އިސްލާމްދީނާ ދެކޮޅު ވެރިކަމެއް ޤާއިމްކުރުމަށް ގޮވާލުމުން ޝަހީދުއަށް ފާޑުކިޔުން އަމާޒުވެއްޖެ

އިސްލާމް ދީނާ ދެކޮޅު ވެރިކަމެއް ރާއްޖޭގައި ޤާއިމްކުރުމަށް ގޮވާލުމުން، އެމްޑީޕީ ސަރުކާރުގެ ފޮރިން މިނިސްޓަރ ޑރ. އަހުމަދު ޝަހީދުއަށް ފާޑުކިޔުން އަމާޒުވެއްޖެއެވެ.

ޑރ.ޝަހީދުއަށް ފާޑުކިޔުން އަމާޒުވީ، ރާއްޖޭގައި ސިޔާސީ ނިޒާމަކުން ވެރިކަންކުރެވޭނީ، އިސްލާމްދީނާ ދެކޮޅު ސެކިއުލަރ ވިސްނުމެއް ގެންގުޅެންކަމަށް ބުނެ މިދިޔަ އަންގާރަދުވަހު ކުރި ޓްވީޓަކާ ގުޅިގެނެވެ.

ޝަހީދު މިގޮތަށް ޓްވީޓްކުރީ އިންކަމްޓެކްސް ނުނެގިޔަސް، މުދަލު ޒަކާތް ދައްކަން މަޖުބޫރުކުރުމަށް އެމްޑީޕީގެ ޕާލިމެންޓަރީ ގުރޫޕުގެ މެމްބަރަކު ގޮވާލުމުން، އެކަމަށް ރައްދުދެމުންނެވެ. އެމްޑީޕީގެ މެމްބަރަކަށް ރައްދުދެމުން ޝަހީދު ބުނެފައިވަނީ ސެކިއުލަރ ވިސްނުމެއްގައި ވެރިކަންކުރުމުން ދީނީގޮތުން އެއްވެސް ކަމަކަށް މަޖުބޫރު ނުކުރެވޭނޭކަމަށާއި ކޮންމެފަދަ ގޮތަކަށް ހެދުން އެޅިޔަސް ސަރުކާރަށް ކުރެވޭނެކަމެއްވެސް ނޯންނާނެކަމަށެވެ.

އެމްޑީޕީގެ ވެރިކަމެއްގައި ޚާރިޖީ ވަޒީރުގެ މަޤާމަށް އަންނާނެކަމަށް ބެލެވޭ ޝަހީދުގެ މިވާހަކަތަކަށް ސޯޝަލް މީޑިއާގައި ރައްދުދިން މީހުން ވަނީ އޭނާއަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. މިގޮތުން އިސްލާމްދީނަކީ އިންސާނީ ކަރާމާތާއި އިންސާނީ ހައްޤުތަކަށް އިޚްތިރާމްކުރާ ދީނަކަށްވާއިރު، ހައްޤުތައް ހޯދަން އިސްލާމްދީނާ ދޫކޮށްލަންޖެހޭ ސަބަބެއް ނެތްކަމަށް ބައެއް މީހުން ބުނެފައިވެއެވެ. ޝަހީދުއަށް ފާޑުކިޔަމުން ބައެއް މީހުން ވަނީ އިދިކޮޅު ފަރާތްތަކާއެކު މަސައްކަތްކުރާ ދީނީ ޢިލްމުވެރިން ޝަހީދުގެ ވާހަކަތަކާމެދު އަޅާނުލަނީ އެކަމަށް ތާޢީދުކުރާތީތޯ ބުނެ ސުވާލު އުފައްދާފައެވެ.

އިސްލާމްދީނާ ދެކޮޅު ވާހަކަތަކެއް ދައްކައިގެން ޝަހީދުއަށް ފާޑުކިޔުން އަމާޒުވެފައިވާއިރު މީގެކުރިންވެސް އޭނާ ވަނީ އިސްލާމްދީނާ ދެކޮޅަށް ކިތަންމެ ވާހަކައެެއް ދައްކާފައެވެ. ނަމަވެސް އެކަމަށް ފާޑުކިޔުމުގެ ބަދަލުގައި އެމްޑީޕީގެ ކެނޑިޑޭޓް އިބްރާހިމް މުހައްމަދު ސާލިހު ފެންނަނީ ޝަހީދުއާއެކު މަސައްކަތްކުރާ ތަނެވެ.

މަސްދަރު: ޕީއެސްއެމް

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ފިކުރަކީ ޖަލަށް ލެވޭނެ އަދި މަރާލެވޭނެ އެއްޗެެއް ނޫން -އަދީބު

ފިކުރަކީ ޖަލަށް ލެވޭނެ އަދި މަރާލެވޭނެ އެއްޗެެއް ނޫން ކަމަށް ކުރީގެ ނާއިބް ރައީސް އަހުމަދު އަދީބު ވިދާޅުވެއްޖެވެ. ...

ސައިކަލް އެކްސިޑެންޓްގައި ދެ މީހަކަށް އަނިޔާވެ، އެކަކު ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ފޮނުވާލައިފި

މީދޫގައި ދެ ސައިކަލް ޖެހި ހިނގި އެކްސިޑެންޓްގައި ސައިކަލް ދުއްވަން ތިބި ދެ މީހުންނަށް އަނިޔާވެއްޖެ އެވެ. އިއްޔެ ...

ވެއްޓުނު ފުލައިޓުން ދަތުރުކުރި ދިވެހި ދަރިވަރުގެ ހާލު ރަނގަޅު: ޑރ. ޝަނީޒް

ނޭޕާލްގެ ކަތަމަންޑޫ އެއާޕޯޓަށް ޖައްސަން އުޅުމުގެ ތެރޭގައި ވެއްޓުނު މަތިންދާ ބޯޓުން ދަތުރުކުރި ދިވެހި ދަރިވަރަށް އެ ހާދިސާގައި މާބޮޑު ...