އިގްތިސާދު ނުތަނަވަސް ކަމެއްގެ ތެރެއަށް ވައްޓާލަންކުރާ މަސައްކަތް ކާމިޔާބު ނުވާނެ : ސައީދު

އިދިކޮޅު ފަރާތްތަކުން ޤައުމު ހަލަބޮލިކޮށް އިޤްތިޞާދު ނުތަނަވަސްކަމެއްގެ ތެރެއަށް ވައްޓާލުމަށް މަސައްކަތްކުރަމުންދިޔަނަމަވެސް ރާއްޖޭގެ އިޤްތިޞާދު އޮތީ ވަރަށް ރަނގަޅު ހާލަތެއްގައިކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާއަށް ތާއީދުކޮށް މި ޖީލުގެ އަޑު” މި ޝިއާރުގެ ދަށުން ހުޅުމާލޭގައި ބޭއްވި ހަރަކާތުގައި ވާހަކަދައްކަވަމުން އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވީ، މިޖީލުގައި ރާއްޖޭގައި ވެރިކަންކުރެއްވި ބޭފުޅުންގެ ހަޔާތްޕުޅަށް ބަލާއިރު، އަދުގެ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ފިޔަވައި ދިވެހިންގެ ލާބައަށް އެދި ވެރިކަންކުރެއްވި ރައީސެއް ނެތްކަމަށެވެ.

ރައީސް ޔާމީނު ވެރިކަމާއި ހަވާލުވެ ވަޑައިގަތުމުގެ ކުރިން ރާއްޖޭގެ އިޤްތިޞާދުގައި ވިޔަފާރީގެ މިނިވަންކަން ދިވެހިންގެ އަތުގައި ނެތްކަން ފާހަގަކުރައްވަމުން އިކޮނޮމިކް މިނިސްޓަރު ސަޢީދު ވިދާޅުވީ، ރާއްޖޭގެ އިޤްތިޞާދުގެ ނާރެހުން ފެންނަ ބިޔަ މަޝްރޫޢުތަކުން ދިވެހިންގެ އިޤްތިޞާދީ މިނިވަންކަން އޮތްކަން ސިފަވާކަމަށެވެ. އަދި އިދިކޮޅު ސިޔާސީ ފަރާތްތަކުން ޤައުމު ހަލަބޮލިކޮށް ރާއްޖެއިން ބޭރުގައި ޤައުމު ބަދުނާމުކޮށް އިޤްތިޞާދު ނުތަނަވަސްކަމެއްގެ ތެރެއަށް ވައްޓާލުމަށް މަސައްކަތްކުރަމުން ދިޔަނަމަވެސް އިޤްތިޞާދީ އެއްވެސް ޙަރަކާތެއް ހުއްޓުމަކަށް ނައިސް ކުރިއަށްދާކަން މިނިސްޓަރު ވިދާޅުވިއެވެ.

” މި ޖީލުގެ އަޑު” މި ޝިއާރުގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ތާއީދުކޮށް ހުޅުމާލޭގައި ބޭއްވި މި ހަރަކާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމާއި ބައެއް ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި ސަރުކާރުގެ އެކި އިދާރާތަކުގެ ބޭފުޅުންގެ އިތުރުން ގިނަ އަދަދެއްގެ އާއްމުރައްޔިތުން ބައިވެރިވިއެވެ.

މި ޖަލްސާގައި ބައިވެރިވި ޒުވާނުން ވަނީ ރައީސް ޔާމީން ޒުވާނުންގެ މުސްތަޤްބަލަށް ކުރައްވަމުންގެންދަވާ ކަންކަން ފާހަގަކޮށް ޝުޢޫރުފާޅުކޮށްފައެވެ. އެގޮތުން ވިޔަފާރީގެ މައިދާނުގައި ޒުވާނުން ބާރުވެރިކޮށް، ވަޒީފާތަކަށް ޒުވާނުން ނެރުމަށް އަދުގެ ސަރުކާރުން ކުރައްވަމުންގެންދަވާ މަސައްކަތްތައް ޒުވާނުން ވަނީ ފާހަގަކޮށްފައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ކޮވިޑް-19 : ހޮސްޕިޓަލުގައި ފަރުވާދެމުންދިޔަ ދިވެއްސަކު ނިޔާވެއްޖެ

ކޯވިޑް-19އަށް ފަރުވާދެމުންދިޔަ އިތުރު ދިވެއްސަކު ނިޔާވެއްޖެއެވެ. ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ވިދާޅުވީ ރޭ މެންދަމު ނިޔާވީ ދަރުމަވަންތަ ...

ކޮމިޝަންތަކަށް ޤާނޫނީ ގޮތުން ބޮޑެތި ބާރުތަކެއް ދީފި ނަމަ ކޯޓަށް ދާނަން – ރައީސް ޔާމީން

ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙު އުފައްދަވާފައިވާ ރިޔާސީ ދެ ކޮމިޝަނަށް ޤާނޫނީ ގޮތުން ބޮޑެތި ބާރުތަކެއް ދީފި ކަމަށްވާނަމަ ...

މަސައްކަތް ކުރަނީ އައްޑޫސިޓީ ހަކަތަ ޕްލާންޓް ޖުލައިމަހު ނިންމަން

އައްޑޫ ސިޓީގައި ޤާއިމުކުރާ ކުނިން ހަކަތަ އުފައްދާ ޕްލާންޓްގެ މަސައްކަތް އަންނަ ޖުލައިމަހަށް ނިންމުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ...