ޑރ.ޝީނާގެ އަންދާޒާ : 6މަސްދުވަހުގެ ތެރޭގައި 13000އަށްވުރެ ގިނަ މީހުން ޕޮޒިޓިވްވެދާނެ

  ކޯވީޑް-19އާ ގުޅިގެން މިހާރު އަޅާފައިވާ ފިޔަވަޅުތައް ރަނގަޅަށް ތަންފިޒް ނުކުރެވިއްޖެނަމަ ކުރިއަށް އޮތް 6 މަސްދުވަހުގެ ތެރޭގައި ތޭރަ ހާހަށްވުރެ ގިނަ މީހުންނަށް ބަލިޖެހޭނެކަމަށް ޕަބްލިކް ހެލްތު އެކްސްޕާޓް ޑރ.ޝީނާ މޫސާ އަންދާޒާ ކުރައްވައިފިއެވެ.

  ޑރ.ޝީނާ ޢާއްމުކުރެއްވި އަންދާޒާތަކުގައި ޖުމްލަ 13784 މީހަކަށް ބަލިޖެހޭނެކަމަށް ވަނީ ދައްކާފައެވެ. މި ޢަދަދަކީ ކުރިއަށް އޮތް 6 މަސްދުވަހުގެ ތެރޭގައި ކޮންމެ ދުވަހެއްގައި ޕޮޒިޓިވްވާނެކަމަށް އަންދާޒާކުރެއްވި ޢަދަދުތައް އެމަހުގެ ޖުމުލަ ދުވަސްތަކާ އެއްކޮށްލުމުން ނުކުންނަ ހަމަސްދުވަހުގެ ޖުމްލަ ނަތީޖާއެވެ.

  ޑރ.ޝިނާ ހާމަކުރެއްވި އަންދާޒާތަކުން ދައްކާގޮތުގައި އެންމެ ގިނަބަޔަކަށް ބަލިޖެހޭނެކަމަށް ލަފާކުރެވެނީ މިފެށޭ އޯގަސްޓްމަހުގައެވެ. އެމަހު ދުވާލެއްގެ މައްޗަށް 170 މީހުންނަށް ބަލިޖެހޭނެކަމަށް ދައްކައެވެ. އޯގަސްޓަމަހު އެކަނިވެސް ބަލިޖެހޭ މީހުންގެ ޢަދަދު 2373 އަށް އަރާނެކަމަށް ޑރ.ޝީނާ ވަނީ ލަފާކުރައްވާފައެވެ. އަދި ހޮސްޕިޓަލުގައި ދުވާލަކު 16 މީހުންނަށް ފަރުވާދޭން ޖެހޭނެކަމަށް ލަފާކުރައްވާފައިވާއިރު، މުޅި އޯގަސްޓަމަހު އެކަނިވެސް ހޮސްޕިޓަކުގައި ފަރުވާދޭންޖެހޭ މީހުންގެ ޢަދަދު 475އަށް އަރައެވެ. އަދި އައިސީޔޫގައި ފަރުވާދޭންޖެހޭ މީހުންގެ ޢަދަދު 47 އަށް އަރާނެކަމަށްވެސް ވަނީ ލަފާކުރައްވާފައެވެ.

  ޑރ.ޝީނާގެ އަންދާޒާ ދައްކާގޮތުން ސެޕްޓެމްބަރު މަހުވެސް ބަލީގެ ޙާލަތު ރަނގަޅެއް ނުވާނެއެވެ. އެގޮތުން ސެޕްޓެމްބަރު މަހު ދުވާލަކު ބަލި ޖެހޭނެކަމަށް ލަފާކުރައްވާފައިވަނީ 105 މީހުންނަށެވެ. މިޢަދަދުގައި ދުވާލަކު ބަލިޖެހޭ މީހުންގެ ޢަދަދު ހުންނަނަމަ މުޅި މަހު 1664 މީހަކަށް ބަލިޖެހޭނެކަމަށް ލަފާކުރައްވާފައިވެއެވެ. އަދި ހޮސްޕިޓަލުގައި ދުވާލަކު 10 މީހުން އެޑްމިޓްކޮށްގެން ފަރުވާދޭން ފަށާނެކަމަށް ލަފާކުރެވެއެވެ. އަދި ހޮސްޕިޓަކުގައި ފަރުވާދޭންޖެހޭ މީހުންގެ ޖުމްލަ ޢަދަދު 293 އަށް އަރާނެކަމަށާ، ސެޕްޓެމްބަރު މަހު އައިސީޔޫގައި 29 މީހަކަށް ފަރުވާދޭންޖެހޭނެކަމަށް ޑރ.ޝީނާގެ އަންދާޒާއިން ދައްކައެވެ.

  ބަލިޖެހޭ މީހުންގެ ޢަދަދު އެންމެ އަވަހަށްވެސް ދަށްވާން ފަށާނެކަމަށް ލަފާކުރައްވާފައިވަނީ އޮކްޓޫބަރު މަހުއެވެ. އެމަހު ދުވާލަކު ބަލިޖެހޭ މީހުންގެ ޢަދަދު ހުންނާނެކަމަށް ލަފާކޮށްފައިވަނީ 68 ގައެވެ. އަދި ނޮވެމްބަރު މަހު ދުވާލަކު ބަލިޖެހޭނެކަމަށް ލަފާކޮށްފައިވަނީ 29 މީހަކަށެވެ. އަދި މިއަހަރުގެ ޑިސެމްބަރު މަހު ބަލިޖެހޭ މިހުންގެ ޢަދަދު ދުވާލަކު ހުންނާނެކަމަށް ލަފާކޮށްފައިވަނީ 18 ގައެވެ.

  ޑރ.ޝީނާ މޫސާ ވިދާޅުވީ، ޢުމުރުން ދުވަސްވީ މީހުންނަށް ބަލިޖެހޭ ޢަދަދު މިހާރު ވަރަށް ބޮޑަށް އިތުރު ވެފައިވާކަމަށެވެ. އަދި މިހާރު އިތުރުވަމުން ދާގޮތަށް ބަލިޖެހޭ މީހުންގެ ޢަދަދު އިތުރުވަމުންދާނަމަ ހޮސްޕިޓަލުގައި އެޓްމިޓްކޮށްގެން ފަރުވާ ދޭންޖެހޭ މީހުންގެ ޢަދަދު އިތުވާނެކަމަށް ޑޮކްޓަރ ވިދާޅުވިއެވެ.

  “ކުރިއާ އަޅާބަލާއިރު މިހާރު ދެމީހަކު ނޫނީ ތިން މީހަކު ހޮސްޕިޓަލުގައި އެޑްމިޓްކުރަމުން ދަނީ. އެކަމަކު ކުރިއަށް އޮތްތަނުގައި ލަފާކުރެވެނީ ދުވާލަކު ހަމަ ދެގުނަ ނޫނީ ތިންގުނަ އިތުވާނެކަމަށް، އެޑްމިޓް ކުރެވޭނެކަމަށް. އެހެންވީމަ އައިސީޔޫގައި ބާއްވަންޖެހޭ މީހުންގެ ޢަދަދުވެސް އިތުރުވާނެކަމަށް ލަފާކުރެވެނީ. އަދި މާލެ ސަރަހައްދުގައި ކޯވިޑަށް ތައްޔާރުކޮށްފައިވާ އެނދުތައް، އައިސީޔޫ ފަރުވާދޭންޖެހޭ އެނދުތައް ގާތްގަނޑަކަށް ކިރިޔާ އޭގެން މިވަރަށް ރޭޓް ގޮއްސިއްޔާ މެނޭޖުކުރެވޭނީ.” ޑރ.ޝީނާ ވިދާޅުވިއެވެ.

  މި ޢަދަދުތައް މަދުކުރެވޭނީ، މީހުންގެ ހަރަކާތްތައް މަދުވެ ދިމާވާ މީހުންގެ ޢަދަދު ދަށްކުރެވިގެންކަމަށެވެ. މިހާތަނަށް ރާއްޖޭގައި މަރުވާ މީހުންގެ ޢަދަދު އެހެން ޤައުމުތަކާއި އަލާބަލާއިރު މަދުނަމަވެސް ޖުލައި މަހުން ފެށިގެން ޢުމުރުން ދުވަސްވީ މީހުންނާއި ދިގު މުއްދަތަކަށް ފަރުވާ ހޯދަންޖެހޭ ބަލިތައް ތަހައްމަލުކުރާ މީހުންންނަށް ބަލިޖެހޭ ޢަދަދު އިތުރުވެފައިވުމުން ނިޔާވާ މީހުންގެ ޢަދަދުވެސް އިތުވާނެކަމަށް ލަފާކުރެވޭކަމަށެވެ.

  ޑރ.ޝީނާ ވިދާޅުވީ މާސްކު އެޅުން މަޖުބޫރުކަމަކަށް ހެދިނަމަވެސް އޭގެ އަސަރު އޯގަސްޓްމަހު ފެންނާނެކަމަށް ލަފާ ނުކުރެވޭކަމަށާ، އޭގެ ނަތީޖާ ފެންނަން ފަށާނީ އޯގަސްޓް މަސް ނިމޭ ހިސާބުގައިކަމަށެވެ. އެހެންކަމުން އެންމެންވެސް ތިމާއާ ދިމާވާ މީހުންގެ ޢަދަދު ދަށްކުރުމަށް ޑރ.ޝީނާ އިލްތިމާސްކުރެއްވިއެވެ.

  މަސްދަރު: ޕީއެސްއެމް ނިއުސް

  • ކޮމެންޓްސް (0)

  Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

  Ads

  ads

  ކަމުދާނެ ލިޔުންތައް

  އަންހެން ސިންގަލްސް ޗެމްޕިއަންކަން ޑެންމާކްގެ ކެރޮލައިން ވޮޒްނިއާކީ ހޯދައިފި

  އޮސްޓްރޭލިއަން އޯޕަންގެ އަންހެން ސިންގަލްސް އިވެންޓްގެ    ޗެމްޕިއަންކަން ޑެންމާކްގެ ކެރޮލައިން ވޮޒްނިއާކީ ހޯދައިފިއެވެ. މެލްބަންގެ  ރޮޑްލޭވަރ އެރީނާގައި ކުޅެވުނު ...

  ޔޫރޯ 2020 – ރޭ ކުޅެވުނު ތިން މެޗް ކާމިޔާބުކުރީ އިންގެލެންޑް ، އޮސްޓްރިއާ އަދި ނެދަލެންޑްސް

  2018 ވަނަ އަހަރުގެ ވޯލްޑް ކަޕް ސެމީފައިނަލްގައި އިންގްލެންޑް ބަލިކޮށް ފައިނަލުން ޖާގަ ހޯދި ކްރޮއޭޝިއާ މައްޗަށް ޔޫރޯ ...

  ވަކި ފިކުރެއް ދިފާޢު ނުކުރުމަށް މާމިނގިލީ ކައުންސިލަށް އެރަށުގެ ޖަމިއްޔާއަކުން ގޮވާލައިފި

  އދ. މާމިނގިލީ ކައުންސިލުން ވަކި ފިކުރެއް ދިފާޢު ކުރަން މަސައްކަތް ނުކުރުމަށް އެރަށުގައި ހަރަކާތްތެރިވާ އަމިއްލަ ޖަމިއްޔާއަކުން ގޮވާލައިފިއެވެ. ...

  ފެނަކައިގެ އާއިލާތަކަށް ޚާއްސަކޮށްގެން ޤުރުއާން މުބާރާތެއް ފަށައިފި

  ފެނަކަ ކޯޕަރޭޝަންސް ލިމިޓެޑުން އެ ކުންފުނީގެ މުވައްޒަފުންގެ އާއިލާތަކަށް ޚާއްސަކޮށްގެން ކުރިއަށްގެންދާ ޤުރުއާން މުބާރާތް ފަށައިފިއެވެ. މި މުބާރާތް ...

  އައްޑޫސިޓީ ހުޅުމީދޫގައި ހިންގަމުންދިޔަ ވިލާ ކޮލެޖްގެ އައްޑޫ ކެމްޕަސް ބަންދުކޮށްފި

  ވިލާ ކޮލެޖުން އައްޑޫސިޓީ ހުޅުމީދޫގައި ހިންގަމުންދިޔަ ވިލާ ކޮލެޖްގެ އައްޑޫ ކެމްޕަސް ބަންދުކޮށްފިއެވެ. ވިލާ ކޮލެޖުން ހުޅުމީދޫގައި ހިންގަމުންދިޔަ ...

  ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި ސީޓީ ސްކޭނާއި ހިތުގެ ފަރުވާގެ ހިދުމަތް ފަށައިފި

  ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ކާޑިއެކް ހިދުމަތާއި ސީޓީގެ ހިދުމަތް ރަސްމީކޮށް ރޭ ފަށައިފި އެވެ. ކުޅުދުއްފުށީގައި ހުންނަ ހދ ...