ރަށްރަށަށް ނުދެވި މާލޭގައި ތިބި މީހުން އަނބުރާ ފޮނުވުމުގައި އަމަލުކުރާ އުސޫލު އާންމު ކޮށްފި

    މާލެ ސަރަޙައްދު ފުރަ ބަންދުގެ ޙާލަތަށް ގެނައުމާއި ގުޅިގެން އެކިއެކި ބޭނުންތަކަށް މާލެ އައިސް އެނބުރި ރަށަށް ނުދެވި ތިބި ފަރާތްތައް ރަށަށް ފޮނުވުމުގައި ޢަމަލު ކުރާނެ އުޞޫލެއް ކަނޑައަޅައިފިއެވެ.

    މި އުޞޫލް ކަނޑައަޅާފައިވަނީ ރާއްޖޭގައި ކޯވިޑް-19 ފެތުރުން ކޮންޓްރޯލްކޮށް، އާންމު ރައްޔިތުންގެ ޞިއްޙަތާއި ރައްކައުތެރިކަމަށްޓަކައި، ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނު ގެ ދަށުން އަޅަންޖެހޭ ޚާއްޞަ ފިޔަވަޅުތައް އެޅުމަށް މަގުފަހިކުރުމުގެ ގޮތުން، މި ޤާނޫނުގެ 33 ވަނަ މާއްދާގެ ދަށުން އެކުލަވާލާފައިވާ އުޞޫލްއެކެވެ. މި އުޞޫލްގެ ދަށުން އެފަދަ ފަރާތްތައް ރަށަށް ފޮނުވުމުގައި އިސްކަން ދިނުމަށް ހަމަޖެހިފައިވަނީ:

    1 – (ހ) އާސަންދަ ނުވަތަ ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޮތޯރިޓީ (އެން.އެސް.ޕީ.އޭ) ގެ އެހީތެރިކަމާއި އެކު ބޭސްފަރުވާއަށް މަލޭ އައިސް އެނބުރި ރަށަށް ނުފުރިފައިވާ ފަރާތްތައް
    (ށ) ޢުމުރުން 5 އަހަރުން ދަށުގެ ކުދިންނާއެކު ބޭސް ފަރުވާއަށް މާލެ އައިސްފައިވާ ފަރާތްތައް އަދި ވިހެއުމަށް މާލެ އައިސްފައިވާ އަންހެނުންނާއި، އެފަރާތްތަކުގެ ޢާއިލާގެ މީހުން.
    (ނ) ބޭސް ފަރުވާއަށް މާލެ އައިސްފައިވާ ޢުމުރުން 65 އަހަރުގެ ބަލިމީހުންނާއި އެމީހުން ބަލަހައްޓާ ފަރާތްތައް.
    (ރ) ބޭސް ފަރުވާއަށް މާލެ އައިސްފައިވާ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އެފަރާތްތަކުގެ އެހީތެރިން.
    (ބ) ބޭސް ފަރުވާއަށް ނުވަތަ އެހެނިހެން ބޭނުންތަކަށް މާލެ އައިސްފައިވާ ދާއިމީ ބައްޔަކަށް ބޭސް ފަރުވާ ކުރަމުންދާ ފަރާތްތަކާއި އެފަރާތްތަކުގެ އެހީތެރިން.

    2 – (ހ) ރަށަށް އެނބުރި ދިއުމަށްޓަކައި 15 އޭޕްރީލް 2020އާއި 20 އޭޕްރީލް 2020 ގެ ދެމެދުގެ މުއްދަތުގައި ޓިކެޓްނަގާފައިވާ ފަރާތްތައް.
    (ށ) ރާއްޖޭން ބޭރުން މާލެއަށް ގެނެސްފައިވާ ފަރާތްތަކުގެ ތެރެއިން 14 ދުވަހުގެ މުއްދަތުގެ ކަރަންޓީން ފުރިހަމަކޮށް އެނބުރި ރަށަށް ނުފުރިފައިވާ ކިޔަވާ ކުދިންނާއި އެ ކުދިންގެ އާއިލާތައް.
    (ނ) ވަޒީފާ އަދާ ކުރަމުންގެންދާ ރިސޯޓު ފުރަ ބަންދު ކުރުމުން ނުވަތަ ރިސޯޓު ވަގުތީ ގޮތުން ބަންދު ކުރުމާއި ގުޅިގެން ރަށަށް ދިއުމަށްޓަކައި މާލެ އައިސްފައިވާ ފަރާތްތައް.

    3 – (ހ) ޖަލު ހުކުމް ތަންފީޒުކުރުމަށްފަހު މާލެ އައިސްފައިވާ ފަރާތްތަކުގެ ތެރެއިން އެނބުރި ރަށަށް ނުފުރި ޙާލުގައި ޖެހިފައިވާ ފަރާތްތައް.
    (ށ) އެހެނިހެން ބޭނުންތަކާއި ގުޅިގެން ރަށަށް ދާންބޭނުންވާ ފަރާތްތައް (މިސާލަކަށް ވަޒީފާ ގެއްލުމާއި ގުޅިގެން، އާންމުދަނީ ހޯދުމަށް ކުރަމުން ދިޔަ މަސައްކަތް ހުއްޓުމުން)
    (ނ) ދަރިން/ ބެލެނިވެރިކަން ހަވާލުވެފައިވާ ކުދިން، މުސްކުޅި މައިންބަފައިން އަދި ނުކުޅެދުންތެރިކަން ހުންނަ އާއިލާގެ މެންބަރުން އެކަނި ނުވަތަ ވަގުތީ ގޮތުން އެހެން ބަޔަކާއި ބެލުން ހަވާލުކޮށްފައިވާ ފަރާތްތައް.
    (ރ) އަމިއްލަ ބޭނުންތަކަށް މާލެ އައިސްފައިވާ އެކަނި ދިރިއުޅެމުންދާ އަންހެނުންނާއި، އުމުރުން ދުވަސްވީ ފަރާތްތައް.
    (ބ) ކޮވިޑް-19އާއި ގުޅިގެން ކުރިމަތިވެފައިވާ މާލީ އަދި އިޖްތިމާޢީ ގޮންޖެހުންތަކުގެ ސަބަބުން މާލޭގައި ދިރިއުޅެވެންނެތި، އެހެން ރަށަކަށް ދިރިއުޅުން ބަދަލުކުރަން ބޭނުންވާ ފަރާތްތައް.
    (ޅ) އާމްދަނީ ހޯދޭނޭ ދޮރުތައް މާލެއިން ބަންދުވެ، ރާއްޖޭގެ އެހެން ރަށަކުން ހޯދޭނޭ މަގުފަހިވެ، ދިރިއުޅުން އެފަދަ ފުރުސަތު އޮތް އެހެން ރަށެއްގައި އާބާދުކުރަން އެދޭ ފަރާތްތައް.
    (ކ) ނަފްސާނީ ބައްޔަށް ފަރުވާކުރަމުންދާ ފަރާތްތަކުގެ ތެރެއިން، ވަގުތީ ގޮތުން މާލެ އައިސް އަނބުރާ ދިރިއުޅޭ ރަށަށް ނުދެވިފައިވާ ފަރާތްތައް.
    (އ) އަމިއްލަ ބޭނުންތަކުގައި މާލެ އައިސްފައިވާ އެހެނިހެން ފަރާތްތައް.

    މިގޮތުން، އެނބުރި ރަށަށް ދިއުމުގެ ކުރިން ކޮންމެފަރާތެއްވެސް ކަނޑައެޅޭ ސަރަހައްދެއްގައި ކަރަންޓީންވާންޖެހެއެވެ. އަދި، ރަށަށް ދިއުމަށްޓަކައި މިނިސްޓްރީ އޮފް ޖެންޑަރ، ފެމެލީ އެންޑް ސޯޝަލް ސަރވިސަސްއަށް ނުވަތަ މާލެ ސިޓީ ކައުންސިލުގެ އިދާރާ ނުވަތަ ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލް.ޖީ.އޭ) އަށް ރިޕޯޓްކޮށްފައި ނުވާ ފަރާތްތައް 1412 އަށް ރިޕޯޓުކުރުމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓިން ވަނީ އަންގާފައެވެ

    • ކޮމެންޓްސް (0)

    Your email address will not be published. Required fields are marked *

    • ފުރިހަމަ ނަން

    Ads

    ads

    ކަމުދާނެ ލިޔުންތައް

    ކޮވިޑް 19 – އެއްރަށުން އަނެއްރަށަށް ދަތުރުކުރުން މަނާކޮށް މުޅިރާއްޖެ ލޮކް ޑައުންއަކަށް

    ޒަރޫރީ ބޭނުމެއްގައި މެނުވީ ރާއްޖޭގައި އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުން ހުއްޓާލުމަށް  ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ...

    މާދަމާ މީދޫގައި ހުކުރު ނަމާދު ކުރާ މިސްކިތްތަކާއި އިމާމުވެ ހުކުރު ކުރައްވާ ބޭފުޅުން

    މާދަމާ ( 23 އެޕްރީލް 2021 ވަނަ ދުވަހު )   މީދޫގެ މިސްކިތްތަކުގައި    އިމާމުވެ ހުކުރު ކުރެއްވުމަށް ...

    ކޯވިޑް-19: އިތުރު 15 މީހަކު ރަނގަޅުވެ ރަގަޅުވި މީހުންގެ އަދަދު 144 އަށް

    ކޯވިޑް-19 އަށް ރާއްޖެއިން  ޕޮޒިޓިވްވި މީހުންގެ ތެރެއިން އިތުރު 15 މީހަކު ބަލިން ރަގަޅުވެއްޖެވެ.  މިއާއެކު ރާއްޖެއިން  މި ...

    ސަރުކާރު ބަންދު ހަފްތާގައި ފެނަކައިން ހިދުމަތްދޭ ގަޑިތަކަށް ބަދަލު ގެނެސްފި

    ކުރިއަށް މިއޮތް ހަފްތާއަކީ ސަރުކާރު ބަންދު ހަފްތާއެއްކަމަށް ކަނޑައެޅުމުން ފެނަކަ ހުޅުމީދޫ ބުރާންޗުން ހިދުމަތްދޭ ގަޑިތަކަށް ބަދަލުތަކެއް ގެނެސްފިއެވެ. ...

    މާލެއިން މާކުރަތަށް ދިޔަ މީހެއްގެގައިން ކޮވިޑްގެ އަލާމާތްތައް ފެނިގެން ކަރަންޓީންކޮށްފި

    މާލެއިން ރ. މާކުރަތަށް ދިޔަ މީހެއްގެ ގައިން ކޮވިޑްގެ އަލާމާތްތައް ފެނިގެން އެމީހާ ކަރަންޓީން ކޮށްފިއެވެ. ތަފްސީލްhttps://www.fainuonline.com/articles/432

    އެކުވެރިކަމުގެ ފުޓްސަލްމެޗް ހުޅުމީދޫ ޕޮލިސް ކާމިޔާބުކޮށްފި

    އަޟްހާއީދުގެ މުނާސަބާ ފާހަގަކުރުމުގެ ގޮތުން ހުޅުދޫޓީމަކާ ހުޅުމީދޫ ޕޮލިސްޓީމަކާ ދެމެދު ކުޅެވުނު އެކުވެރިކަމުގެ ފުޓްސަލްމެޗް  ހުޅުމީދޫ ޕޮލިސްޓީމު ކާމިޔާބުކޮށްފިއެވެ. ...