އުރީދޫގެ އާ ޕޯސްޓްޕެއިޑް ޕެކޭޖުތަކަށް ހާއްސަ ކެމްޕެއިނެއް ފަށައިފި

އުރީދޫއިން އަލަށް ތައާރަފު ކޮށްފައިވާ ޕޯސްޓްޕެއިޑް ޕެކޭޖުތަކާއި ގުޅޭ މައުލޫމާތު ފޯރުކޮށްދިނުމަށް ހާއްސަ ކެމްޕެއިނެއް ފަށައިފި އެވެ.

އުރީދޫގެ އާ ޕޮސްޓްޕެއިޑް ޕެކޭޖުތައް ތައާރަފުކުރީ މިދިޔަ މާޗް މަހުގެ ތެރޭގައި އެވެ.

އުރީދޫއިން ބުނީ މި ކެމްޕެއިންގެ ދަށުން އާ ޕޯސްޓްޕެއިޑް ޕެޖޭކުތައް ބޭނުން ކުރާ ކަސްޓަމަރުންނަށް އެންމެ ފަހުގެ ފޯނުތައް އިންސްޓޯލްމަންޓަށް ލިބުމާއި ލައިފް އިންޝުއަރެންސް ފަދަ ހިދުމަތް ލިބޭނެ ކަމަށެވެ. އަދި ރާއްޖޭގެ މަޝްހޫރު އައުޓްލެޓްތަކާއި ދުނިޔޭގެ މަޝްހޫރު ބްރޭންޑްތަކުން ޑިސްކައުންޓްތައް ލިބުން ފަދަ ގިނަ ފައިދާތަކެއް ލިބޭނެ ކަމަށެވެ.

ލައިފް އިންޝުއަރެންސް: މިއީ އުރީދޫން މި މަހުގެ ތެރޭގައި މުޅިން އަލަށް ފަށަން ތައްޔާރު ވަމުން އަންނަ ޚިދުމަތެކެވެ. އުރީދޫން ބުނީ މި ޚިދުމަތް ތައާރަފް ކުރުމަށް އެލައިޑް އިންޝުއަރެންސާ އެކު ވަރަށް ގާތުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ޕްރައޯރިޓީ ޕާސް މެމްބާޝިޕް: މި ޚިދުމަތް މެދުވެރިކޮށް ދުނިޔޭގެ އެކި ސަރަހައްދުތަކުގައިވާ 1،000 އަށް ވުރެ ގިނަ އެއާޕޯޓު ލައުޖުތަކުން ހިލޭ ޚިދުމަތް ލިބޭނެ އެވެ.

އުރީދޫގެ ޚާއްސަ ކަސްޓަމަރުންނަށް ޚިދުމަތް ދޭ ކްލަބް ޕްރިމިއާ ލައުންޖު ބޭނުން ކުރެވޭނެ އެވެ.

ކްލަބް ޕްރިމިއާ ކަސްޓަމަރުންނަށް ޚާއްސަ ހެލްޕްލައިނެއްގެ ޚިދުމަތް ލިބޭނެ އެވެ.

އުރީދޫގެ ޕްރޮމޯޝަންތަކާއި ޚިދުމަތްތަކުން ޚާއްސަ އޮފާތައް ލިބޭނެ އެވެ.

މި ކެމްޕެއިނާއި ގުޅޭގޮތުން އުރީދޫގެ މެނޭޖާ ޕޯސްޓްޕެއިޑް ބިޒްނަސް، ދިޔާނާ އަފީފް ވިދާޅުވީ އުރީދޫއިން އަބަދުވެސް މަސައްކަތްކުރަމުން ގެންދަނީ ކަސްޓަމަރުންނަށް ހިދުމަތް ބޭނުންކުރުމުގައި ދެމެހެއްޓެނިވި ގޮތެއްގައި އިތުރު ފުރިހަމަކަމެއް ގެނެސްދިނުމަށް ކަމަށެވެ. އުރީދޫގެ ފަހުގެ ޕޯސްޓްޕެއިޑް ޕެކޭޖްތަކަކީ ރާއްޖޭގައި އެންމެ ފުރިހަމަ ޕެކޭޖްތައް ކަމަށް އޭނާ ވިދާޅުވި އެވެ.

“މިޕެކޭޖްތަކަކީ އެންމެހާ ކަސްޓަމަރުންގެ ބޭނުންތަކަށް ފެތޭ ގޮތަށް ތައްޔާރުކުރެވިފައިވާ، އަންލިމިޓެޑްކޮށް ގުޅާ އަދި އެސްއެމްއެސްކޮށްލެވޭ އަދި އެންމެ ބޮޑު ޑޭޓާ އެލަވެންސްތައް ހިމެނޭނެ ޕެކޭޖްތައް. މީގެ އިތުރުން މިޕެކޭޖްތައް ނެގުމުން އެންމެ ފަހުގެ ފޯނުތައް އިންސްޓޯލްމެންޓް ސްކީމްގެ ދަށުން ކަސްޓަމަރުންނަށް ލިބުން، ޕެކޭޖް ނެންގެވުމުން ލައިފް އިންޝުއަރެންސް ލިބުން، އަދި ރާއްޖޭގެ މަގުބޫލް އައުޓްލެޓްތަކާއި އަދި ދުނިޔޭގެ މަޝްހޫރު ބްރޭންޑްތަކުން ވަރަށް ފުރިހަމަ ޑިސްކައުންޓްތައް ލިބުން ފަދަ ގިނަ ފައިދާތަކެއް ހިމެނޭ.” ދިޔާނާ ވިދާޅުވި އެވެ.

އުރީދޫއިން ބުނީ މި ޕެކޭޖުތަކާއި ގުޅޭ މައުލޫމާތު ދިނުމަށް ހާއްސަ ކެމްޕެއިނެއް ކުރިޔަށް ގެންދާނެ ކަމަށެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ދައުރު ނިމުމުގެ ކުރިން ނިޒާމީ ވޯޓު ނެގުމަށް ރައީސް ހުށަހަޅުއްވައިފި

މި ދައުރު ނިމުމުގެ ކުރިން ރާއްޖޭގައި ބާއްވާނެ ވެރިކަމުގެ ނިޒާމާއި ގުޅޭ ގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓު ...

ހުޅުމާލޭ ކޮވިޑް ވިލެޖުގައި މަސައްކަތް ކުރާ ދެ މީހަކު ޕޮޒިޓިވްވެއްޖެ

ހުޅުމާލޭ ކޮވިޑް ވިލެޖުގައި މަސައްކަތް ކުރާ ދެ މީހަކު ޕޮޒިޓިވްވެއްޖެއެވެ. ހުޅުމާލޭގައި ގާއިމް ކުރާ “ކޮވިޑް ވިލެޖް” އަކީ، ...

ފައިދާ ގޯލްގެ ތަފާތުން މީދޫ ކަޓުވާލައި ހިތަދޫ ފައިނަލަށް

އައްޑޫ ޔޫތު ޗެލެންޖް 2020 ފުޓްބޯޅަ މުބާރާތުގެ ފައިނަލަށް ހިތަދޫ އެފްސީ ދަތުރުކޮށްފިއެވެ. މީދޫގައި ކުރިއަށްދާ  މިމުބާރާތުގައި ހިތަދޫޓީމާއި ...