ރާއްޖެއިސްލާމްވިދުވަސް

  މިއަދަކީ ރާއްޖެ އިސްލާމްވި ދުވަހެވެ.

  ރާއްޖެ އިސްލާމްވި ދުވަސް ކަމުގައި މިފަހުން ރާއްޖޭގައި ފާހަގަކޮށް ހަދަމުން އަންނަނީ ރަބީއުލްއާޚިރާ މަހުގެ 2 ވަނަ ދުވަހެވެ. އެދުވަސް ރާއްޖެ އިސްލާމްވި ދުވަސް ކަމުގައި ބަލަމުން އަންނަނީ އެދުވަހަކީ އަބުލްބަރަކާތު ޔޫސުފުލް ބަރުބަރީ ރާއްޖެ އިސްލާމް ކުރެއްވި ދުވަސް ކަމުގައި ތާރީޚުން އެނގެން އޮތުމުންނެވެ.

  ތާރީޚުން ފެންނަން އޮތް ގޮތުގައި އޭގެކުރިން ރާއްޖެއަށް ކުރިމަތި ވެގެން އުޅުނު “ރަންނަމާރި” އެއްގެ ބިރުވެރި ކަމުން ދިވެހި އަންހެން ކުދިން ސަލާމަތް ކުރައްވައި އެދުވަސް ވަރު ހުންނެވި ރަދުންނަށް އިސްލާމް ދީނަށް ގޮވާލެއްވުމާއެކު އެރަދުން އިސްލާމްވެ ރާއްޖޭގެ ދީނަކީ އިސްލާމް ދީން ކަމުގައި އިއުލާން ކުރެއްވީ ރަބީއުލްއާޚިރާ މަހުގެ 2 ވަނަ ދުވަހުއެވެ.

  ރާއްޖެ އިސްލާމްވި ދުވަސް ފުރަތަމަ ފާހަނގަ ކޮށްފައި ވަނީ ހިޖްރީ ގޮތުން 1374ގެ ރަބިއުލް އާޚިރު މަހު 2 ވަނަ ދުވަހުއެވެ. އެއީ މިލާދީ ތާރީޚުން 28 ނޮވެމްބަރު 1954 އެވެ. އެ ދުވަސްވަރަކީ ދެ ޖުމްހޫރިއްޔާ ދެމެދުގެ ރަސްކަމުގެ ދުވަސްވަރެވެ. މުހައްމަދު ފަރީދުގެ ރަސްކަމުގެ ދުވަސްވަރެވެ. ރަސްކަމުގެ ދުވަސްތަކާއި އެކު ދެ ވަނަ ޑިމޮކްރަސީ ފެށެންދެން މިދުވަސް ފާހަނގަ ކޮށްފައި ވެއެވެ.

  ފުރަތަމަ ހަތަރު އަހަރު ރާއްޖެ އިސްލާމް ވި ދުވަސް ފާހަނގަ ކުރެވިފައި ވަނީ ރަބިއުލް އާޚިރު މަހު ދެ ވަނަ ދުވަހުއެވެ. ނަމަވެސް އެއިގެ ފަހުން، 1378ހ. އިން ފެށިގެން މިދުވަސް ފާހަނގަ ކޮށްފައި ވަނީ ރަބިއުލް އާޚިރުމަހުގެ ދެވަނަ 10އިގެ ފުރަތަމަ ހުކުރު ދުވަހުއެވެ.

  މިއިން ކޮންމެ ފަހަރަކުވެސް މިކަމަށް ގޮތް ކަނޑައަޅާފައި ވަނީ އެއިރެއްގައި އޮންނަ ތާރީޚީ ކޮމެޓީން ކަމަށް ތާރީޚު ފޮތްތަކުގައި ވެއެވެ. މިދުވަސް ފާހަނގަ ކުރުމުގެ ގޮތުން އެދުވަސްވަރު ދިވެހިން ކުޅަ ޚާއްސަ ކަމަކީ އެއީ ސަރުކާރު ބަންދު ދުވަހެއްކަމުގައި ހަމަޖެއްސުމާއި ހުކުރު މިސްކިތުގައި މާލޫދު ކިޔުމެވެ.

  ސާދަ އަހަރު މިދުވަސް ފާހަނގަ ކުރުމަށްފަހު ދެވަނަ ޖުމްހޫރިއްޔާގެ ފެށުމާއެކު މިދުވަސް ފާހަނގަ ކުރުން ހުއްޓާލެވުނެވެ. ނަމަވެސް ރައީސް މައުމޫނުގެ ވެރިކަމުގެ ފަހުގެ ދުވަސްތަކުގައި، 2000 ވަނަ އަހަރު އަލުން މިދުވަސް ފާހަނގަ ކުރަން ފެށިއެވެ. އެއީ އެންމެ ކުރިން ވެސް ފާހަނގަ ކުރި ގޮތަށް 2 ރަބިއުލް އާޚިރުގައެވެ.

  އެހާހިސާބުން ފެށިގެން އަނެއްކާވެސް ރަބިއުލް އާޚިރު މަހު 2 އެއީ ދައުލަތުގެ ރަސްމީ ބަނދު ދުވަހެއްކަމުގައި ހަމަޖެހިގެ ދިޔައެވެ.

  މިހާރު މިދުވަސް ފާހަނގަ ކުރުމަށް ކުރެވެނީ ކޮން ކަމެއްބާއެވެ؟ އެގޮތުން މިއަދަކީ ވެސް ދިވެހި ދައުލަތުގެ ބަންދު ދުވަހެކެވެ. އާދެ، 1437 ވަނަ އަހަރުގެ ރަބިއުލް އާޚިރު މަހުގެ ދެ ވަނަ ދުވަހެވެ.

  advertisement
  • ކޮމެންޓްސް (0)

  Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

  Ads

  ads

  ކަމުދާނެ ލިޔުންތައް

  އައްޑޫސިޓީން އިއްޔެ ނެގި ހުރިހާ ސާމްޕަލެއްވެސް ނެގެޓިވް

  ކޮވިޑްގެ ހާލަތުގެ ސަބަބުން މިވަގުތު މޮނިޓަރިން ހާލަތުގައި އޮތް އައްޑޫ ސިޓީގެ ހުރިހާ ރަށަކުން އިއްޔެ ނެގުނު ހުރިހާ ...

  މަސްތުވާތަކެއްޗާއިއެކު މީދޫ އަންހެނަކު ހައްޔަރުކޮށްފި

  މަސްތުވާތަކެއްޗާއި އެކު މީދޫ އަންހެނަކު ހައްޔަރުކޮށްފިއެވެ. މަސްތުވާތަކެއްޗާއެކު ފުލުހުން ހައްޔަރުކޮށްފައި ވަނީ އުމުރުން 30 އަހަރުގެ  މީދޫއަންހެނެކެވެ. މި ...

  ރައީސް ސޯލިހްގެ ފުރަތަމަ 100 ދުވަހު މުހިއްމު ގިނަ މަސައްކަތްތަކެއް ފަށްޓަވަން ނިންމަވައިފި

  ރައީސް އިބްރާހީމް މުޙައްމަދު ޞާލިހުގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި އެމަނިކުފާނުގެ ސަރުކާރުން ރައްޔިތުންނަށްޓަކައި މުހިއްމު ގިނަ ...

  ހުޅުމީދޫ މެދު ބަނދަރުގެ ފުރަތަމަ ފިޔަވަހި ތަރައްގީކުރުމަށް އެމްޓީސީސީއަށް

  ސ. ހުޅުމީދޫ މެދު  ބަނދަރުގެ ފުރަތަމަ ފިޔަވަހި ތަރައްޤީކުރުމުގެ މަޝްރޫއު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ (އެމްޓީސީސީ) ...

  އައްޑޫ ޓަރޝަރީ ހޮސްޕިޓަލްގެ މަސައްކަތް ނިންމާ، މިއަހަރު ޚިދުމަތްދޭން ފަށާނަން – މިނިސްޓަރ ނާޒިމް

  އައްޑޫ ސިޓީގައި ސަރުކާރުން ޤާއިމުކުރާ 100 އެނދުގެ ޓަރޝަރީ ހޮސްޕިޓަލްގެ މަސައްކަތް ނިންމާ، މިއަހަރުގެ ތެރޭގައި އެތަނުން އާއްމުން ...

  ޕްރިމިއާލީގުގެ ކުޅުންތެރީންގެ މުސާރަ ކުޑަކުރަން އެއްބަސް ނުވުމަށް ޕީއެފްއޭ އިން ކުޅުންތެރީންނަށް އިރުޝާދު ދީފި

  އިގިރޭސި ޕްރިމިއާލީގުގެ ކުޅުންތެރީންގެ މުސާރަ ކުޑަކުރުމަށް ކުލަބްތަކުން ހުށަހެޅިނަމަވެސް އެގޮތައް އެއްބަސް ނުވާން ޕްރޮފެޝަނަލް ފުޓްބޯލް އެސޯސިއޭޝަން “ޕީއެފްއޭ” ...