ޕްރިމިއާލީގުގެ ކުޅުންތެރީންގެ މުސާރަ ކުޑަކުރަން އެއްބަސް ނުވުމަށް ޕީއެފްއޭ އިން ކުޅުންތެރީންނަށް އިރުޝާދު ދީފި

އިގިރޭސި ޕްރިމިއާލީގުގެ ކުޅުންތެރީންގެ މުސާރަ ކުޑަކުރުމަށް ކުލަބްތަކުން ހުށަހެޅިނަމަވެސް އެގޮތައް އެއްބަސް ނުވާން ޕްރޮފެޝަނަލް ފުޓްބޯލް އެސޯސިއޭޝަން “ޕީއެފްއޭ” އިން ކުޅުންތެރީންނަށް އަންގަމުން އަންނަކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

ކޮވިޑް19 ފެތުރެމުންދާތީ ފުޓްބޯޅަ ސީޒަން މެދުކަނޑާލާފައިވާ މިމުއްދަތުގައިވާ ކްލަބްތަކަށް ލިބެމުންދާ ގެއްލުންތައް ފޫބެއްދުމުގެ ގޮތުން ކުލަބްތަކުން އަންނަނީ ޚަރަދު ކުޑަކުރުމުގެ ގޮތުން އެކި ކަންތައްތައް ރާވަމުންނެވެ. މިގޮތުން ފާއިތުވި 24 ގަޑި އިރުގެ ތެރޭގައި ޕްރިމާލީގުގެ 2 ކުލަބެއްކަމަށްވާ ނިއުކާސަލް ޔުނައިޓެޑާއި ޓޮޓެމްހަމްއިން ވަނީ އެކްލަބް ގެ ސްޓާފުންނާއި ކުޅުންތެރީންގެ މުސާރަ ކުޑަކުރަން ހުށަހަޅާފައެވެ. ރިޕޯޓްތައް ބުނާގޮތުން މިދެކްލަބުންވެސް ހުށަހަޅަނީ މުސާރައިގެ %20 ކުޑަކުރުމަށެވެ.

އިންގްލެންޑް ކުޅުންތެރީންގެ ހައްގުގައި އުފައްދާފައިވާ ޔުނިއަން ” ޕީއެފްއޭ” އިންވަނީ ކުލަބްތަކުން މުސާރަ ކުޑަކުރުމަށް ކުރަމުންދާމި މިމައްސަލައިގެ ތެރެއަށް ވަންނަން ނިންމާފައެވެ. މިގޮތުން ޕީއެފްއޭގެ ހުށަހެޅުމަކީ އެ ޔުނިއަންގައި ރަޖިސްޓްރީވެފައިވާ އެއްވެސް ކުޅުންތެރިއަކު މުސާރަ ކުޑަކުރަން އެއްބަސް ނުވުމެވެ. ސަބަބަކީ އިގިރޭސި ޕްރިމިއާލީގަކީ އެކިގޮތްގޮތުން އާމްދަނީ ވަންނަ ވިޔަފާރިއަކަށްވެފައި މިމުއްދަތުގައި ކުޅުންތެރީންގެ މުސާރަ ކުޑަކޮށްގެން ބައެއް ކްލަބްތަކުން އޭގެ ނާޖާއިޒް ފައިދާނެގުމުގެ ފުރުސަތު އޮތުންކަމަށް “ޕީއެފްއޭ” އިން ވަނީ ހާމަކޮށްފައެވެ.

ކޮވިޑް 19 ގެ ސަބަބުން މެދުކަނޑާލާފައިވާ ސްޕެނިޝްލީގު ، އިޓަލިއަން ލީގު އަދި ޖަރުމަން ލީގުގެ ކްލަބްތަކުގެ ކުޅުންތެރީން ވަނީ މުސާރަ ކުޑަކުރަން އެއްބަސް ވެފައެވެ. އެހެންނަމަވެސް އިގިރޭސި ޕްރިމިއާލީގަކީ މިހުރިހާ ލީގަކާ އަޅާބަލާއިރު މާލީގޮތުން މާތަނަވަސް ލީގެކެވެ. ޓީވީ ރައިޓްސް ވިއްކައިގެން އަދި އެހެނިހެން ސްޕޮންސަރުން މެދުވެރިކޮށް ޕްރިމިއާލީގުގެ ކުލަބްތަކަށް ލިބޭ އާމްދަނީ ވަރަށް ބޮޑެވެ. ޕްރިމިއާ ލީގުގެ އެންމެ ފުލަށްދާޓީމަށްވެސް ޓީވީ ރައިޓްސްގެ ގޮތުގައި ޖަރުމަން ލީގުގެ ޗެމްޕިއަންޓީމަށް ލިބޭ އާމްދަނީއަށްވުރެ ބޮޑު އަދަދެއް ލިބުމުގެ ފުރުސަތު އޮވެއެވެ.

އިގިރޭސި ޕްރިމިއާލީގުގެ ކްލަބްތަކުން މުސާރަ ކުޑަކުރުމަށް ކުޅުންތެރީންނަށް އެންގުމުން އެކަން “ޕީއެފްއޭ” އަށް އަންގަން ޖެހޭގޮތައް މިހާރު އެޔުނިއަނުންވަނީ ކުޅުންތެރީނަނަށް އިރުޝާދު ދީފައެވެ.

ކޮވިޑް19 ގެ ސަބަބުން މާރޗްމަހުގެ 12 އިން ފެށިގެން ޔޫރަޕްގެ ފުޓްބޯޅަ މުބާރާތްތައްވަނީ މެދުކަނޑާލާފައެވެ. މެދުކަނޑާލާފައިވާ ޕްރިމިއާލީގު ކުޅުން އަލުން ފަށަން ކުރީން ހަމަޖެހިފައިވާ ތާރީޚަކީ މިމަހުގެ 30 ކަމުގައި ވީނަމަވެސް އެތާރީޚުގައި މުބާރާތް ނުފެށޭނެކަމަށް ގިނަ ތަޖުރިބާ ކާރުން ބުނެއެވެ.

މަސްދަރު: ޕީއެސްއެމް ސްޕޯޓްސް

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ރިޔާސީ އިންތިހާބަށް ކުރިމަތިލާން ހުޅުވާލައިފި

ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގައި ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. ...

މި އަހަރު ރާއްޖެ ޒިޔާރަތްކުރި އެއް މިލިއަން ވަނަ ޓޫރިސްޓަކަށް ތުރުކީ ވިލާތުގެ ފިރިހެނަކު ހޮވިއްޖެ

މި އަހަރު ރާއްޖެ ޒިޔާރަތްކުރި އެއް މިލިއަން ވަނަ ޓޫރިސްޓު މިއަދު ރާއްޖެ އަތުވެއްޖެވެ. މި އަހަރު ރާއްޖެ ...

ކޮވިޑް 19 – މިއަދު ހުޅުދޫއާއި މީދުން ޕޮޒިޓިވްވީ ދެމީހުން

މިއަދު ހުޅުދޫ އާއި މީދުން ކޮވިޑް 19 އަށް ޕޮޒިޓިވް ވެފައިވަނީ ދެމީހުންކަމަށް ހުޅުމީދޫ ސިއްހީމަރުކަޒުން ހާމަކޮށްފިއެވެ. ސިއްހީމަރުކަޒުން ...