ޕްރިންސް ހެރީއާއި މޭގަން މާކަލް ކައިވެނިކޮށްފި

އިނގިރޭސިވިލާތުގައި ޕްރިންސް ހެރީއާއި މޭގަން މާކަލް ކައިވެނިކޮށްފިއެވެ
ޢުމުރުން 33 އަހަރުގެ ޕްރިންސް ހެރީ އާއި ޢުމުރުން 36 އަހަރުގެ މޭގަން މާކަލްގެ ކައިވެނީގެ ރަސްމިއްޔާތުގައި  ދުނިޔޭގެ އެކި ހިސާބުތަކުން 600 މެހުމާނުން ބައިވެރިވެފައިވެއެވެ. އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުން އެތަށް މިލިއަން ބަޔަކު ވަގުތުން މިކައިވެނީގެ   ރަސްމިއްޔާތު ބަލާފައިވެއެވެ.

އިނގިރޭސިވިލާތުގެ ޕްރިންސް ހެރީ އާއި ހޮލީވުޑްގެ ބަތަލާ މޭގަން މާކަލްގެ މި ކައިވެނީގެ ކޮންމެ ކަމެއްވެސް ވެގެން ގޮސްފައިވަނީ ދުނިޔޭގެ ފަލަ ސުރުޙީތަކުން ޖާގަ ހޯދިކަންކަމަށެވެ.

 

ދުނިޔޭގެ އެތައް މިލިއަން ބަޔަކު ވަގުތުން ބަލަމުން ދިޔަ މިރަސްމިއްޔާތުގައި ހެރީގެ 92 އަހަރުގެ މާމާފުޅު އިނގިރޭސި ރާނީ އެލިޒަބަތާއި އެކަމަނާގެ ފިރިކަލުން ޕްރިންސް ފިލިޕް ބައިވެރިވެވަޑައިގެންނެވިއެވެ.

ޝާހީ ކައިވެނީގެ މި ހަފުލާގައި ލަވަކިޔުންތެރިޔާ އެލްޓަން ޖޯން، ހޮލީވުޑުގެ ތަރި ޖޯޖް ކްލޫނީ އާއި އަމާލް ކްލޫނީ، ފުޓުބޯޅަ ކުޅުންތެރިޔާ ޑޭވިޑް ބެކަމް އާއި ވިކްޓޯރިއާ ބެކަމް، ޓެނިސް ތަރި ސެރީނާ ވިލިއަމްސް އާއި އެމެރިކާގެ މަޝްހޫރު ޓީވީ ހުށަހެޅުންތެރިޔާ އޯޕްރާ ވިންފްރީ ބައިވެރިވިއެވެ.
ހިތުގެ އޮޕަރޭޝަނެއް ކުރަން ޖެހުމުން މޭގަންގެ ބައްޕާފުޅު ތޯމަސް މާކްލް ކައިވެނީގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިނުގަންނަވައެވެ. މޭގަން މިކައިވެނީގެ ރަސްމިއްޔާތަށް ވަޑައިގެންނެވީ މަންމާފުޅު ޑޯރިއާއާ އެކުއެވެ. ހުދުކުލައިގެ ވެޑިން ޑްރެސްގައި ޢުމުރުން 36 އަހަރުގެ މޭގަން ޗަޕަލްގެ އައިލްސަށް ވަޑައިގެންނެވީ ހެރީގެ ބައްޕާފުޅު ޕްރިންސް ޗާލްސްގެ އަރިހުގައެވެ.

ހެރީ ވަޑައިގެންނެވީ ބޭބޭފުޅު ޕްރިންސް ވިލިއަމްގެ އަރިހުގަ ކަޅު ކުލައިގެ އަސްކަރީ ޔުނިފޯމުގައެވެ.

މި ކައިވެނިން ލިބޭ ހަދިޔާތަށް އިނގިރޭސިވިލާތުގެ 6 ޗެރިޓީ ޖަމިއްޔާއަކަށް ދޭން ވަނީ ހަމަޖެހިފައެވެ.
ކައިވެންޏަށް ފަހު ހެރީ އާއި މޭގަން އަށް މުޚާތަބް ކުރާނީ ޑިއުކް އަދި ޑަޗަސް އޮފް ސަސެކްސްގެ ނަމުންނެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އިންޑިޔާގެ އުއްތަމަ ފަނޑިޔާރާ ދެކޮޅަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުން އަޑުއުފުލުން

އިންޑިޔާގެ ސުޕްރީމް ކޯޓުގެ ހަތަރު ފަނޑިޔާރުން އެ ޤައުމުގެ އުއްތަމަ ފަނޑިޔާރު ޑީޕަކް މިސްރާއަށް ވަރަށްބޮޑަށް ފާޑުވިދާޅުވެއްޖެއެވެ. މި ...

މާލީގެ ސިފައިން ނުކުމެ ރައީސް އާއި ބޮޑުވަޒީރު ހައްޔަރުކޮށްފި

މާލީގެ ސިފައިން ބަޣާވާތްކޮށް އެ ޤައުމުގެ ރައީސް އިބްރާހިމް ބޫބަކުރު ކެއިތާއާއި ބޮޑުވަޒީރު ބޫބޫ ސީސާ ސިފައިންގެ ބެލުމުގެ ...

އިންޑިއާ ފަތުރުވެރިންނަށް ޔޫއޭއީ ހުޅުވާލައިފި

ވެކްސިންގެ ހުރިހައި ޑޯޒްތައް ފުރިހަމަ ކޮށްފައިވާ ފަތުރުވެރިންނަށް ޔޫއޭއީ ހުޅުވާލައިފިއެވެ. ޔޫއެއީން ބުނެފައި ވަނީ ދުނިޔޭގެ ސިއްޙަތު ޖަމުއިއްޔާއިން ...