ނޫނު މާފަރު އެއަރޕޯޓުގައި ކޮވިޑަށް ޓެސްޓް ހަދާ ހަދާ ލެބޯޓަރީއެއް ޤާއިމްކުރުމުގެ މަސައްކަތް ސޮނޭވާ ރިސޯޓުން ކުރިއަށްގެންދާކަމަށް މޯލްޑިވިއަންއިން ބުނެފިއެވެ.

މާފަރު އެއަރޕޯޓް އޮޕަރޭޓްކުރާ މޯލްޑިވިއަންގެ މެނޭޖިންގ ޑިރެކްޓަރ ރިޒްވީ ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒް ކޮމެޓީގައި ވާހަކަ ދައްކަވަމުން މިދިޔަ ހަފްތާގައި ވިދާޅުވީ،މާފަރު އެއާޕޯޓްގައި ތައްޔާރުކުރަމުންދާ  ލެބޯޓްރީގެ މަސައްކަތް ނިންމާ އަންނަ ހަފްތާގެ ތެރޭގައި ބޭނުންކުރަން ފަށާނެކަމަށެވެ.

” މާފަރުގައި ސޮނޭވާ ގްރޫޕުގެ ޚަރަދުގައި ޕީސީއާރު ޓެސްޓް ހެދޭނެ ލެބެއް އެބަ ހަދާ. އެތަނުން ހުރިހާ ފަތުރުވެރިން ޓެސްޓްކޮށްގެން ރިސޯޓްތަކަށްދާނީ. އެއީ ސޮނޭވާ ގްރޫޕުން ކޮށްދޭކަމެއް. 25 ވަނަ ދުވަހަށް ލެބް ރެޑީވާނެ” ރިޒްވީ ވިދާޅުވިއެވެ.

ރިޒްވީ ވިދާޅުވީ މާފަރުގައި ކޯވިޑްއަށް ޓެސްޓްކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަކީ ފަތުރުވެރިން އަންނަ އަދަދު އިތުރުވެގެންދާނޭ ސަބަބެއްކަމަށެވެ.

މާފަރުގައި ކޯވިޑަށް ޓެސްޓްކުރެވޭނެ އިންތިޒާމް ހަމަޖައްސަމުންދާއިރު، އަންނަމަހުގެ އެއްވަނަ ދުވަހުން ފެށިގެން މާފަރު އެއަރޕޯޓު ބޭނުންކުރަމުންދާނީ ފުރިހަމަ އިންޓަރނޭޝަނަލް އެއަރޕޯޓެއްގެ ގޮތުގައި ކަމަށް މޯލްޑިވިއަނުން ވަނީ ބުނެފައެވެ.

މޯލްޑިވިއަންއިން މަޢުލޫމާތުދޭ ގޮތުގައި މާފަރު އެއަރޕޯޓް އިންޓަރނޭޝަނަލް އޮޕަރޭޝަނަށް ބަދަލުކުރުމަށްޓަކައި ގެންނަންޖެހޭ ބަދަލުތައް މިހާރު ގެންނަމުންދާ ކަމަށާއި އައު އާންމު ހާލަތު ފަށާއިރު މާފަރު އެއަރޕޯޓު ބޭނުންކުރަން ފަށާނީ އިންޓަރނޭޝަނަލް އެއަރޕޯޓެއްގެ ގޮތުގައި ކަމަށެވެ.

މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓަކީ އަބޫދާބީ ފަންޑުން ހަދިޔާކުރި 60 މިލިއަން ޑޮލަރުގެ ހިލޭ އެހީގެ ދަށުން މާފަރުގައި ތަރައްޤީކޮށްފައިވާ އެއަރޕޯޓެކެވެ. މި އެއަރޕޯޓުގެ ރަންވޭގެ ދިގުމިނުގައި 2200 މީޓަރު އަދި ފުޅާ މިނުގައި 40 މީޓަރު ހުރެއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ލޯންޗް އެކްސިޑެންޓުގައި ގެއްލުނު މީހާ މަރުވެފަ އޮއްވަ ފެނިއްޖެ

ދެ ލޯންޗު ޖެހި ރޭ ހިނގި އެކްސިޑެންޓުގައި ގެއްލުނު މީހާ ކަނޑު އަޑީގައި މަރުވެފަ އޮއްވަ ފެނިއްޖެ އެވެ. ...

ދިވެހިންނަށް ވީޒާއާ ނުލައި އިންޑިއާއަށް ދެވޭނެ އިންތިޒާމް ހަމަޖައްސަވައިފި

އިންޑިއާއަށް ބޭސްފަރުވާއަށްދާ ދިވެހިން ވިސާ ހޯދަން ނުޖެހޭ ގޮތަށް އެ ގައުމުން ހަމަޖައްސައިފިއެވެ. ގިނަ އަދަދެއްގެ ދިވެހިން ބޭސްފަރުވާއަށް ...

ޕްރޮފެސަރު އުގެއިލްގެ ތާއީދު ރައީސް ޞާލިހަށާ އަސްލަމަށް

ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙަށް ތާއީދު ކުރައްވަން ޕްރޮފެސަރު ޙަސަން އުގެއިލް ...