ރާއްޖެއިން ކޮވިޑް-19އަށް އިތުރު 13 މީހަކު ޕޮޒިޓިވްވެ 98 މީހުން ވަނީ ބަލިން ރަނގަޅުވެއްޖެ

ރާއްޖެއިން ކޮވިޑް-19އަށް އިތުރު 13 މީހަކު ޕޮޒިޓިވްވެ ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ އަދަދު 1916އަށް އަރައިފިއެވެ. އަދި މީގެ އިތުރަށް އެޗްޕީއޭއިން ޢާންމުކުރައްވާފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މިއަދު އިތުރު 98 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. މިއާއެކު ރާއްޖެއިން މިބަލި ޖެހުނު މީހުންގެ ތެރެއިން 925 މީހަކު ވަނީ މިބަލިން ރަނގަޅުވެފައެވެ.

އެޗްޕީއޭއިން މިއަދު އާންމުކޮށްފައިވާ މަޢުލޫމާތަށްބަލާއިރު ރޭގެ 00:00 އިން މިރޭގެ  6:00އާއި ހަމައަށް ޕޮޒިޓިވްވި  13 މީހަކު މީހުންގެ ތެރޭގައި ހިމެނެނީ 7 ދިވެހިންނާއި ބަންގްލަދޭޝްގެ 5 މީހަކާއި އިންޑޮނޭޝިއާގެ މީހެކެވެ.

އެޗްޕީއޭއިން ހާމަކޮށްފައިވާގޮތުން ރާޢްޖޭގައި މިހާރު ކޯވިޑް-19އަށް ފަރުވާ ހޯދަމުން ދަނީ 981 މީހުންނެވެ. މީގެ ތެރެއިން 16 މީހަކަށް ދަނީ ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ.

އަދި   އެޗްޕީއޭއިން ހާމަކޮށްފައިވާ މައުލޫމާތު ތަކަށް ބަލާއިރު  ފާއިތުވެދިޔަ 7 ދުވަހުގެ ތެރޭގައި ރާއްޖެއިން ޕޮޒިޓިވްވާ މީހުންގެ ނިސްބަތްވަނީ ވަރަށްބޮޑުތަނުން މަދުވެފައެވެ. ކޮންމެ ދުވަހަކުވެސް ގިނަ ސާމްޕަލަތައް ނަގައި ޓެސްޓް ހަދަމުންދާއިރު ޓެސްޓްގެ ނަތީޖާ ދައްކާގޮތުން އޭގެ ތެރެއިން ގިނަ މީހުންވަނީ ކޮވިޑް-19އަށް ނެގެޓިވްވެފައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އުއްތަމަ ފަޑިޔާރުކަމުގެ މަގާމު ޑޮކްޓަރ މުނައްވަރަށް ؟

ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމުގެ ވެރިކަމުގައި ދިގުމުއްދަތެއްވަންދެން ބަންޑާރަ ނާއިބުކަން ކުރެއްވި ޑޮކްޓަރ މުހައްމަދު މުނައްވަރު ދިވެހިރާއްޖޭގެ އުއްތަމަ ...

އެންމެ ކުޑަ އުޖޫރައިގެ ގޮތުގައި ދެވޭނީ 4،500 ރުފިޔާ ކަމަށް ކަނޑައަޅައިފި

ރާއްޖޭގައި އެންމެ ކުޑަ އުޖޫރައެއްގެ ގޮތުގައި ދެވެނީ 4،500 ރުފިޔާ ކަމަށް ކަނޑައަޅައިފިއެވެ. އެންމެ ކުޑަ އުޖޫރައިގެ ގޮތުގައި ...

ލަންދޫ ކައުންސިލުން އެމްފައިސާ މެދުވެރިކޮށް ފައިސާ ބަލައިގަންނަން ފަށައިފި

ނ. ލަންދޫ ކައުންސިލުން އެމް-ފައިސާ މެދުވެރިކޮށް ފައިސާ ދެއްކޭ ގޮތް ހަދައިފިއެވެ. މި ބަދަލާއެކު ލަންދޫ ކައުންސިލްގެ ހިދުމަތްތަކަށް ...