ކޮންމެ މީހަކާމެދުވެސް ހިތްހެޔޮކަމާ އިޚްލާސްތެރިކަމާއެކު ވާހަކަ ދައްކަމާތޯ ؟

ވަރަށްގާތް ރަށްޓެއްސަކު ކިޔައިދިނެވެ.

” އެއްދުވަހަކު އޭނަޔާއި އޭނަގެ ރަށްޓެއްސަކު  އޮފީހެއްގެ މުވައްޒަފަކާ މުހިއްމުކަމަކު ބައްދަލުކޮށްލަން ދާންޖެހުނެވެ. އެހެންކަމުން އެއޮފީހަށް ގޮސް އޮފީހަށް ވަންއިރު  އޮފީސް ތެރޭގައި ދެތިން އަންހެން ކުއްޖަކު  ވާހަކަ ދައްކަން ތިއްބެވެ. ގާތްގަޑަކަށް ދެތިން މިނިޓަށް އެކުދިން ހީހީފައި ވާހަކަ ދައްކަމުން ދިޔައެވެ. އެވަގުތު އަޅުގަޑުމެން މިއައީ  މިވެނި މީހަކާ  ބައްދަލުކޮށްލަން ވެގެންނޭ ބުނީމެވެ. އެކަމަކު އެކުދީން އެހާ ބޮޑަކަށް އެވާހަކައަކަށް ސަމާލުކަމެއް ނުދިނެވެ. ފަހަރެއްގައިވެސް އެކުދީން އެތިބީ ސަރުކާރު ހިތްސާވާ އޮފީހެއްގައި   ސަރުކާރުގެ ވަޒީފާއެއްގައިކަމެއް  އަދި އެއީ ރަސްމީގަޑިކަމެއް  އެކުދީންނަށް އިހްސާސް ނުވާކަހަލައެވެ. ދެން އަހަރެމެން އެބޭފުޅާ ނޫޅުއްވަނީތޯ  އަހާލީމެވެ. ޖަވާބުގައި އެތަނުން ކުއްޖަކު ” އެބައުޅުއްވާހެން ހީވަނީ ”  އޭ ބުނެލިއެވެ. އެއަށްފަހުއަނެއްކާވެސް އެކުދީން އަޑުގަދަކޮށް ހީހީފައި  އަމިއްލަ ވާހަކަތައް ދައްކަން ފެއްޓިއެވެ. އެތާ ތިބޭތާ ފަސްވަރަކަށް މިނިޓްފަހުން  އަނެއްކާވެސް އެބޭފުޅާއަށް އަޅުގަޑުމެން އައިސްތިބި  ވާހަކަ  ދަންނަވާލެވިދާނެތޯ  އަހާލީމެވެ.  އެހެން ބުނުމުން އެތަނުން ކުއްޖަކު އާނ !  އޭ ބުނެލިއެވެ. އަދި ވަރަށް ފަރުވާ ކުޑަގޮތަކަށް މިބަލަނީ މަޑުކޮއްލާށޭ ބުނެލިއެވެ. ”

މީ މަދުން ނަމަވެސް ފެންނަމުންދާ މަންޒަރެކެވެ. އޮފީސް އޮފިހަށް އެކި ކަންކަމުގައިދާ  މީހުންނަށް  އޮފީހުން ބައްދަލުވާ މުވައްޒަފުން  މައުލޫމާތު ސާފްކޮށްދޭންޖެހޭއިރު ދޭންޖެހޭ ސަމާލުކަން ނުދެވި  މުވައްޒަފުން އެމީހުންގެ އަމިއްލަ ކަންކަމުގައި  ނުވަތަ  އަމިއްލަ ފޯނުން ވާހަކަ ދައްކަން ތިބޭތަން މިދަނީ ފެންނަމުންނެވެ. މީގެ ސަބަބުން އޮފީހަށް ދާމީހާއަށް ގިނަ އަދުގޫތަކާ ހިތްހަމަނުޖެހުންތަކާއި ކުރިމަތިލާންޖެހެއެވެ.

މިއީ ބައެއް އޮފީސްތަކުގެ  ބައެއް މުވައްޒަފުންގެ ފަރާތުން ފެންނަ ކަމަކަށްވާއިރު  އެކަމުގެ ސަބަބުން  މުޅި އެއޮފީސް  ބަދުނާމުވާގޮތްވެއެވެ.  ސަބަބަކީ  އޮފީހަށް ދާ މީހާއާއި  ބައްދަލުވާ ފަރާތްތަކުން  މިފަދަ ނޭދެވޭ ގޮތަކަށް އަމަލު ކުރާތަން ފެނުމުންނެވެ. އެހެންކަމުން އޭނާއަށް ވިސްނޭނީ މުޅި އޮފީހުގެވެސް  އާދަކަމުގައެވެ.  އަދި އެމީހާއަށް  އެއޮފީހާއިމެދު  ދެކެވޭގޮތް  މުޅިން ބަދަލުވެގެންދެއެވެ.

މިއީ އޮފީސްތަކުގެ މިފަދަ މަގާމްތަކުގައި  ތިބޭ މުވައްޒަފުން ސަމާލުކަން  ދޭންޖެހޭނެކަމެކެވެ. އަދި އޮފީހަށްދާ ކޮންމެ މީހަކާމެދުވެސް  ހިތްހެޔޮކަމާ  އިޚްލާސްތެރިކަމާއެކު  ވާހަކަ ދައްކާ އެދާ ކަމަކަށް މަގުފަހިކޮށްދޭން ޖެހޭނެއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އައްޑޫ ސިޓީ މަރަދޫގައި މަސް މާރުކޭޓެއް ތަރައްޤީކުރަނީ

އައްޑޫ ސިޓީ މަރަދޫގައި މަސް މާރުކޭޓެއް ތަރައްޤީކުރުމަށް އައްޑޫ ސިޓީ ކައުންސިލުން ނިންމައިފިއެވެ. އައްޑޫ ސިޓީ ކައުންސިލުން މިހާރުވަނީ ...

ކުރިއަށްއޮތް 5 އަހަރު އިބޫގެ ވެރިކަމެއް ނިމޭއިރު އައްޑޫސިޓީގެ އެއްވެސް މީހަކު ވަޒީފާ ނުލިބިގެން އުޅޭކަށް ނުޖެހޭނެ- ރޮޒެއިނާ

ކުރިއަށްއޮތް 5 އަހަރު އިބޫގެ ވެރިކަމެއް ނިމޭއިރު މިއައްޑޫސިޓީގެ އެއްވެސް މީހަކު ވަޒީފާ ނުލިބިގެން އުޅޭކަށް ނުޖެހޭނެކަމަށް އައްޑޫ ...

އިސްދޫ ދާއިރާގެ މެންބަރު އެމްޑީޕީއަށް ސޮއިކުރައްވައިފި

ރައްޔިތުންގެ މަޖިލީހުގެ އިސްދޫ ދާއިރާގެ މެންބަރު ޢަލީ ޙަމީދު ޖުމްހޫރީ ޕާޓީން ވަކިވެ، އެމްޑީޕީއަށް މިއަދު ސޮއިކުރައްވައިފިއެވެ. އަލީ ...