ރެއާލްމެޑްރިޑުންފަހަތުން އަރާ ބަޔާން މިޔުނިކް ބަލިކޮށް ފައިނަލާ ގާތަށް

ބަޔާން މިއުނިކުން ލަނޑެއްޖަހާ މެޗްގެ ލީޑު ހޯދާފައިވަނިކޮށް ރެއާލްމެޑްރިޑުންފަހަތުން އަރާ ބަޔާން މިޔުނިކް ބަލިކޮށްފިއެވެ.

ޗެމްޕިއަންސް ލީގު ސެމީ ފައިނަލްގެ ފުރަތަމަ ލެގުގައި ބަޔާން މިޔުނިކްގެ ދަނޑުގައި ރޭ ކުޅެވުނު މި މެޗު  ރެއާލްމެޑްރިޑް ކާމިޔާބުކުރީ 2 ލަނޑު 1 ލަނޑުންނެވެ.

ރޭ ކުޅެވުނު މިމެޗުގެ 28 ވަނަ މިނިޓުގައި ބަޔާންމިއުނިކަށް ލީޑު ނަގައިދިނީ ޖޯޝުއާ ކިމިޗެވެ.

މި ގޯލަށްފަހުވެސް ބަޔާންގެ މެޓްސް ހުމެލްސް އަދި ފްރޭންކް ރިބެރީ އަށް ލީޑު ފުޅާކޮށްލަން ރަނގަޅު ފުރުސަތުތަކެއް ލިބިފައިވެއެވެ. އެހެންނަމަވެސް އެއި އެއްވެސް ފުރުސަތެއްގެ  ބޭނުން ބަޔާނަށް ނުހިފުމުގެ ނަތީޖާއަކަށްވީ މެޗުގެ 44 ވަނަ މިނެޓްގައި މާސެލޯ ރެއާލް އަށް މެޗްގެ ނަތީޖާ ހަމަހަމަކޮށް ދިނުމެވެ. މާސެލޯ މި ގޯލު ކާމިޔާބުކޮށްދީފައިވަނީ  ބަޔާންގެ ޕެނަލްޓީއޭރިއާގެ ބޭރުގައި ހުރެ ފޮނުވާލި  ބޯޅައަކުންނެވެ.

ރޭގެ މެޗްގައި ރެއާލްމެޑްރިޑަށް ލީޑު ނަގައިދިނީ ރެއާލްގެ މެދުތެރެއަށް ކުޅެމުންދިޔަ އިސްކޯގެ ކޮނޑު ހުޅަށް ލިބުނު އަނިޔާއަކާއި ގުޅިގެން ދެ ވަނަ ހާފުގައި އޭނާގެ ބަދަލުގައި ކުޅެން ނުކުތް އެސެންސިއޯ އެވެ.

ބަޔާންގެ ފަހަތުން ރަފީނާއަށް ހެދުނު ގޯހެއްގެ ފައިދާ ނަގާ އެސެންސިއޯ ބޯޅަ ހޯދުމަށްފަހު ވަޒްކުއޭޒްއަށް ޖައްސާލިއިރު، އޭނާ ވަނީ ކުރިއަށް ދުވެ ހުސްވަމުން ދިޔަ އެސެންސިއޯއަށް އަލުން ބޯޅަ ދީފައެވެ. އެސެންސިއޯ ހަމަޖެހިލާފައި ބޯޅަ ގޯލަށް ވައްދާލާ ނަތީޖާ ވަނީ ރެއާލް ކޮޅަށް އަނބުރާލާފައެވެ.

ރެއާލްއިން ލީޑު ނެގުމަށްފަހު ވެސް ބަޔާންއިން ވަނީ ރެއާލްގެ ގޯލަށް ތަކުރާރުކޮށް ނުރައްކާ ކޮށްފައެވެ. އެހެންނަމަވެސް އެއިން އެއްވެސް ފުރުސަތެއްގެ ބޭނުން މެޗް ނިމިގެންދިޔައއިރުވެސް އެޓީމަށް ނުހިފުނެވެ.

މިދިޔަ އަހަރުގެ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގެ ފުރަތަމަ ލެގުގައި ވެސް ރެއާލް މެޑްރިޑުން ވަނީ ބަޔާންގެ ދަނޑުގައި ފަހަތުން އަރާ 2 ލަނޑު 1 ލަނޑުން ބަޔާން މިއުނިކް ބަލިކޮށްފައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ބާސާގެ ރައީސްއާ ދެކޮޅަށް އިތުބާރު ނެތްކަމުގެ ވޯޓެއް ނަގަނީ

ބާސެލޯނާގެ ރައީސް ޖޯސެފް ބާޓޮމެއާ ކުލަބުން ބޭރުކުރުމަށް ނޯކޮންފިޑެސް ވޯޓެއް ނެގުމަށް ކުލަބުންގެ މެންބަރުން މަސައްކަތް ފަށާފަވާކަމަށް ބާސެލޯނާގެ ...

ނޭމާ ނުލިބިދެކަމަށް ބަލައި ސަންޗޯ ހޯދުމުގެ މަސައްކަތް ބާސާއިން ފަށައިފި

ޕީއެސްޖީއަށް ކުޅެމުންއަންނަ ބާސެލޯނާގެ ކުރީގެ ފޯވާޑް ބްރެޒިލްގެ ނޭމާ ނުލިބިއްޖެނަމަ ބްރޯޝިއާ ޑޯޓްމަންޓަށް ކުޅެމުންއަންނަ އިންގްލެންޑް ސަންޗޯ ގަތުމަށް ...

ކޮޕާޑެލްރޭ- ފައިނަލަށް ދިއުމުގެ ފުރުސަތު ބާސެލޯނާ ތަނަވަސްކޮށްފި

ސްޕެނިޝް ކަޕު ( ކޮޕާޑެލްރޭގެ )  ސެމީ ފައިނަލުގެ ފުރަތަމަ ލެގުގައި ރޭ 1 ލަނޑު 0 ލަނޑުން ...