުމަދު އާރިފްއާއި ހަވާލާދީ ވަގުތުން ގެނެސްދީފައިވާ ޚަބަރުގައި ބުނެފައިވަނީ  ނަރުދޫން ކޮވިޑް 19 ޖެހުނީ ދިވެހި ފިރިހެނަކަށް ކަމަށް ހާމަކޮށްފައިވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ނަރުދޫއިން ޕޮޒިޓިވްވެފައި ވަނީ، މާލެ ދަތުރު ކުރާ ނަރުދޫ އަމާޒު ބޯޓްގެ ކައްޕި އެވެ. އެ ބޯޓް މިފަހުން، މާލެއިން އެ ރަށަށް ގޮސްފައި ވަނީ މި މަހުގެ 16 ވަނަ ދުވަހު އެވެ.

އެނގިފައިވާ ގޮތުގައި ޕޮޒިޓިވްވި މީހާ އައިސޮލޭޝަނަށް ގެންދިޔުމުގެ މަސައްކަތް އެޗްޕީއޭގެ ޓީމެއް އެ ރަށަށް ގޮސް މިހާރު ވަނީ ފަށައިފަ އެވެ.

އެ ބޯޓުން 150 އެއްހާ މީހަކު ދަތުރުކުރި ކަމުގެ މައުލޫމާތުވެސް ވަނީ ލިބިފަ އެވެ.

މިއީ މާލެ ފިޔަވައި، މީހުން ދިރިއުޅޭ ރަށަކުން މީހަކު ކޮވިޑް-19 އަށް ފުރަތަމަ ދެ ވަނަ ފަހަރެވެ. މީގެކުރިން ހއ. އުލިގަމުން ވެސް މީހަކު ކޮވިޑް-19 އަށް ފައްސިވެފައިވެއެވެ.

މިދުވަސްކޮޅަކީ މާލެ ދަތުރުކުރާ ބޯޓްފަހަރުތައްވެސް ހުޅުދޫއާއި މީދުއަށް މާލެގޮސްފައި އައިސްގެން އުޅޭ ދުވަސްވަރަކަށްވާތީ އެބޯޓްފަހަރުން ދަތުރުގޮސްފައިވާ މީހުންނާއިމެދު ޚާއްސަ ސަމާލުކަމެއް ހުޅުދޫއާއި މީދޫގެ ކަމާއިބެހޭ ފަރާތްތަކުން ބަލަންޖެހޭނެކަމަށްފެނެއެވެ. އެހެންނޫނީ އަޅުގަޑުމެންގެ ތެރޭގައިވެސް މިބަލި ފެތުރުމުގެ ފުރުސަތު ބޮޑުވެގެން ގޮސްފާނެކަމަށް ބެލެވެއެވެ.

މިއީ މާލެ ފިޔަވައި، މީހުން ދިރިއުޅޭ ރަށަކުން މީހަކު ކޮވިޑް-19 އަށް ފުރަތަމަ ދެ ވަނަ ފަހަރެވެ. މީގެކުރިން ހއ. އުލިގަމުން ވެސް މީހަކު ކޮވިޑް-19 އަށް ފައްސިވެފައިވެއެވެ.

މަސްދަރު: ވަގުތު

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ރައީސް ޔާމީންގެ ފަރާތްޕުޅުން ފެނިގެން ދިޔައީ ކަޅުތުއްކަލާގެ ރިވެތި އުޞޫލު – ޝިފާޤު މުފީދު

ދިވެހި ރަސްކަމުގެ ތާރީޚުގައި ޤައުމަށް ކުރިމަތިވި އެންމެ ބޮޑު އެއް ނުރައްކަލުން ސަލާމަތްކޮށްދެއްވި ކަޅުތުއްކަލާގެ ފަރާތްޕުޅުން ފެނިގެންދިޔަ ހިތްވަރުގަދަ ...

ހުޅުދޫ ބަނދަރުގެ 70 ޕަސެންޓް މަސައްކަތް ނިމިއްޖެ

ސ. ހުޅުދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 70 ޕަސެންޓް ނިމިއްޖެއެވެ. އެމްޓީސީސީން ބުނީ އެ ބަނދަރުގެ އެއްގަމުތޮށި ...

ސެމީފައިނަލްގައި މީދޫ ޓީމާ ވާދަކުރާނެ ޓީމަކަށް ފޭދޫ ވޮލީޓީމް ހޮވިއްޖެ

މަރަދޫފޭދޫ އައިލެންޑް ވޮއިސް އޮފް ޔޫތުން އިންތިޒާމްކޮށްގެން މަރަދޫފޭދޫގައި ބާއްވާ ” އައިވީ މިކްސްޑް ވޮލީކަޕް 2020 ” ...