ރައީސް ސޯލިހުގެ ސްޕޯކްސްޕަރސަންއަކަށް ހޫދު ހަމަޖައްސަވައިފި

ރައީސުލްޖުމްހޫރިއްޔާގެ ސްޕޯކްސްޕަރސަންގެ ދައުރު އަދާކުރައްވާނީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ކޮމިއުނިކޭޝަން ސްޓްރެޓެޖިސްޓް އިބްރާހީމް ހޫދު ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ހަމަޖައްސަވައިފިއެވެ.

އިބްރާހީމް ހޫދަކީ އިންޓަރނޭޝަނަލް ރިލޭޝަންސްގެ ދާއިރާއިން މާސްޓަރސް ޑިގްރީ ހާސިލުކުރައްވައި، އަދި ޕޮލިޓިކަލް ސައިންސް އެންޑް އިންގްލިޝް ލިޓްރޭޗަރއިން ބެޗްލަރސް ޑިގްރީ ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ.

ސ. ހިތަދޫ  އާސިނުގޭ ހޫދަކީ  ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީގެ މަގާމު ފުރުއްވާފައި ބޭފުޅެކެވެ. އޭރު ހޫދު ހުންނެވީ ނައިބު ރައީސް މުހައްމަދު ވަހީދުގެ ސެކްރެޓޭރިއޭޓުގެ އެންމެ އިސްބޭފުޅެއްގެ ގޮތުގަ އެވެ. އެކަމަކު ނަޝީދުގެ ވެރިކަން ބަދަލުވުމަށް ފަހު، ސަރުކާރުން ވަކިވެވަޑައިގެން އޭނާ ވަނީ ދިރާގާއި ބޭންކް އޮފް މޯލްޑިވްސްގައި މަސައްކަތް ކުރައްވައިފަ އެވެ. އެންމެ ފަހުން ހުންނެވީ ބޭންކް އޮފް މޯލްޑިވްސްގެ ހެޑް އޮފް ކޯޕަރޭޓް ކޮމިއުނިކޭޝަންސްގެ މަގާމުގަ އެވެ. އަދި ހޫދު ވަނީ ފޮރިން މިނިސްޓްރީގައި ވެސް ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރައްވައިފަ އެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ބަދަހިކަޕް : ޕޮލިސްޓީމު ކުޅުނު ފުރަތަމަމެޗް ތަފާތު ބޮޑު ނަޖީއަކުން ކާމިޔާބުކޮށްފި

” ބަދަހިކަޕް ”  ނެޓްބޯޅަ މުބާރާތުގައި ޕޮލިސްޓީމް ކުޅުނު ފުރަތަމަމެޗް  ތަފާތު ބޮޑު ނަތީޖާއަކުން ކާމިޔާބުކޮށްފިއެވެ. ޕޮލިސް މިމެޗް ...

މީދޫގެ ގިރާ ސަރަހައްދު

މަތީގައިވާ ފޮޓޯއާއި ތިރީގައިވާ ފޮޓޯތަކުން ފެނިވަޑައިގަންނަވަނީ މީދޫ ކަޅިބިތްފަރާތު ގޮޑު ދޮށް ގިރަމުންދާ މަންޒަރު ދައްކުވައިދޭ ފޮޓޯތަކެއް ، ...

ރައީސުލްޖުމްހޫރިއްޔާ، ސަރުކާރުގެ ބައެއް އިސްމަޤާމުތަކަށް ބޭފުޅުން ޢައްޔަނު ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ހަތް މަޤާމަކަށް ބޭފުޅުން ޢައްޔަނު ކުރައްވައިފިއެވެ. މަޤާމްތަކަށް ޢައްޔަން ކުރެއްވި ...