ފިތުރު ޢީދަކީ އާންމު ގޮތެއްގައި އާއިލާއާއި ގާތްތިމާގެ މީހުންނާއި ރައްޓެހިނަށް ޒިޔާރާތްކޮށް، ޢީދު ސާލާން ބަދަލު ކޮށް، އެންމެން އެއްކޮށް ކާލާ އުފާވެރި ވަގުތުތަކެށް ހޭދަކުރާ ދުވަހެކެވެ. އެހެންނަސް، މި އަހަރުގެ ޢީދަކީ އެހެން އަހަރުތަކާ ޙިލާފަށް ގޭގައި، އެންމެ ގާތް އަދި ލޯބިވާ މީހުންނާ ދުރުގައި ހޭދަ ކުރަންޖެހިފަވާ ޢީދެކެވެ. މި ދަނޑިވަޅުގައި، ދިމާވެފައިވާ ގޮންޖެހުންތަކާއެކު ގޭގައި ތިބެގެން އުފާވެރި، ކުލަގަދަ ޢީދެއް ފާހަގަ ކުރުމުގެ ފުރުސަތު ފަހި ކޮށްދިނުމުގެ ގޮތުން އުރީދޫ މޯލްޑިވްއިން ވަނީ އުރީދޫ ޢީދު ޝޯ 2020 ގެ ނަމުގައި ޑިޖިޓަލް މިއުސިކް ޝޯއެއް އިންތިޒާމް ކޮށްފައެވެ.

އުރީދޫން ބުނިގޮތުގައި މި ޝޯ ގައި ރާއްޖޭގެ މަޝްހޫރު އަދި ކުޅަދާނަ ފަންނުވެރިންތަކެށް ފެނިގެންދާނެއެވެ. އޭގެ ތެރެއިން ޒަކިއްޓެ، އަންޔާ، މީރާ، ޝަންމޫނު، ހަބޭސް އިންޑީ، ހަބޭސް ތޮލާ، އިބްރާހިމް ވަހީދު – ބޮޑުބެ އަދި ޒަމާނުއްސުރެ ދިވެހިންގެ މަގުބޫލުކަން ހޯދާފައިވާ ކުޅަދާނަ ގިޓާ ކުޅުންތެރިޔާ ފަސީ ލައިވް ހިމެނެއެވެ.

އުރީދޫން ބުނީ ކޯވިޑް 19 އާއި ގުޅިގެން ފްރޮންޓްލައިންގައި އުޅުއްވާ އެންމެހާ ފަރާތްތަކުން ކުރައްވާ ބުރަ މަސައްކަތް އުރީދޫ މޯލްޑިވްސްއިން ފާހަގަކޮށް ޝުކުރު އަދާކުރުމާއި އެކު، ޢީދުގެ ތަހުނިޔާ އެފަރާތްތަކަށް ފޮނުވާ ކަމަށެވެ. އަދި ފަސްޓް ރެސްޕޯންސް ގެ ޚިދުމަތް ބޭނުންވާ ފަރާތްތަކަށް ޚިދުމަތްދިނުމުގެ އިތުރުން، އެހީތެރިކަމަށް ބޭނުންވެފައިތިބި އެތައް ބިދޭސީންނަކަށް ކެއުމާއި ސާފުތާހިރުވުމަށް ބޭނުންވާ ތަކެތި ފޯރުކޮށްދިނުމުގައި ވަރުބަލި ކަމެއްނެތި ރެޑް ކްރެސެންޓްއިން ކުރަމުންދާ މަސައްކަތްވެސް އުރީދޫއިންވަނީ ފާހަގަކޮށްފައެވެ. މި ޚިދުމަތުގެ އަގުވަޒަންކޮށް، ދެމެހެއްޓެނިވި ގޮތެއްގައި މި އެހީ ބޭނުންވާ ފަރާތްތަކަށް ފޯރުކޮށްދިނުމުގެ ގޮތުން، އުރީދޫއިން އެދެނީ ވީހާވެސް ގިނަ ފަރާތްތަކުން ރެޑް ކްރެސެންޓަށް ޑޮނޭޓްކުރުމުގައި ބައިވެރިވުމަށެވެ.

އުރީދޫ ޢީދު ޝޯ ބޭއްވުމަށް ހަމަ ޖެހިފައިވަނީ މިމޭ، 9 އެއް ޖަހާއިރު އުރީދޫ މޯލްޑިވްސްގެ ޔޫޓިއުބް ޗެނަލްގައެވެ. އުރީދޫ މޯލްޑިވްސްއިން އިން، ގޭގައިތިއްބަވައިގެން މި ކުލަގަދަ ޢީދު ޝޯގައި ބައިވެރިވުމަށް އެންމެހާ ބޭފުޅުންނަށް އެ ކުންފުނިން ދައުވަތު އަރުވައެވެ

ޝޯ ބާއްވަން ހަމަޖެހިފަވާ ގަޑީގައި އުރީދޫ މޯލްޑިވްސް ގެ ސޯޝަލް މީޑިއާ މެދުވެރުކޮށް ނުވަތަ މި ލިންކް: https://youtu.be/sbOE8ILzos0 މެދުވެރިކޮށްވެސް ޝޯ ބަލާލެވޭނެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ޑްރަގު ހުރި ދަބަސް އަތުން ނުފެނުނީތީ، ފިލްމީތަރި މަލީހާ މައްޗަށް ދައުވާ ސާބިތެއް ނުވި

މަސްތުވާތަކެތި ގެންގުޅުނު ކަމަށް ބުނެ ފިލްމީތަރި މަލީހާ ވަހީދު (މަލް) ގެ މައްޗަށް، ދައުލަތުން ކުރި ޑައިމޯފިން ޓްރެފިކް ...

ސައުދީއަށް ރޯދަ މަހުގެ ފުރަތަމަ ދުވަހަކީ ބުރާސްފަތި ދުވަސް

ސައުދީ އަރަބިއްޔާއަށް، ރޯދަ މަހުގެ ފުރަތަމަ ދުވަހަކީ މިމަހުގެ 17 ވާ ބުރާސްފަތި ދުވަސްކަމަށް އެޤައުމުން ކަނޑައަޅައިފިއެވެ. މިކަން ...

އައްޑޫސިޓީ: ގުޅިފައިވާ ރަށްތަކުގެ މިސްކިތްތަކުގައި އަދުން ފެށިގެން ޖަމާއަތުގައި ނަމާދުކުރުން މެދުކަނޑާލައިފި

ކޮވިޑް-19 އާއި ގުޅިގެން  ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުގައި އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުގެ މިސްކިތްތަކުގައި ޖަމާޢަތުގައި ނަމާދުކުރުން ވަގުތީގޮތުން ...