އޯލެވެލް އިމްތިޙާނުގެ ގަދަ ދިހައެއްގެ 10 ވަނާގައި ސ. އަތޮޅު މަދަރުސާގެ ދަރިވަރަކު ހިމެނިއްޖެ

    މިދިޔަ އަހަރު އޯލެވެލް އިމްތިޙާނުން އެންމެ ރަނގަޅު ނަތީޖާ ހޯދައިގެން ގަދަ ދިހައެއްގެ 10 ވަނާގައި ސ. އަތޮޅު މަދަރުސާގެ ދަރިވަރަކު ހިމެނިއްޖެވެ.

    އޯލެވެލް އިމްތިޙާނުން އެންމެ ރަނގަޅު ނަތީޖާ ހޯދައިގެން ގަދަ ދިހައެއްގެ 10 ވަނާގައި ހިމެނިފައިވާ ސ. އަތޮޅު މަދަރުސާގެ ދަރިވަރަކީ ސ. މީދޫ ސެވީނާ ޝިމުނާ އަލީއެވެ.

    މިދިޔަ އަހަރު އޯލެވެލް އިމްތިޙާނުން އެންމެ ރަނގަޅު ނަތީޖާ ހޯދައިގެން ގަދަ ދިހައެއްގެ 10 ގައި  375 ދަރިވަރަކު ހިމެނިފައިވާއިރު  މީގެތެރެއިން 8 މާއްދާއިން އޭ ސްޓަރ ހޯދައިގެން އެއްވަނަ 6 ދަރިވަރަކު ހޯދިއިރު، 35 ދަރިވަރުން ވަނީ ދުނިޔޭގެ އެންމެ މޮޅު 10 ނަތީޖާ ހޯދި ދަރިވަރުންގެ ތެރޭގައި ހިމެނިފައެވެ

    2017 އަހަރު ޘާނަވީ އިމްތިހާނުން އެންމެ ރަނގަޅު ނަތީޖާ ހޯދި ދަރިވަރުންނަށް އިނާމު ދިނުމަށް ދަރުބާރުގޭގައި ބޭއްވި ރޭ ބޭއްވުނު ރަސްމިއްޔާތުގައި އޯލެވެލް އިމްތިހާނުން އެންމެ ރަނގަޅު ނަތީޖާ ހޯދި ދަރިވަރުންނާއި، ވަކިވަކި މާއްދާތަކުން ވަނަތައް ޙާސިލްކުރި ދަރިވަރުންނާއި، ދުނިޔޭގެ އެންމެ މޮޅު ދަރިވަރުންގެ ތެރޭގައި ހިމެނެނު ދަރިވަރުންނަށް ވަނީ ޓްރޮފީއާއި ހަނދާނީ ލިޔުން ދީފައެވެ. އެ ދަރިވަރުންނަށް އެވޯޑު ޙަވާލުކޮށްދެއްވީ އެޑިއުކޭޝަން މިނިސްޓަރ ޑރ. ޢާއިޝަތު ޝިޙާމާއި ދަޢުލަތުގެ ވަޒީރުންނެވެ.

    2017 ވަނަ އަހަރު 196 ސްކޫލަކުން 5467 ދަރިވަރުން ޘާނަވީ އިމްތިހާނު ހަދާފައިވެއެވެ. މީގެ ތެރެއިން 375 ދަރިވަރަކު ވަނީ ގަދަ ދިހައެއްގައި ހިމެނިފައެވެ. އަދި 8 މާއްދާއިން އޭ ސްޓަރ ހޯދައިގެން އެއްވަނަ 6 ދަރިވަރަކު ހޯދާފައިވާއިރު، 35 ދަރިވަރުން ވަނީ ދުނިޔޭގެ އެންމެ މޮޅު 10 ނަތީޖާ ހޯދި ދަރިވަރުންގެ ތެރޭގައި ހިމެނިފައެވެ.

    ޘާނަވީ ނިންމާ އިމްތިޙާނުތަކުން ދަރިވަރުން ފާސްކުރުމުގެ ޤައުމީ މިންގަނޑެއްގެ ގޮތުގައި މިހާތަނަނަށް ބެލާފައިވަނީ 5 މާއްދާއިން 60 އިންސައްތަ ދަރިވަރުން ފާސްކުރުމެވެ. 2017 ވަނަ އަހަރު 77 އިންސައްތަ ދަރިވަރުން 5 މާއްދާއިން ފާސްވެފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.

    މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރ ޑރ. ޢާއިޝަތު ޝިހާމް ވިދާޅުވީ، ސަރުކާރުން ތަޢުލީމީ ދާއިރާ ތަރައްޤީކޮށް ކުރިއެރުވުމަށް ކުރައްވާ މަސައްކަތުގެ ނަތީޖާ ފެންނަނަމުން ދާ ކަމަށެވެ. އެގޮތުން ސަރުކާރުގެ އެއްވެސް ކުއްޖަކު ބާކީނުކުރުމުގެ ސިޔާސަތު ތަންފީޒުކުރުމަށް ފާއިތުވި ހަތަރު އަހަރު ކުރެވުނު މަސައްކަތުގެ ނަތީޖާއަކީ، ރާއްޖޭގެ ސްކޫލްތަކުން ކިޔެވުން ނިންމާ ކޮންމެ 10 ދަރިވަރުންގެ ތެރެއިން ގާތްގަނޑަކަށް 8 ދަރިވަރުންނަކީ މަދުވެގެން 5 ފާހާއެކު ކާމިޔާބުކަމާއެކު ސްކޫލް ނިންމާ ދަރިވަރުންނަށް ވުމާއި، ޘާނަވީ ސްކޫލް ނިންމާ ކޮންމެ 10 ކުދިންގެ ތެރެއިން 9 ކުދިންނަށްވުރެ ގިނަ ދަރިވަރުންނަކީ މަދުވެގެން 3 ފާހާއެކު ދެންއޮތް ތަޢުލީމުގެ މަރުޙަލާއަށް ދެވޭނެކަން ކަށަވަރުވެފައިވާ ދަރިވަރުންނަށް ވެގެންދިއުން ކަމަށެވެ.

    މިނިސްޓަރގެ ވާހަކަފުޅުގައި، ކުރިން ތަޢުލީމީ ގޮތުން ކާމިޔާނުވާނެ ކަމަށް ބަލައި ސްކޫލްތަކުން އުއްމީދު ކަނޑާލާފައިވާ އެތައްހާސް ކުދިންނަށް ޚާއްޞަކޮށްގެން ހިންގާ ދަސްވާރާއި ބީޓެކް ޕްރޮގްރާމްގެ ތެރެއިން ކާމިޔާބު ހޯދައިދެވެއްޖި ކަމަށެވެ. އެގޮތުން ފުރަތަމަ ފަހަރަށް ބީޓެކް ހެދި ދަރިވަރުންގެ ތެރެއިން 3 ދަރިވަރަކު ގަދަ 10 ހިމެނިފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

    ”އަޅުގަނޑަށް ލިބޭ ޚާއްޞަ އުފަލަކީ މިމަތީ މިންގަނޑުތަކާ އެކުވެސް ފުރަތަމަ ފަހަރަށް ބީޓެކް ހެދި ދަރިވަރުންގެ ތެރެއިން 3 ދަރިވަރަކު ގަދަ 10 ދަރަޖަ ޙާސިލްކުރުން. މިދަރުވަރުން މިވަނީ އަމަލީ ދާއިރާއިން ކިޔެވުމަކީ އެންމެ މަތީ ބޮންތިއަށް ދިއުމަށް އޮތް ހުރަހެއް ނޫންކަން ސާބިތުކޮށްދީ، ސްކޫލް މަންހަޖަށް އަލަށް ތަޢާރަފްކުރުރެވުނު ބީޓެކް ޕްރޮގްރާމަށް އިހުނަށްވުރެ ބޮޑަށް އިތުބާރު ހޯދައިދީފައި. މިފަހަރު އެޑެކްސެލް ބީޓެކް ކޯސް ފުރިހަމަކުރި 900 އެތައް ދަރިވަރުންގެ ތެރެއިން 113 ދަރިވަރަކު އެކޯސްތަކުން މިވަނީ ޑިސްޓިންކްޝަން ސްޓާރ އަދި ޑިސްޓިންކްޝަން ހޯދާފައި. އަދި މީގެ ތެރެއިން 43 ދަރިވަރަކު އެދަރިވަރުން ފުރިހަމަ ކުރި މި ޕްރޮގްރާމް ސައްތައިން ސައްތަ ފުރިހަމަ ނަތީޖާ ހާސިލްކޮށް 1 ވަނަ ހޯދާފައިވޭ. ދަރިވަރުންގެ ޚާއްޞަ މިކާމިޔާބީތަކަށް ފަޚްރުވެރިކަމާއެކު ތަޙުނިޔާ ކިޔަން” އެޑިއުކޭޝަން މިނިސްޓަރ ވިދާޅުވިއެވެ.

    މިނިސްޓަރ ވިދާޅުވީ، މިމަސައްކަތްތަކުގެ ކާމިޔާބީގެ ސިއްރަކީ ދިމާވާ ހުރަސްތައް ރަނގަޅަށް ސާފުކޮށް، ދެނެގަނެ އަދި މިކަމުގައި ޝާމިލްވާ ހުރިހާ ފަރާތެއްގެ އަޑުއަހާ ޚިޔާލު ހޯދާ މަޝްވަރާ ލިބިގަނެ އެގޮތުގެ މަތިން ސިޔާސަތުތައް ބައްޓަން ކުރުންކަމަށެވެ.

    އެޑިއުކޭޝަން މިނިސްޓްރީން ބުނީ، 2017 ވަނަ އަހަރު ޘާނަވީ އިމްތިޙާނުގައި ބައިވެރިވި ކުދިންގެ ތެރެއިން 92.8 އިންސައްތަ ދަރިވަރުންނަކީ މަތީޘާނަވީ ނުވަތަ މަތީތަޢުލީމަށް ދިއުމަށް މަގުފަހިވެފައިވާ ދަރިވަރުން ކަމަށެވެ. މިއީ 2013 ވަނަ އަހަރާ އަޅާބަލާއިރު 33.9 އިންސައްތައިގެ ކުރިއެރުމެއް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.

    • ކޮމެންޓްސް (0)

    Your email address will not be published. Required fields are marked *

    • ފުރިހަމަ ނަން

    Ads

    ads

    ކަމުދާނެ ލިޔުންތައް

    ފްލައިން ސްކޫލގެ 2 މުވައްޒަފަކަށްފިޔަވަޅުއަޅުވަން ރައީސް އަންގަވައިފި

    އައްޑޫ ފްލައިން ސްކޫލްގެ މައްސަލައިގައި ފްލައިން ސްކޫލްގެ އިސް މަޤާމެއްގައި ތިބި ދެފަރާތެއްގެ މައްސަލަ އިތުރަށް ބަލައި ފިޔަވަޅު ...

    ކަރަންޓާއި ފެން ބިލުން ބައެއް ސަރުކާރުން ހިލޭކުރަނީ

    ކޯވިޑް-19 އާއި ގުޅިގެން އާޢްމުންނަށް ދިމާވާނެ މާލީ ހާލަތަށް ބަލާ ކުރިއަށް އޮތް ދެ މަހުގެ ފެނާއި ކަރަންޓު ...

    ސައުދީއަށް ރޯދަ މަހުގެ ފުރަތަމަ ދުވަހަކީ ބުރާސްފަތި ދުވަސް

    ސައުދީ އަރަބިއްޔާއަށް، ރޯދަ މަހުގެ ފުރަތަމަ ދުވަހަކީ މިމަހުގެ 17 ވާ ބުރާސްފަތި ދުވަސްކަމަށް އެޤައުމުން ކަނޑައަޅައިފިއެވެ. މިކަން ...

    ޔޫރޯ 2020- ޗެމްޕިއަން ޕޯޗުގަލް ބަލިކޮށް ބެލްޖިއަމް ކުއާޓާއަށް

    ޔޫރޯ 2020 ގެ ރައުންޑް އޮފް 16 ގައި ޔޫރޯގެ އެންމެފަހުގެ ޗެމްޕިއަން ޕޯޗުގަލް ކަޓުވާލާ ކުއާޓަރ ފައިނަލަށް ...

    މީދޫ ގައި ޒުވާނަކު ދަންޖެހިގެން މަރުވެއްޖެ

    މިރޭ މީދޫ  ގައި ޒުވާނަކު ދަންޖެހިގެން  މަރުވެއްޖެ . ތަފްސީލް އަންނަނީ

    އައްޑޫ ސިޓީ ހިތަދޫގައި ރުކަކުން ވެއްޓިގެން ސީރިއަސް އަނިޔާތަކެއް ލިބުނު ޒުވާނަކު ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް މަރުވެއްޖެ

    އައްޑޫ ސިޓީ ހިތަދޫގައި ރުކަކުން ވެއްޓިގެން ސީރިއަސް އަނިޔާތަކެއް ލިބުނު ޒުވާނާއަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް ...