ކަރަންޓީނުކޮށްފައިހުރި ގެއަކަށް ޒުވާނުން ވަދެ ނިކުމެ ހެދުމަކީ ވަރަށްދެރަކަމެއް – އަލީ ނަޒީރު

މީދޫގައި ކޮވިޑާއިގުޅިގެން ހޯމް ކަރަންޓީން ކޮށްފައިވާ ގެއަކަށް ޒުވާނުން ވަދެނިކުމެ  ހެދުމަކީ ވަރަށްދެރަކަމެއްކަމަށްބުނެ ” އަލީ ނަޒީރު ” ނަމަކަށްކިޔާ ބޭފުޅަކު އެބޭފުޅާގެ ފޭސްބުކް ޕޭޖްގައި ކަންބޮޑުވުން ފާޅުކޮށްފިއެވެ.

” މީދޫ އިރިމައްތެކެޑެ ކަރަންޓިނުކޮށްފެއިހިށި ގެއަކަށް އެހިސާބު ގަނޑި ތިބި ޒުވާނުން ވެދެ ނުކުމެ ހެދުމަކީ ވަރަށް ދެރަކަމެއް ކަމަށް”  އަލީ ނަޒީރުގެ ފޭސް ބުކް ޕޭޖްގައި އެބޭފުޅާ ލިއުއްވާފައިވެއެވެ.

ކޮވިޑް-19އާ ގުޅިގެން މާލޭގައި ތާށިވެފައިތިބި މީހުންގެ ތެރެއިން އަމިއްލަ ރަށަށް އައިސް ރަށުގައި ކަރަންޓީންވާން ބޭނުންވާ މީހުންގެ ތެރެއިން ބަޔަކު މީދުއަށްވެސް އައިސްފައިވާތީ އެމީހުންތިބި ގޭގެ ވަނީ 24 ދުވަހަށް ކަރަންޓީންކޮށްފައެވެ. މިގޮތުން މީދުން ކަރަންޓީނުކޮށްފައިވަނީ ، އަސްރަފީވިލާ ، ވެސްޓްވިއު ، ޕިންކްކޮރަލް ، ބަރޯސާ ، ދަހަރާނން ، ގްރީންވިލާ އަދި އާކާޝްއެވެ.

އައްޑޫ ސިޓީއަށް އަންނަން ބޭނުންވެގެން އައިސްފައިވާ  މީހުންގެ ތެރެއިން އައްޑޫ އީކުއެޓަރ ވިލެޖްގެ ކަރަންޓީން ފެސިލިޓީގައި ހުރި މީހަކު ކޯވިޑް-19 އަށް މިއަދުވަނީ  ޕޮޒިޓިވްވެފައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އައްޑޫގައި ބުރިޖެއް އަޅައިދޭން ރައީސަށް ހުށައަޅަނީ

އައްޑޫ ސިޓީގައި ބުރިޖެއް އަޅަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ރަސްމީކޮށް ހުށަހަޅުއްވާނެ ކަމަށް އައްޑޫގެ މޭޔަރު އަލީ ...

މާލެއިން 3 ވަނަ މީހަކު ކޯވިޑް-19އަށް ޕޮޒިޓިވް ވެއްޖެ

މާލެއިން 3 ވަނަ ފަރާތެއް ކޮވިޑު-19 އަށް ޕޮޒިޓިވް ވެއްޖެކަމަށް އެޗްޕީއޭ އިން ރިޕޯޓުކޮށްފިއެވެ. މާލެއިން ތިންވަނަ މީހެއް ...