ކޯވިޑް-19 : ރާއްޖެއިން އިތުރު 9 މީހަކު ބަލިން ރަނގަޅުވެއްޖެ

  ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން އިތުރު 9 މީހުން ބަލިން ރަނގަޅުވެ ރާއްޖެއިން މިބަލިން ރަނގަޅުވި މީހުންގެ ޢަދަދު 58 އަށް އިތުރުވެއްޖެއެވެ. މިހާތަނަށް ރާއްޖެއިން މި ބަލިން ރަނގަޅުވި މީހުންގެ ތެރޭގައި ގިނައީ ދިވެހިންނެވެ.

  މި ބަލިން ރަނގަޅުވި މީހުންގެ ތެރޭގައި މި ބަލި މާލެއިން އެންމެ ފުރަތަމަ ފެނުނު ޖަރީމާގޭ ކްލަސްޓަރއަށް ނިސްބަތްވާ 2 އަހަރުގެ ތުއްތު ކުއްޖާވެސް ހިމެނެއެވެ. އަދި ބަލިން ރަނގަޅުވި މީހުންގެ ތެރޭގައި މާލެއިން ފެނުނު އެންމެ ބޮޑެތި ކްލަސްޓަރތަކަށް ނިސްބަތްވާ މީހުންވެސް ހިމެނެއެވެ.

  ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް) ގައި ހިމެނިވަޑައިގަންނަވާ ޑޮކްޓަރުން ވިދާޅުވެފައި ރާއްޖޭގައި ބަލިން ރަނގަޅުވާ މުއްދަތު ލަސްކަމަށެވެ. ނަމަވެސް ކުރިއަށ އޮތް ހަފްތާގެ ތެރޭގައި ކޯވިޑް ޖެހުނު މީހުންގެ ތެރެއިން ބަލިން ރަނަގަޅުވާ މީހުންގެ ޢަދަދު އިތުރުވާނެކަމަށް ޓެގްގެ ޑޮކްޓަރުން ވަނީ ވިދާޅުވެފައެވެ.

  ރާއްޖޭގައި މިބައްޔަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ގިނައީ ޒުވާން ޢުމުރުފުރައިގެ މީހުންނެވެ. އަދި މިބައްޔަށް ޕޮޒިޓިވްވާ މީހުންގެ ތެރެއިން ޢަލާމާތްފެންނަ މީހުންނަށްވުރެ އެއްވެސް ޢަލާމާތެއް ނުފެންނަމީހުން ގިނަކަމަށް ނެޝަނަލް އެމެޖެންސީ އޮޕަރޭޝަން ސެންޓަރުން ވިދަޅުވެއެވެ. ރާއްޖެއިން މިބަލި ޖެހުނު މީހުންގެ ޢަދަދު މިހާރު ވަނީ 1078 އަށް އަރާފައެވެ. މިހާރު ފަރުވާދެމުން އަންނަނީ 1014 މީހުންނަށެވެ. މި ބަލީގައި ރާއްޖެއިން މަރުވެފައިވަނީ 4 މީހެކެވެ.

  • ކޮމެންޓްސް (0)

  Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

  Ads

  ads

  ކަމުދާނެ ލިޔުންތައް

  ކޭސްތައް އިތުރުވެގެންދާނަމަ ސްކޫލްތަކުގެ ކިޔެވުން ކުރިއަށް ނުގެންދާނެ – އަމީން

  ކޯވިޑް-19ގެ ކޭސްތައް އިތުރުވަމުން ދާނަމަ ސްކޫލްތަކުގެ ކިޔެވުން ނުފެށޭނެކަމަށް ހެލްތު މިނިސްޓަރ ޢަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ. ޕީއެސްއެމް ނިއުސްގެ ...

  ޗައިނާގެ ވޫހާންގައި ތިބި ދިވެހިން ދިއްލީއަށް ގެންގޮސްފި

  ކޮރޯނާ ވައިރަސް އެންމެ ގަދައަށް ފެތުރި، ބަންދުކޮށްފައި އޮތް ޗައިނާގެ ވޫހާން ސިޓީގައި ތިބި ހަތް ދިވެހިން އިންޑިއާގެ ...

  އިލެކްޝަންސް ކޮމިޝަންގެ ރައީސް އަޙުމަދު ސުލައިމާން އިސްތިއުފާދެއްވައިފި

  އިލެކްޝަންސް ކޮމިޝަންގެ ރައީސް އަޙުމަދު ސުލައިމާން އިސްތިއުފާދެއްވައިފިއެވެ. މަޤާމުން އިސްތިއުފާދެއްވިކަން އީސީގެ ރައީސް އަޙްމަދު ސުލައިމާން ކަށަވަރު ކޮށްދެއްވިނަމަވެސް ...

  49 އަހަރުގެ ރެކޯޑް ލެވަންޑޯސްކީ މުގުރާލައިފި

  1972 ވަނަ އަހަރު ޖަރުމަނުގެ ބުންޑަސް ލީގުގައި އެއް ސީޒަނެއްގައި އެންމެ ގިނަ ލަނޑު ޖަހައިގެން ކުރީގެ ޖަރުމަނު ...

  ހެޕީމާކެޓުން ރޯދަ ހަދިޔާ ބަހައިފި

  ހެޕީމާކެޓުން ހުޅުދޫގެ މީހުން އުޅޭ ހުރިހާ ގެއަކަށާ މީދޫގެ ބައެއްގޭގެއަށް ރޯދަ ހަދިޔާ ބަހައިފިއެވެ. ހެޕީމާކެޓުން ހުޅުދޫގެ ހުރިހާގެއަކަށް ...

  އިތުރު ބިދޭސީއަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ

  އިތުރު މީހަކު ކޮވިޑް 19 އަށް ޕޮޒިޓިވްވެ މިއަދު ކޮވިޑް 19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 14 ...