ރާއްޖޭގައި 8700 އަށް ވުރެ ގިނަ ފަގީރުން އެބަތިބި

މިއަހަރުގެ ފިތުރު ޒަކާތް ބެހުމަށް ހަމަޖެހިފައިވާ ލިސްޓު އަޕްޑޭޓްކޮށްފައިވާ ކަމަށާއި ފަގީރުންގެ ގޮތުގައި މުޅި ރާއްޖޭގައި އަށްހާސް ހަތްސަތޭކައަށްވުރެ ގިނަ މީހުން ތިބި ކަމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްނިއުސްއަށް މައުލޫމާތު ދެއްވަމުން އިސްލާމިކް މިނިސްޓްރީގެ މީޑިއާ އޮފިޝަލް އިސްމާޢިލް އަފްރާހް ވިދާޅުވީ މުޅި ރާއްޖޭގައި ފަގީރުންގެ ގޮތުގައި އަށްހާސް ހަތްސަތޭކަ ފަސްދޮޅަސް ހަތަރު މީހުން ރަޖިސްޓްރީ ކޮށްފައިވާކަމަށެވެ. އަދި މާލޭގައި ފަގީރުންގެ ގޮތުން އެއްހާސް ހަތްސަތޭކަ ސަތާރަ މީހަކު ރަޖިސްޓްރީ ވެފައިވާކަމަސް އެމިނިސްޓްރީން ވިދާޅުވެއެވެ. އިސްލާމިކް މިނިސްޓްރީން ވިދާޅުވީ މިދިޔަ އަހަރުގެ ފިތުރު ޒަކާތް ބެހުމުގެ ކަންކަން ކުރިއަށް ގެންދިޔަ ލިސްޓު މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެތެރޭގައި މުރާޖަޢަކޮށްފައިވާކަމަށެވެ. އެގޮތުން އަލަށް ނޯޓުކުރަން ބޭނުންވާ މީހުންނަށް އެފުރުސަތު ދީފައިވާއިރު ފަގީރުންގެ ލިސްޓުން އުނިކުރަން ބޭނުންވާ މީހުންގެ ނަން އުނިކޮށް އާލިސްޓެއް އެކުލަވާލާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ.

ކޯވިޑް 19 އާއި ގުޅިގެން އިސްލާމިކް މިނިސްޓްރީން މިއަހަރުގެ ޒަކާތް ބލައިގަތުމުގެ ކަންކަން ކުރިއަށްގެންދަނީ އޮންލައިންކޮށެވެ. އެގޮތުން ޒަކާތް ބަލައިގަތުމުގެ ކަންކަން އެހެން އަހަރުތަކެކޭ އެއްފަދައިން މިހާރު ކުރިއަށްދާކަމަށް އެމިނިސްޓްރީން ވިދާޅުވެއެވެ. އަދި ވައިރަހާއި ގުޅިގެން އޮފީސްތައް ބަންދުކޮށްފައިވާ ލޮކްޑައުންގެ ހާލަތުގައި ޒަކާތް ބެހުމުގެ ކަންކަން ކުރިއަށް ގެންދާނީ މިނިސްޓްރީއަށް ދީފައިވާ ބޭންކް އެކައުންޓްތަކަށް ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ.

މިއަހަރު ފިތުރު ޒަކާތް ނެގުމުގެ ކަންކަން ހަމަޖައްސާފައިވަނީ ދިރާގު ޕޭ އެންޑް ލައިފްސްޓައިލް އެޕްލިކޭޝަނާއި އެސްއެމްއެސް އާއި އުރީދޫ އެމްފައިސާއާއި އެސްއެމްއެސް މެދުވެރިކޮށެވެ. އަދި އެމްއައިބީ ފައިސާ ނެޓާއި އެބޭންކްގެ މޯބައިލް ބޭންކިން މެދުވެރިކޮށްވެސް ޒަކާތްދެއްކޭނެއެވެ. އަދި ބީއެމްއެލްގެ ވެބްސައިޓް މެދުވެރިކޮށްވެސް ފިތުރު ޒަކާތް ދެއްކޭނެ އިންތިޒާމުވަނީ ހަމަޖައްސާފައެވެ.

މަސްދަރު: ޕީއެސްއެމް ނިއުސް

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ބަރުލަމާނީ ނިޒާމް ގެންނަން އަންނަ އަހަރު ޤާނޫނުއަސާސީ އިސްލާހުކުރަންޖެހޭ: ރައީސް ނަޝީދު

ބަރުލަމާނީ ނިޒާމު ގެންނަން އަންނަ އަހަރު ޤާނޫނުއަސާސީއަށް އިސްލާހެއް ގެނައުމަކީ ބޭނުންތެރިކަމެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ...

ކޯވިޑް-19 : އެންމެފަހުން ނިޔާވި 10 މީހުންގެ ތެރެއިން 7 މީހުން ވެކްސިން ނުޖަހާ – ޑރ. ޝަހީދު

ކޮވިޑް-19 ޖެހިގެން މިދިޔަ 3 ދުވަހުގެތެރޭގައި ނިޔާވި 10 މީހުންގެ ތެރެއިން 7 މީހުން ވެކްސިންގެ އެއްވެސް ޑޯޒްއެއް ...

ދޭހަ އުނގެނެން ފެށި ދަތުރު

(8 ނޮވެމްބަރ 2019 ދުވަހާއި ގުޅޭ ) ޖާހިލު މިއުފެދުނު ހައިރާންކަން މިމައްސަލަ އިތުރަށް ސާފުކުރުމުގެ ޝައުޤު ހިތުގައި ...