ރާއްޖޭގައި ބަރުލަމާނީ ނިޒާމެއް ގާއިމްކުރާނެކަމަށް ނަޝީދު ވިދާޅުވެއްޖެ

ދިވެހިރާއްޖޭގައި އޮތް ރިޔާސީ ނިޒާމު ބަރުލަމާނީ ނިޒާމަށް ބަދަލުކުރައްވާނެކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވަޢުދުވެވަޑައިގެންފިއެވެ.

“ޖަޒީރާ ރައީސް” ގެ ނަމުގައި، ރިޔާސީ އިންތިޙާބަށް ނަޝީދުގެ ކެމްޕެއިން ފެއްޓެވުމުގެ ގޮތުން އައްޑުއަތޮޅު ހިތަދޫގައި ހުކުރު ދުވަހުގެރޭ ބޭއްވުނު ޖަލްސާގައި ދެއްކި ވީޑިއޯ މެސެއްގައި ނަޝީދު ވިދާޅުވީ ރިޔާސީ ނިޒާމަކީ ދިވެހިންނާއި ގުޅޭ ނިޒާމެއް ނޫންކަން ކަށަވަރުވެފައިވާކަމަށާއި، ޤައުމީ އެއްބައިވަންތަކަމުގެ ސަރުކާރެއް ޤާއިމްކޮށް، ވެރިކަމުގެ ނިޒާމް ބަރުލަމާނީ ނިޒާމަށް ބަދަލުކުރައްވާނެކަމަށެވެ.

ނަޝީދު ވިދާޅުވީ ރިޔާސީ ނިޒާމް ދިވެހިން ހިޔާރުކުރީ އަދާވާތްތެރި ނިޒާމެއް ދުށުމުގެ ނިޔަތުގައި ނޫން ކަމަށެވެ.

މީގެކުރިން ނަޝީދު ވަނީ ވަގުތީ ރައީސަކާއެކު އިންތިޤާލީ ސަރުކާރެއް ޤާއިމްކޮށް އަލުން ރިޔާސީ އިންތިޙާބެއް ބާއްވާނެކަމަށްވެސް ވިދާޅުވެފައެވެ. އެހެންނަމަވެސް ފަހުން ވާހަކަފުޅު ބަދަލުކުރައްވާ އެމަނިކުފާނުގެ ރިޔާސީ ކެމްޕެއިން އިޢުލާންކުރެއްވިއެވެ.

ނަޝީދު ވަނީ ބާރުގަދަ ރައީސުލްޖުމްހުރިއްޔާއަށް މުޅި ހިންގުމުގެ ނިޒާމު ގަޑުބަޑުކުރެވޭކަމަށް ވިދާޅުވެފައެވެ. 2008 ވަނަ އަހަރު ނަޝީދު ވެރިކަމަށް ވަޑައިގެންނެވުމަށްފަހު މިބާރުގެ ބޭނުން ކުރައްވައި ކޯޓުތަކުގައި ތަޅުއަޅުވާ، ފަނޑިޔާރުން ވަގަށް ނެންގެވިކަން ފާހަގަކޮށްލެވެއެވެ.

ބަރުލަމާނީ ނިޒާމެއް ގެންނާނެ ކަމަށް ރައީސް ނަޝީދު ވައުދުވެ ވަޑައިގެންނެވިއިރު ރާއްޖޭގެ ޤާނޫނު އަސާސީ ރިޔާސީ ނިޒާމެއްގެ ސިފަތައް ހިމަނައިގެން ފާސްކޮށްފައިވަނީ ރާއްޖޭގައި އޮންނަން ފެންނަނީ ރިޔާސީ ނިޒާމެއް ކަމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ނިންމަވާފައި ވާތީއެވެ. ބަރުލަމާނީ ނިޒާމަށް ރައްޔިތުން ވަނީ ނޫނެކޭ ބުނެފައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

މާލޭ ސިޓީކައުންސިލް އުފެއްދީ ނިކަމެތި އަންހެނުންނަށް އަނިޔާވެރިވާކަށް ނޫން – ރޮޒެއިނާ

މާލޭ ސިޓީކައުންސިލް އުފެއްދީ ނިކަމެތި އަންހެނުންތަކަކަށް އަނިޔާވެރިވާން ނޫން ކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ...

އައްޑޫގައި ފްލައިން ސްކޫލް ހިންގާނެ ޖޮއިންޓް ވެންޗާ އެއް އުފައްދަން އެއްބަސްވެއްޖެ

އައްޑޫގައި ފްލައިން ސްކޫލެއް ހިންގަޖް ޖޮއިންޓް ވެންޗާ ކުންފުންޏެއް އުފައްދަން މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) އާއެކު އައިލެންޑު ...

އައްޑޫ ބިން ހިއްކުން ނިމި ގޮނޑުދޮށް ހިމާޔަތްކުރަން ފަށައިފި

އައްޑޫ ސިޓީގެ ބިން ހިއްކާ ނިމި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ފަށައިފިއެވެ. މިނިސްޓްރީ އޮފް ނޭޝެނަލް ޕްލޭނިންގ ހައުސިންގ ...