ރާއްޖޭގެ ހުރިހާ ރަށަކުވެސް މާސްކު އަޅައިގެން އުޅެން އަންގައިފި

ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް ގެއިން ބޭރަށް ނިކުންނަމަ މާސްކް އަޅަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އަންގައިފިއެވެ.

ކޮވިޑް-19އާ ގުޅިގެން ރަށްރަށުގައި އަމަލުކުރަންވީ ގޮތް ބަޔާންކޮށް ރޭ އެޗްޕީއޭއިން އާއްމު ކުރި އެންގުމެއްގައި ބުނެފައި ވަނީ އާއްމުތަންތަނަށް ނިކުންނަނަމަ މާސްކު އަޅަން ޖެހޭނެ ކަމަށެވެ. ޞިއްޙީ ޚިދުމަތްތެރިން ފިޔަވައި އެހެން މީހުން ފޮތި މާސްކް އެޅުން އެންމެ ރަނގަޅު ކަމަށް ވެސް ލިޔުމުގައި ވެއެވެ.

“ފޮތި މާސްކް ފަހާނަމަ ޑަބަލް ލޭޔަރު މާސްކް ފެހުން ރަނގަޅުވާނެއެވެ. އަދި ކޮންމެ މީހަކަށް 1 މާސްކަށް ވުރެ ގިނައިން ގެންގުޅޭށެވެ. ހަޑިވުމުން މާސްކް ބަދަލުކުރަންވާނެއެވެ.” ލިޔުމުގައި ވެއެވެ.

ކެއްސާ ކިނބިހި އަޅާއިރު ޓިޝޫއަކުން ނުވަތަ އުޅަނބޮށި ލަންބާލުމަށްފަހު އުޅަނބޮށީގެ އެތެރެފަރާތުން އަނގައާއި ނޭފަތް ނިވާކުރުމާއި އަދި ބަލިމީހާ އާއި ބަލިމީހާގެ އެހީތެރިޔާވެސް މާސްކް އަޅައިގެން އުޅެން ވެސް ލިޔުމުގައި އަންގާފައި ވެއެވެ.

އެ ލިޔުމުގައި ބުނެފައި ވަނީ ކޮންމެހެން ދާންޖެހިއްޖެ ޙާލަތެއްގައި ނޫނީ އެއްގެއިން އަނެއް ގެޔަށް ޒިޔާރަތް ނުކުރުމަށާއި ދޭދޭ މީހުން ދެމެދުގައި އެއް ފޫޓަށްވުރެ ކުރުނޫން ދުރުމިން ބެހެއްޓުމަށް އާދަކުރުމަށްވެސް އެޗްޕީއޭގެ އެންގުމުގައި ހާމަކޮށްފައިވެއެވެ.

މީގެ އިތުރުން އެކަކު އަނެކަކާއި ބައްދަލުވާއިރު އަތާ އަތްޖޯޑުކޮށް ސަލާންކުރުންފަދަ ކަންކަން ނުކުރުމަށާއި ސަލާމް ކުރާނަމަ އައްސަލާމް ޢަލައިކުމް ބުނެ ސަލާން ގޮވާލުން އަދި ވައަލައިކުމުއް ސަލާންބުނެ ޖަވާބުދިނުމަށް އެޗްޕީއޭ އިން ވަނީ އިލްތިމާސް ކުރައްވާފައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ރާއްޖޭގައި ދީނީ މިނިވަންކަން ދިނުމަށް އީޔޫއިން ހުށަހަޅައިފި

ކޮންމެ ދިވެހި ރައްޔިތަކު މުސްލިމަކަށްވާން ޖެހޭނެ ކަމަށް ޤާނޫނު އަސާސީގައި އޮތް އޮތުން ބަދަލުކޮށް،ސުންނީ މުސްލިން ނޫން މީހުނަށް ...

އަޅުގަނޑަށް ނާކާމިޔާބުވާ ގޮތަށް ސިޔާސީ މަސްރަހު އަދި ބަދަލެއްނުވޭ: ނަޝީދު

އެ މަނިކުފާނު ވާދަކުރެއްވި އެއްވެސް އިންތިޚާބަކުން އަދި ނާކާމިޔާބުވެވަޑައިގެންފައެއް ނެތް ކަމަށާއި އިންތިޚާބުތަކުން ނާކާމިޔާބުވެވަޑައިިގަންނަވާފަދަ ގޮތަކަށް ސިޔާސީ މަސްރަހު ...

އައްޑޫ ސިޓީ އެކްސިޑެންޓް: އަނިޔާވި ޒުވާނާގެ ހާލު ސީރިއަސްވެ އިތުރު ފަރުވާއަށް މާލެ ފޮނުވައިލަނީ

އައްޑޫ ސިޓީގެ ހިތަދޫގައި އިއްޔެ އެމްބިއުލާންސަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ޒުވާނާގެ ހާލު ސީރިއަސްވެ އައިސީޔޫގައި ...