ދުނިޔޭގެ 1 ވަނަ ޓެނިސް ކުޅުންތެރިޔާ ޖޮކޮވިޗްއާއި އޭނާގެ އަންހެނުން ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ

    17 ގްރާންޑް ސްލޭމް ހޯދައިފާ ދުނިޔޭގެ އެއްވަނަ ޓެނިސް ކުޅުންތެރިޔާގެ ގޮތުގައި މިވަގޮތު ހުރި އުމުރުން 32 އަހަރުގެ ސާބިއާގެ ޖޮކޮވިޗްއާއި އޭނާގެ އަންހެނުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާކަން އޭނާ ހާމަކޮށްފި އެވެ.

    ޖޮކޮވިޗްއާއި އޭނަގެ އަންހެނުން ހެލީނާ ކޮވިޑް19  ޕޮޒިޓިވްވެފައިވާކަން  އޭނާ ހާމަކޮށްފައިވަނީ ކޮރޯނާ ވައިރަސް ފަންޑަށް ފައިސާ ހޯދުމުގެ ގޮތުން ކުރިއަށް ގެންދެވުނު  ބަލްކަން ޓުއާ ޓެނިސް މުބާރާތުގައި  ވާދަކުރާ ބައެއް ކުޅުންތެރިން ކޮވިޑް 19 އަށް ޕޮޒިޓިވް ވުމާ ގުޅިގެން ޖޮކޮވިޗްއާއި އޭނާގެ އަންހެނުން ކުރި ޓެސްޓްތަކަށް ފަހު އެވެ.

    ކޮރޯނާ ވައިރަސް ފަންޑަށް ފައިސާ ހޯދުމުގެ ގޮތުން ކުރިއަށް ގެންދެވުނު  ބަލްކަން ޓުއާ ޓެނިސް މުބާރާތުގައި  ވާދަކުރި ކޮރޮއޭޝިއާގެ ޖޮކޮވިޗްއާއި އޭނަގެ އަންހެނުން ހެލީނާ އިތުރަށް ކޮރޮއޭޝިޔާގެ ބޯނާ ކޮރިކްއާއި ގްރިގޯރ ޑިމިޓްރޯވް އަދި ބުލްގޭރިއާގެ ވިކްޓޯ ޓްރޮއިކީގެ ޓެސްޓްތައްވެސް ކޮވިޑް 19 އަށް ޕޮޒިޓިވް ވުމާ އެކު އެ މުބާރާތް މިހާރު ވަނީ މެދު ކަނޑާލައިފަ އެވެ.

    ޖޮކޮވިޗް ބުނީ އޭނާގެ އިތުރަށް އެބުރާތުގައި ވާދަކުރި ބައެއް ހެން ކުޅުންތެރީން ކޮވިޑަށް ޕޮޒިޓިވްވުމާއެކު މުބާރާތް މެދު ކަނޑާލުމާއި ގުޅިގެން އޭނާ އެނބުރި ސާބިއާއަށް ދިއުމަށްފަހު ކުރި ޓެސްޓް ތަކުގައި އޭނަގެ ދެ ދަރިންގެ ނަތީޖާ ނެގެޓިވްވެފައިވާ ކަމަށެވެ.

    “އަހަރަމެން މި މުބާރާތް މި ބޭއްވީ ވައިރަހުން ރައްކާތެރިވުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އަޅައިގެން ރަނގަޅު މަގުސަދެއްގައި. އެކަމަކު މިފަހަރު އެކަން ގޯހުން ގޯހަށް މިދިޔައީ. މިކަމުގައި ލިބުނު ގެއްލުމަށް އެންމެންގެ ފަރާތުން ނިހާޔަތަށް މާފަށް އެދެން،” ޖޮކޮވިޗް ބުންޏެވެ.

    ތަފްސީލް https://www.bbc.com/sport/tennis/53148053

    • ކޮމެންޓްސް (0)

    Your email address will not be published. Required fields are marked *

    • ފުރިހަމަ ނަން

    Ads

    ads

    ކަމުދާނެ ލިޔުންތައް

    ރެއާލް މެޑްރިޑު ފަސޭހަކަމާއެކު ތަފާތު ބޮޑު ނަތީޖާއަކުން މޮޅުވެއްޖެ

    ސްޕެނިޝް ލަލީގާގައި ޑިޕޯޓިވޯ ލަކަރޫނިއާ ބައްދަލުކޮށް ރެއާލް މެޑްރިޑު ފަސޭހަކަމާއެކު ތަފާތު ބޮޑު ނަތީޖާއަކުން މޮޅުވެއްޖެވެ. ރެއާލްގެ ދަނޑުގައި ...

    މީދުން ގޯތި ދިނުމަށް ނިންމާފައިވާ ގޮތާއި މެދު ކަންބޮޑުވުން ތަކެއް

    މީދުން ގޯތި ދިނުމަށް ނިންމާފައިވާ ގޮތާއި މެދު ކަންބޮޑުވުން ތަކެއް ހުރުމާއި ގުޅިގެން މީދޫގެ ރަށްޔިތުންގެ ތެރެއިން ބަޔަކު ...

    ފަލަސްތީނަށްޓަކައި ކުރާ ދަމު ނަމާދުގައި ބައިވެރިވަމާ!

    ފަލަސްތީނުގެ ރައްޔިތުންނަށް ކުރިމަތިވަމުންދާ އަނިޔާތަކުން އެމީހުން ސަލާމަތް ކޮށްދެއްވުން އެދި ދުނިޔޭގެ އެންމެހާ މުސްލިމުން އެއްކޮށް އެއްވަގުތެއްގައި ދަމު ...

    ޑރ. މަޖީދުގެ ހާލު ވަރަށް ސީރިއަސް

    ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. އަބްދުލް މަޖީދު އަބްދުލް ބަރީގެ ސިއްހީ ހާލުކޮޅު ވަރަށް ދެރަވެ މިވަގުތު ފަރުވާ ...

    އައްޑޫ ސިޓީގެ ޓާޝަރީ ހޮސްޕިޓަލް ވެގެންދާނީ އެންމެ ރީތި ހިތްގައިމު ހޮސްޕިޓަލަށް- މިނިސްޓަރ ނާޒިމް

    އައްޑޫ ސިޓީގައި ޤާއިމްކުރާ ޓާޝަރީ ހޮސްޕިޓަލް ވެގެންދާނީ އެ ސަރަހައްދުގައި ހުރި އެންމެ ރީތި އަދި އެންމެ ހިތްގައިމު ...

    ހަރުކަށި ފިކުރުގެ މީހެއް މާލެއިން ހައްޔަރު ކޮށްފި

    ހަރުކަށި ފިކުރު ފެތުރުމުގައި އިސްކޮށް ހަރަކާތްތެރި ވާ މީހަކު ހައްޔަރު ކޮށްފައި ވާކަމަށް ފުލުހުންގެ އިދާރާއިން ބުނެފިއެވެ. ފުލުހުންގެ ...