ކޮވިޑް 19 _ އިތުރު 24 މީހަކު ކޮވިޑް 19 އަށް ޕޮޒިޓިވް ވެއްޖެ

ރާއްޖެއިން ކޯވިޑް-19އަށް އިތުރު  24 މީހަކު މިއަދު ޕޮޒިޓިވްވެ ރާއްޖެއިން މިބަލިޖެހުނު މީހުންގެ އަދަދު 642 ކަށް އަރައިފިއެވެ

އެޗްޕީއޭއިން ވިދާޅުވީ މިއަދު ޕޮޒިޓިވް މީހުންގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝްގެ 20 މީހަކާއި، އިންޑިޔާގެ  މީހެއްގެ އިތުރުން 03 ދިވެހިންކަމަށެވެ

ރާއްޖެއިން މިހާތަނަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ގިނައީ ބިދޭސީންނެވެ. ބިދޭސީންގެ 406 މީހަކު ޕޮޒިިވް ވެފައިވާއިރު، ދިވެހިންގެ ތެރެއިން ޕޮޒިޓިވް ވެފައިވަނީ 215 މީހެކެވެ.

މިހާތަނަށް ބަލި ޖެހުނު މީހުންގެ ތެރެއިން ދެ މީހެކު ވަނީ މަރުވެފައެވެ. އެއީ 83 އަހަރުގެ ދިވެހި އަންހެނަކާއި އުމުރުން 33 އަހަރުގެ ބަންގްލަދޭޝް މީހެކެވެ. ބަންގްލަދޭޝް މީހާ މަރުވީ ސީދާ ބަލީގެ ސަބަބުން ނޫން ނަމަވެސް، ބައްޔަށް ޕޮޒިޓިވްވެފައި ވުމުން އޭނާގެ މަރުވެސް ގުނަނީ ކޮވިޑް-19 މަރެއްގެ ގޮތުގައެވެ.

ކޮވިޑް-19 މާލޭގެ އިތުރުން އަތޮޅު ތެރޭގެ ބައެއް ރަށްތަކުންވެސް ވަނީ ފެނިފައެވެ. އެ ރަށްތައް ލޮކްޑައުންކޮށް ކޮންޓެކްޓް ޓްރޭސް ކުރަމުންދާއިރު، އެއް ރަށުން އަނެއް ރަަށަށް ދަތުރުކުރުންވެސް ވަނީ މަނާކޮށްފަ އެެވެ.

އަދި ކުރިއަށް އޮތް ދެހަފްތާއަކީ ރާއްޖެއަށް އެންމެ އުދަގޫ 2 ހަފްތާއަށް ވެގެންދާއިރު މިދެހަފްތާގައި ރައްޔިތުން ޚާއްސަ ސަމާލުކަމެއް ދެއްވުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސް ކުރައްވާފައެވެ.

 

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އެޕްރީލް ފަހަކުން ފެށިގެން ކިޔަވައިދޭ ހުރިހާތަނެއް ބަންދު ކުރަން އަންގައިފި !

ތައުލީމުދޭ ހުރިހާ ތަނެއްގެ ކިޔެވުން މިމަހު ފަސް ވަނަ ދުވަހުން ފެށިގެން އިތުރު އެއް ހަފުތާއަށް ބަންދު ކުރަން ...

ސްލޮވާކިއާ ބަލިކޮށް ދެވަަނަ ބުރަށް ދިއުމުގެ ފުރުސަތު ސްވިޑެން ތަނަވަސްކޮށްފި

ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ސްލޮވާކިއާ ބަލިކޮށް ދެވަަނަ ބުރަށް ދިއުމުގެ ފުރުސަތު ސްވިޑެން ތަނަވަސްކޮށްފިއެވެ. މިރޭ ސްލޮވާކިއާ އާއި ...

ހާޑްވެއަރ ލެބްގެ އާ ފިހާރައެއް ހުޅުމާލޭގައި ހުޅުވައިފި

ހާޑްވެއަރގެ ކާމިޔާބު ވިޔަފާރި ކުރަމުންއަންނަ ” ހާޑްވެއަރ ލެބް” ގެ މުޅިން އާ ފިހާރައެއް  ހުޅުމާލޭގައި ހުޅުވައިފިއެވެ. “ހާޑްވެއަރ ...